Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ސިޔާސީ މަސްރަހު

މިހަފްތާ ތެރޭގައި ސްރީލަންކާގައި އައު ބޮޑުވަޒީރެއް އައްޔަނުކޮށް ކެބިނެޓް އެކުލަވާލަނީ

ގާނޫނު ހަދާ މަޖިލީހަށް އިތުރު ބާރުތައް ދޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރައްވާނެކަމަށް ގޮތަބަޔާ ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 މެއި 2022 | ބުރާސްފަތި 02:23
ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ

މިހަފްތާތެރޭގައި ސްރީލަންކާއަށް އައު ބޮޑުވަޒީރަކު އައްޔަނުކޮށް ކެބިނެޓް އެކުލަވާލާނެކަމަށް ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ސްރީލަންކާގައި ހިނގި ހަމަނުޖެހުންތަކާއެކު ބޮޑުވަޒީރުކަމުގައި ހުންނެވި ގޮތަބަޔާގެ ބޭބޭފުޅު މަހިންދަ ރާޖަޕަކްސަ ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭގެފަހުން ގައުމާ މުޚާތަބުކުރައްވާ ވާހަކަދައްކަވަމުން ގޮތަބަޔާ ވިދާޅުވީ އައު ބޮޑުވަޒީރާއި ކެބިނެޓް ވެގެންދާނީ ލަންކާގެ ގާނޫނު ހަދާ މަޖިލީހުގެ 225 ގޮނޑީގެ މެޖޯރިޓީ ހިމެނިގެންދާނެ ކެބިނެޓަކަށް ކަމަށެވެ. މީގެއިތުރުން ގާނޫނު ހަދާ މަޖިލީހަށް އިތުރު ބާރުތައް ދޭ ގޮތަށް ގާނޫނު އަސާސީ އިސްލާހުކުރައްވާނެ ކަމަށްވެސް ގޮތަބަޔާ ވިދާޅުވިއެވެ.

ގޮތަބަޔާ ވިދާޅުވީ އައު ސަރުކާރެއް އެކުލަވާލުމެއް އެކި ޕާޓީތައް ގުޅިގެން އެއްބަސްވެވޭ ޕްރޮޕޯސަލްއެއް ހުށަހަޅާފައިވާކަމަށެވެ. އޭގެތެރޭގައި ގިނައީ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ޕާޓީތައްކަމަށް ގޮތަބަޔާ ވިދާޅުވިއެވެ. އަދި ފާއިތުވި ދުވަސްތަކުގައި އައު ސަރުކާރެއް އެކުލަވާލުމަށް ގިނަ ޕާޓީތަކެއްގެ ލީޑަރުންނާއެކު ގިނަ މޝްވަރާތަކެއް ކުރައްވާފައިވާކަމަށް ގޮތަބަޔާ ވިދާޅުވިއެވެ. އަދި މިހާރު ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް އުނދަގޫ ކަންތައްތަކަކަށް އެއްބަސްވެފައިވާކަމަށް ގޮތަބަޔާ ވިދާޅުވިއެވެ.

މީގެއިތުރުން އަލަށް އެކުލަވާލެވޭ ސަރުކާރަކީ ރައްޔިތުންގެ އިތުބާރު ލިބިގެންދާނެ ސަރުކާރެއްކަމަށް ގޮތަބަޔާ ވިދާޅުވިއެވެ.

ގޮތަބަޔާ މިމޭރުމުން ބަޔާނެއް ދެއްވާފައިމިވަނީ ލަންކާގެ ސެންޓްރަލް ބޭންކުގެ ގަވަރުނަރު ޕީ. ނަންދަވާލް ވީރަސިންގްހް ލަންކާގެ ސިޔާސީ މަސްރަހު ކުރިޔަށް އޮތް ހަފްތާތަކުގައި ހަމައަކަށް ނޭޅިއްޖެނަމަ އިސްތިިއުފާދެއްވާނެކަމަށް ވިދާޅުވި ތަނާއެވެ.

އައު ގަވަރުނަރެއް އައްޔަނުކޮށްފައިވަނީ 22 މިލިއަން މީހުން ދިރިއުޅެމުން އަންނަ ލަންކާއަށް ދިމާވެފައިވާ އިގްތިޞާދީ އަޑިގުޑަނުން އަރައިގަތުމަށެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން އައު ގަވަރުނަރު ވިދާޅުވީ ރައީސް އާއި ސިޔާސީ އެހެން ލީޑަރުން އަރިހު ކުރިޔަށް އޮތް ދެ ހަފްތާ ތެރޭގައި ސިޔާސީ ހަމަޖެހުމެއް ނައިސްފިނަމަ އިސްތިއުފާދޭނެކަމަށް ދެންނެވިކަމަށެވެ.

މަހަކަށްވުރެ ގިނަ ދުވަސްވަންދެން ސުލްހަވެރިކަމާއެކު ލަންކާގައި ކުރިޔަށްދިޔަ މުޒާހަރާތައް މިހަފްތާތެރޭގައި ވަނީ ހޫނުވެ ހަމަނުޖެހުންތަކަކަށް ބަދަލުވެފައެވެ. ސަރުކާރަށް ތާއީދުކުރާ މީހުންނާއި ސަރުކާރާ ދެކޮޅު މީހުންނާ ދެމެދު ވަރުގަދަ ހަމަނުޖެހުންތަކެއް ހިނގާފައިވާއިރު އެހޫނުގަނޑުގެ ތެރޭގައި މަހިންދަ ވަނީ އިސްތިއުފާދެއްވާފައެވެ. މަހިންދަ ރާޖަޕަކްސަ އިސްތިއުފާދެއްވަމުން ވިދާޅުވެފައިވަނީ އިސްތިއުފާދެއްވަނީ އެއްބައިވަންތަ ސަރުކާރެއް އެކުލަވާލެވޭނެކަމުގެ އުންމީދުގައި ކަމަށެވެ.

ނަމަވެސް ރުޅިގަދަވެފައިވާ ފަރާތްތަކުން ވަނީ މަހިންދަ ރާޖަޕަކްސަ އާއި ސަރުކާރުގެ އިސްވެރިންނާއި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ. އެމީހުން ދިރިއުޅޭ ގެތަކާއި މުދަލުގައި ރޯކޮށް ގެއްލުންދީފައެވެ. އެންމެފަހުން މަހިންދަ ރާޖަޕަކްސަ ވަނީ ހިމާޔަތް ހޯއްދެވުމަށް ލަންކާގެ އިރުއުތުރު އަސްކަރީ ބޭސްއަކަށް ވަޑައިގަންނަވާފައެވެ.

މީހުންނަށް އިންޒާރުދީ ތަކެއްޗަށް ގެއްލުންދޭ މީހުންނަށް އަމާޒުކޮށް ބަޑިޖެހުމަށް ލަންކާގެ ސަލާމަތީ ބާރުތައް ކަމުގައިވާ ސިފައިންނާއި ފުލުހުންނަށް މިހާރު ވަނީ އަންގާފައެވެ. ހަތިޔާރާއެކު ސިފައިން އަންނަނީ ކޮލަމްބޯގެ މަގުތަކުގައި ފޯރިމަރަމުންނެވެ.

މިހާތަނަށް އައިއިރު ހަމަނުޖެހުންތަކުގައި 9 މީހުން މަރުވެފައިވާއިރު އޭގެތެރޭގައި ފުލުހުންގެ ދެ މީހުންވެސް ހިމެނެއެވެ. ހަމަނުޖެހުންތަކުގައި ޒަޚަމްވި މީހުންގެ އަދަދު 200ން މައްޗަށް އަރާއިރު ގެއްލުންދިން ގެތަކުގެ އަދަދު 136ށް އަރައެވެ.

މުޒާހަރާކުރާ ފަރާތްތަކުން ގޮވަމުން އަންނަނީ ރައީސް އިސްތިއުފާ ދެއްވުމަށެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނަނީ ރައީސް އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވާނަމަ މަގާމުން ދުރުކުރެވޭނެކަމަށެވެ. ނަމަވެސް އެކަން ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ ތިންބައިކުޅަ ދެ ބައި ވޯޓު ބޭނުންވާއިރު އެއްބައިވަންތަ ސަރުކާރެއް އެކުލަވާލައިފިނަމަ އެކަން ކާމިޔާބެއް ނުކުރެވޭނެއެވެ.

މިހާތަނަށް އައިއިރު ލަންކާގެ އެއްވެސް ރައީސެއް މަގާމުން ދުރުކުރެވިފައެއް ނުވެއެވެ.

ސްރީލަންކާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު