Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް

35 ކޯހަކުން 1400 ދަރިވަރުން ތަމްރީނު ކުރުމަށް އަމިއްލަ ފަސް ފަރާތަކާއި ހަވާލުކޮށްފި

11 މެއި 2022 | ބުދަ 08:30

މި ޕްރޮގްރާމަކީ ވާދަވެރި ވަޒީފާގެ ބާޒާރެއް އުފައްދައި ރާއްޖެއިން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ހިންގާ ޕްރޮގްރާމެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 11 މެއި 2022 | ބުދަ 08:30
ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް ޕްރޮގްރާމްގެ ތަމްރީނު ދިނުމަށް 5 ފަރާތަކާއި ވަނީ ހަވާލުކޮށްފައި

ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް ޕްރޮގްރާމްގެ ތަމްރީނު ދިނުމަށް 5 ފަރާތަކާއި ވަނީ ހަވާލުކޮށްފައި

35 ކޯހަކުން 1400 ދަރިވަރުން ތަމްރީނު ކުރުމަށް އަމިއްލަ ފަސް ފަރާތަކާއި ހަވާލުކޮށްފިއެވެ.

ކޮވިޑްގެ ހާލަތުން ދިވެހިރާއްޖެ އަރައިގަނެ އިގްތިސާދު އަލުން ނެގެހެއްޓުމަށްޓަކައި ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގަމުންދާ ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން އިތުރު 35 ކޯހަކުން 1،400 ދަރިވަރުން ތަމްރީނު ކުރުމަށް އަމިއްލަ ފަސް ފަރާތަކާއި ހަވާލު ކޮށްފައިވަނީ  މިކަމަށްޓަކައި ބޭއްވެވި ޚާއްސަ ހަފްލާއެއްގައެވެ. މި ހަފްލާފައި އެއްބަސްވުންތައް ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަނެވެ.

Advertisement - newsAdvertisement

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑް-19ގެ ވަބާއިން އަރައިގަތުމަށް ވަރަށް ބޮޑު ގޮންޖެހުމަކަށް ވެގެންދިޔަ ކަމަށާއި ކޮވިޑާއި ގުޅިގެން ރާއްޖޭގައި މަސައްކަތްކުރަމުންދާ ހުނަރުވެރި ވަރަށް ގިނަ ފަރާތްތައް އަމިއްލަ ވަޒީފާ ދޫކޮށް އަމިއްލަ ގައުމަށް ދިއުން އެއީ ގައުމަށް ދިމާވި އެއް ގޮންޖެހުން ކަމަށެވެ. އަދި މަސައްކަތްތަކަށް ބޭނުންވާ ހުނަރުވެރި ފަންނީ ޒުވާނުން ކުރު މުއްދަތެއްގެ ތެރޭގައި ތަމްރީނުކޮށްގެން ނެރުން އެއީ ދިމާވި އެންމެ ބޮޑު އެއް ގޮންޖެހުން ކަމަށް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެމަނިކުފާނު އުއްމީދު ކުރައްވަނީ ޓެކްނިކަލް ވޮކޭޝަނަލް އެޑިއުކޭޝަންއަކީ މިހާރަށްވުރެ އިހުތިރާމު ލިބިގެންވާ އަދި ޒިންމާދާރުކަމާއެކު މަސައްކަތް ކޮށްދޭނެ ގިނަ ފަރާތްތައް އުފެދިގެން ދާއިރާއަކަށް ވެގެން ދިއުން ކަމަށެވެ.

މިސަރުކާރުގެ އަމާޒަކީ ޒުވާނުންނަކީ މަސައްކަތުގެ ބާޒާރަށް ނެރެ މަސައްކަތްކޮށް އަބުރުވެރި ބަޔަކަށް ހެދުންކަމަށާއި މިނިސްޓްރީގެ ވައުދަކީ އެމަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި ޕްރޮގްރާމުގެ ކޯސްތައް ހިންގަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަން، އައި.ސީ.ޓީ، ފަތުރުވެރިކަން އަދި އިމާރާތްކުރުމުގެ ދާއިރާއިން ގައުމީ ސަނަދު ލެވެލް 3 ގެ ކޯސްތައް ހިމެނެއެވެ.

މި ޕްރޮގްރާމަކީ ވާދަވެރި ވަޒީފާގެ ބާޒާރެއް އުފައްދައި ރާއްޖެއިން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

މިހާތަނަށް މިޕްރޮގްރާމްގެ ދަށުން 26 ކޯހެއް ހިންގުމަށް ހަވާލުކޮށްފައި ވަނީ އަމިއްލަ 6 ފާރާތަކަށެވެ. އެއީ 915 ދަރިވަރުން ތަމްރީނުކުރުށެވެ. އަދި މީގެ އިތުރުން މޯލްޑިވިސް ޕޮލިޓެކްނިކް 19 ކޯހެއް ހިންގައި 600 ދަރިވަރުން ތަމްރީނު ކުރުމަށް ހަވާލުކޮށްފައެވެ. މިޕްރޮގްރަމްގެ ދަށުން މިހާތަނަށް 222 ދަރިވަރުން ވަނީ ދަސްވެނިވެ ގައުމީ ސަނަދު ޚާސިލުކޮށްފައެވެ.

ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސްހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

އެންމެ ހިނގާ

1

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

2

ގެއްލުނު ނާފިއުގެ އާއިލާ އިން އާދޭހާއެކު ސަރުކާރުގައި އަދިވެސް އެދެނީ އޭނާގެ ހަށިގަނޑު ހޯދައި ދިނުމަށް!

3

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

4

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

5

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

އިތުރަށް ކިޔާލަން

03 އޮކްޓޯބަރު 2024

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި
03 އޮކްޓޯބަރު 2024

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ
19 ސެޕްޓެމްބަރު 2024

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް
07 ޖުލައި 2024

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ
16 މެއި 2024

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
25 އެޕްރީލު 2024

ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި

25 އެޕްރީލު 2024
ސްޓޫޑެންޓް ލޯނަށް އެދުމުގެ މުއްދަތު އިތުރުކޮށްފި
17 މާރިޗު 2024

ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

17 މާރިޗު 2024
ޔުނާން ޕްރޮވިންޝަނަލް ގަވަރމަންޓް ސްކޮލަރޝިޕް 2024ށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2024

ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2024
ޗައިނާގައި މާސްޓާސް ހަދަން ދިވެހިންނަށް 200 ސްކޮލަޝިޕްގެ ފުރުސަތު ހުޅުވާލައިފި
03 ޖެނުއަރީ 2024

ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި

03 ޖެނުއަރީ 2024
ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯއަކަށް، ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި ފިޒާނާ އައްޔަންކުރައްވައިފި
22 ޑިސެމްބަރު 2023

ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި

22 ޑިސެމްބަރު 2023
ތުރުކީން ދޭ 30 ސްކޮލާޝިޕަށް ކުރިމަތިލުމަށް ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް