Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިނގިރޭސި އާއްމު އިންތިޚާބު

ބޮޑު ވަޒީރު މޭ އާ ސަރުކާރެއް އެކުލަވާލައްވަނީ، ކޮންޒަވޭޓިވުންނަށް ސާފު އަގުލަބިއްޔަތު ގެއްލިއްޖެ

ޑީޔޫޕީއާ ގުޅިގެން އާ ސަރުކާރެއް އެކުލަވާލުމަށް ބޮޑު ވަޒީރު މޭ ދަނީ މަސައްކަތް ކުރައްވަމުން

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު, ރާއްޖެ އެމްވީ | 9 ޖޫން 2017 | ހުކުރު 14:43
ބޮޑު ވަޒީރު މޭ

ބޮޑު ވަޒީރު މޭ

އާ ސަރުކާރެއް އެކުލަވާލެއްވުމަށްޓަކައި ހުއްދަޔަށް އެދި އިނގިރޭސި ބޮޑު ވަޒީރު ތެރީސާ މޭ އިނގިރޭސި ރާނީ އަރިހަށް ހުކުރު ދުވަހު ވަޑައިގަންނަވާނެ ކަމަށް ބޮޑު ވަޒީރުގެ އޮފީހުން ބުނެފިއެވެ.

މިހާރުގެ ގާނޫނު ހަދާ މަޖިލީހުގައި ބޮޑު ވަޒީރު މޭގެ ޕާޓީ އޮތް މެޖޯރިޓީ، ބުރާސްފަތި ދުވަހު ބޭއްވުނު އާންމު އިންތިޚާބުގައި ނުލިބޭ އިރު، މޭ މަސައްކަތް ކުރައްވަމުން ގެންދަވަނީ އެކަމަނާގެ ތާއިދު ކުޑަ ސަރުކާރަށް ޑިމޮކްރެޓިކް ޔޫނިއަނިސްޓް ޕާޓީ (ޑީޔޫޕީ)ގެ ތާއިދު ހޯދުމަށެވެ.

ބާކީ އެއް ސީޓުިގެ ނަތީޖާ އިއުލާން ނުކުރެވޭ އިރު، ކޮންޒަވޭޓިވުންނަށް މެޖޯރިޓީއާ އެކު ވެރިކަން ކުރުމަށް އަށް ގޮނޑި ބޭނުންވެއެވެ.

މައި އިދިކޮޅު ޕާޓީގެ ލީޑަރު ޖެރެމީ ކޯބިން ވަނީ ބޮޑު ވަޒީރު މޭގެ އިސްތިއުފާ އަށް ގޮވާލައްވާފައެވެ. މޭ ވިދާޅުވެފައި ވަނީ އަކަމަނާގެ ޕާޓީން ޔޫކޭގައި "ހަމަޖެހުން" ގާއިމު ކުރައްވާނެ ކަމަށެވެ.

މޭ އަވަސް އިންތިޚާބަކަށް ގޮވާލެއްވީ ޔޫރަޕްގެ އިއްތިހާދުން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމުގެ މަޝްވަރާތައް އަވަސްކުރެއްވުމަށް ޕާލަމެންޓްގައިއެކަމަނާގެ ސަރުކާރުގެ ބާރު އިތުރަށް ވަރުގަދަ ކުރެއްވުމުގެ ބޭނުންފުޅުގައެވެ. ނަމަވެސް އިންތިޚާބުގެ ނަތީޖާ މި ވަނީ ދިމާ އިދިކޮޅަށް ނުކުމެފައެވެ. މި ފަހަރުގެ އިންތިޚާބުގައި އެމަނާގެ ޕާޓީ އަށް ލިބިފައި ވަނީ، އިންތިޚާބަށް ގޮވާލެއްވުމުގެ ކުރިން ގާނޫނު ހަދާ މަޖިލީހުގައި އެކަމަނާގެ ޕާޓީ އަށް ލިބިފައިވާ ގޮނޑިއަށް ވުރެ 12 ގޮނޑި މަދުންނެވެ. މިހާރު މި ދިމާވި މި ހާލަތާ ހެދި ބޮޑު ވަޒީރަށް ޖެހެނީ އެހެން ޕާޓީތަކުގެ ތާއިދާ އެކީ ދެން ވެރިކަން ކުރައްވަންށެވެ.

މިފަހަރުގެ އިންތިޚާބުގައި ކޮންޒަވޭޓިވް ޕާޓީ އަށް 319 ގޮނޑި ލިބޭނެ ކަމަށް ބެލެވެއެވެ. ލޭބާ ޕާޓީއަށް 261 ގޮނޑި ލިބޭނެއެވެ. އެސްއެންޕީ އަށް 35 ގޮނޑި ލިބޭނެ ކަމަށް ބެލެވޭއިރު ލިބަރަލް ޑިމޮކްރޭޓުން އަށް 12 ގޮނޑި ލިބޭނެއެވެ. އަދި ޑީޔޫޕީ އަށް 10 ގޮނޑި ވަނީ ލިބިފައެވެ.

އިނގިރޭސި ވިލާތުގެ ގާނޫނު ހަދާ މަޖިލީހަށް 650 މެމްބަރުން ހޮވާއިރު، ވޯޓު ލުމުގެ ހައްގު ލިބިފައި ވަނީ 45.8 މިލިއަން މީހުންނަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

ގެމްބިއާ ވަރަށް އަވަހަަށް އަލުން ކޮމަންވެލްތާ ގުޅޭނެ: އިނގިރޭސި ޚާރިޖީ ވަޒީރު

15 ފެބުރުއަރީ 2017
ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

ނިއުޒިލޭންޑް ގޮނޑުދޮސަށް ލައްވި ބޮޑުމަސްތައް ފުންކޮށްފި

12 ފެބުރުއަރީ 2017
ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

ޖަޕާނުގެ ބޮޑުވަޒީރު އަބޭ އެމެރިކާއަށް ވަޑައިގެންފި

10 ފެބުރުއަރީ 2017
ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

ސޯމާލިއާގެ ރައީސްކަމުގެ ހުވާ ކުރީގެ ބޮޑުވަޒީރު މުހަންމަދު އަބްދުﷲ ފަރްމަޖޯ ކުރައްވައިފި

09 ފެބުރުއަރީ 2017
ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފި ނަަމަ އުތުރު ކޮރެއާ އަށް "އަސަރުކުރާ ފަދަ ވަރަށް ބޮޑު" ނަތީޖާއަކާ ކުރިމަތިލާން ޖެހޭނެ: އެމެރިކާ

03 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު