Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ އައު ބޮޑުވަޒީރު - ރަނިލް ވިކްރެމެސިންހަ

ލަންކާގެ އައު ބޮޑުވަޒީރު ކަމުގެ މަގާމަށް ރަނިލް ވިކްރެމެސިންހަ

ވިކްރެމެސިންހަ ވަނީ މީގެ ކުރިން އެކި ފަހަރުމަތިން ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރައްވާފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 12 މެއި 2022 | ބުރާސްފަތި 15:08
ލަންކާގެ އައު ބޮޑުވަޒީރު ކަމުގެ މަގާމަށް ރަނިލް ވިކްރެމެސިންހަ ހަވާލުވެވަޑައިގެންފި

ލަންކާގެ އައު ބޮޑުވަޒީރު ކަމުގެ މަގާމަށް ރަނިލް ވިކްރެމެސިންހަ ހަވާލުވެވަޑައިގެންފި

ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމަށް ރަނިލް ވިކްރެމެސިންހަ އައްޔަނު ކުރައްވައިފިއެވެ.

ލަންކާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާގޮތުން ރަނިލް ވިކްރެމެސިންހަ ބޮޑުވަޒީރުކަމުގެ ހުވާކުރައްވާފައި ވަނީ ބުރާސްފަތި ދުވަހުއެވެ.

ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމަށް ރަނިލް ވިކްރެމެސިންހަ ރައީސް ގޮތަބަޔާ ރާޖަޕަކްސަ އައްޔަނުކުރައްވާފައިވާއިރު، އޭނާ ވަނީ މީގެ ކުރިން އެކި ފަހަރުމަތިން ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމު އަދާކުރައްވާފައެވެ. މިއީ ވިކްރަމަސިންހަ ލަންކާގެ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގެން ހަ ވަނަ ފަހަރެވެ.

ވިކްރެމެސިންހަ ބުދަ ދުވަހު ވަނީ ބޮޑުވަޒީރުކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމާ ގުޅޭގޮތުން ރައީސް ގޮތަބަޔާއާއެކު މަޝްވަރާކުރައްވާފައެވެ. ބޮޑުވަޒީރުކަމުގެ މަގާމާ ވިކްރެމެސިންހަ ހަވާލުވެވަޑައިގެންފައި މިވަނީ ކުރިން އެމަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ ހޯމަ ދުވަހު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

ބޮޑުވަޒީރުކަމުގެ މަގާމާ ވިކްރެމެސިންހަ ހަވާލުވެވަޑައިގެންނެވުމުން މިކަމާ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށްފައެވެ.

ވިކްރެމެސިންހަ އެންމެ ފުރަތަމަ ލަންކާގެ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންފައި ވަނީ 1993 ވަނަ އަހަރު ރައީސް ރަނަސިންހަ ޕްރެމަދާސާގެ ވެރިކަމުގައެވެ. އެގޮތުން 1993 ވަނަ އަހަރުން 1994 ވަނަ އަހަރަށް ބޮޑުވަޒީރު ކަމުގެ މަގާމު އަދާކުރެއްވުމަށް ފަހު ދެ ވަނަ ފަހަރަށް އެމަގާމު އަދާކުރައްވާފައި ވަނީ 2001 ވަނަ އަހަރުން 2004 ވަނަ އަހަރަށެވެ. އެއީ ރައީސް ޗަންދްރިކާ ބަންޑާރަނަޔަކެގެ ވެރިކަމުގައެވެ.

ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމު ތިންވަނަ ފަހަރަށް ވިކްރެމެސިންހަ ހަވާލުވެވަޑައިގެންފައި ވަނީ ރައީސް މައިތިރިޕަލަ ސިރިސެނާގެ ވެރިކަމުގައި، 2015 ވަނަ އަހަރުއެވެ.

އޭގެ ފަހުން 2018 ވަނަ އަހަރުގެ އޮކްޓޫބަރު ރައީސް ސިރިސޭނާ އޭނާ ބޮޑުވަޒީރުކަމުގެ މަގާމުން ވަކިކުރެއްވުމަށްފަހު، ހަމަ އެއަހަރުގެ ޑިސެމްބަރު މަހު ވަނީ އަލުން އެމަގާމަށް އައްޔަނުކުރައްވާފައެވެ. 2019 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޔޫއެންޕީގެ ކެނޑިޑޭޓަށް ކާމިޔާބު ނުކުރެެއްވުމުން އޭނާ ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

ވިކްރެމެސިންހައަށް ލަންކާގެ ބޮޑުވަޒީރު ކަމުގެ މަގާމު ރައީސް ގޮތަބަޔާ ރާޖަޕަކްސަ ހަވާލުކުރައްވާފައި މިވަނީ އެމަގާމަށް އައްޔަނުކުރެއްވުމަށް އިދިކޮޅުން ތިން ބޭފުޅުންގެ ނަން ހުށަހަޅުއްވާފައި ވަނިކޮށެވެ. އެގޮތުން ލަންކާގެ ކުރީގެ ރައީސް އަދި ސްރީލަންކާ ފްރީޑަމް ޕާޓީ (އެސްއެލްއެފްޕީ)ގެ ލީޑަރު މައިތިރިޕާލަ ސިރިސޭނާގެ ފަރާތުން ލަންކާގެ ބޮޑުވަޒީރުކަމަށް ހުށަހެޅުއްވި ތިން ބޭފުޅުންނަކީ ނިމާލް ސިރިޕާލާ ޑި ސިލްވާ، ވިޖެދާސަ ރާޖަޕަކްސަ އަދި ދުލާސް އަލަހަޕްޕެރޫމާއެވެ.

ސިރިސޭނާ ވިދާޅުވީ 11 ޕާޓީއަކާއި ގާނޫނު ހަދާ މަޖިލީހުގެ މިނިވަން ގްރޫޕެއް އެކުވެގެން، ހުސްވެފައިވާ ބޮޑުވަޒީރުކަމުގެ މަގާމަށް އައްޔަނުކުރަން ބޭނުންވާ ތިން ނަމެއް ބަޔާންކުރައްވައި ރައީސަށް ސިޓީ ފޮނުވާފައިވާކަމަށެވެ. ސިރިސޭނާ ވިދާޅުވީ މިނިވަން ގްރޫޕަށް 53 މެމްބަރުންގެ ތާއީދު ލިބިފައިވާކަމަށެވެ.

ގައުމާ މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ ސްރީލަންކާއަށް އައު ބޮޑުވަޒީރަކު އައްޔަނުކޮށް ކެބިނެޓް އެކުލަވާލައްވާނެކަމަށް ވިދާޅުވެފައެވެ. ގޮތަބަޔާ ވިދާޅުވީ ގާނޫނު ހަދާ މަޖިލީހަށް އިތުރު ބާރުތައް ދޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރައްވާނެ ކަމަށެވެ.

ގޮތަބަޔާ ވިދާޅުވީ އައު ސަރުކާރެއް އެކުލަވާލުމަށް އެކި ޕާޓީތައް ގުޅިގެން އެއްބަސްވެވޭ ޕްރޮޕޯސަލްއެއް ހުށަހަޅާފައިވާކަމަށެވެ. އޭގެތެރޭގައި ގިނައީ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޕާޓީތައްކަމަށް ގޮތަބަޔާ ވިދާޅުވިއެވެ. އަދި ފާއިތުވި ދުވަސްތަކުގައި އައު ސަރުކާރެއް އެކުލަވާލުމަށް ގިނަ ޕާޓީތަކެއްގެ ލީޑަރުންނާއެކު ގިނަ މަޝްވަރާތަކެއް ކުރައްވާފައިވާކަމަށް ގޮތަބަޔާ ވިދާޅުވިއެވެ. މިހާރު ހުރި މައްސަލަތަކަށް ހައްލެއްހޯދުމަށް އުނދަގޫ ކަންތައްތަކަކަށް އެއްބަސްވެފައިވާކަމަށްވެސް ގޮތަބަޔާ ވިދާޅުވިއެވެ.

ސްރީލަންކާލަންކާގެ ސިޔާސީ މަސްރަހު

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

6 ފެބުރުއަރީ
އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދެއްކެވި ވާހަކަ އާ ގުޅިގެން ޣައްސާން މަޖިލިހަށް ހާޒިރު ކުރަނީ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން
20242 އަހަރު ކުރިން
ރާއްޖެ

އޭއެފްސީގެ ބައްދަލުވުމަކަށް ޤަތަރަށް ދިއުމަށް ބައްސާމްގެ ޕާސްޕޯޓު ދޫކޮށްނުދިން

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ
20233 އަހަރު ކުރިން
ދުނިޔެ

މުޅި ދުނިޔޭން ހޮވުނު އެންމެ ވިސްނުން ރަނގަޅު ކުއްޖަކަށް، އިންޑިޔާ ދަރިކޮޅުގެ ނަތާޝާ

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް
20224 އަހަރު ކުރިން
ރިޕޯޓު

ފެބްރުއަރީ 7، ދިވެހި ތާރީޚުގައި ފާހަގަކޮށްލެވޭ ދުވަހެއް

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ކޮވިޑް ޖެހި ފަރުވާދެމުން ދިޔަ ދިވެއްސަކު ދުބާއީގައި ނިޔާވެއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ރިޔާސީ ބަޔާނުގެ އުސްއަލިތައް

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ޢަލީ ހަމީދުގެ އަނބި ކަނބަލުން ހައްޔަރު ކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު