Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ މަސްރަހު ހޫނުވުން

މީހުންނާއި ތަކެއްޗަށް ހަމަލާދޭ މީހުންނަށް އަމާޒުކޮށް ބަޑިޖެހުމަށް ލަންކާގެ ޑިފެންސް މިނިސްޓްރީން އަމުރުކޮށްފި

ޑިފެންސް މިނިސްޓްރީން މި އަމުރު ނެރެފައިވަނީ، ލަންކާގައި ކުރިއަށްދާ މުޒާހަރާތައް ހޫނުވެ ގިނަ ހަމަނުޖެހުންތަކެއް ހިނގާފައިވަނިކޮށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 10 މެއި 2022 | އަންގާރަ 16:57
ލަންކާގައި ކުރިއަށްދާ މުޒާހަރާތައް ހޫނުވެ، ސަރުކާރުން މިހާރު ވަނީ އަސްކަރިއްޔާއަށާއި ފުލުހުންނަށް ޚާއްސަ ބާރުތަކެއް ދީފައި

ލަންކާގައި ކުރިއަށްދާ މުޒާހަރާތައް ހޫނުވެ، ސަރުކާރުން މިހާރު ވަނީ އަސްކަރިއްޔާއަށާއި ފުލުހުންނަށް ޚާއްސަ ބާރުތަކެއް ދީފައި

މީހުންނާއި ތަކެއްޗަށް ހަމަލާދޭ މީހުންނަށް އަމާޒުކޮށް ބަޑިޖެހުމަށް ލަންކާގެ ޑިފެންސް މިނިސްޓްރީން އަމުރުކޮށްފިއެވެ.

މިއަމުރު ލަންކާގެ ޑިފެންސް މިނިސްޓްރީން ނެރެފައިވަނީ ލަންކާގައި ކުރިއަށްދާ މުޒާހަރާތައް ހޫނުވެ، ގިނަ ހަމަނުޖެހުންތަކެއް ހިނގާފައިވަނިކޮށެވެ. އަދި އެގައުމުގެ ސަރުކާރުން މިހާރު ވަނީ އަސްކަރިއްޔާއަށް ކުއްލި ބާރުތަކެއްވެސް ދީފައެވެ.

އަންގާރަ ދުވަހު ސަރުކާރުން އަސްކަރިއްޔާއަށް ދިން ކުއްލި ބާރުތަކާއެކު، އަމުރަކާނުލައި މީހުން ހައްޔަރުކޮށް ފުލުހުންނާ ހަވާލުނުކޮށް 24 ގަޑިއިރު ވަންދެން މީހުން ހައްޔަރުގައި ބައިތިއްބުމުގެ ބާރު އަސްކަރިއްޔާއަށް މިހާރު ވަނީ ލިބިފައެވެ. އަދި ފުލުހުންނާއި އަސްކަރިއްޔާއަށް މިހާރު ވަނީ އަމުރަކާ ނުލައި ތަންތަން ބަލައި ފާސްކުރުމުގެ ބާރުވެސް ދީފައެވެ. އެގޮތުން މީހުންގެ ގެދޮރާ އުޅަނދު ބަލައި ފާސްކުރެވޭނެއެވެ.

މިފަދަ ބާރުތައް އަސްކަރިއްޔާއަށް ދިނުމާއެކު، ބާރުގެ ބޭނުން ނަހަމަގޮތުގައި ކޮށްފާނެކަމުގެ ކަންބޮޑުވުންތައް ބައެއް ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުގައި، ސްރީލަންކާއިން ވަނީ އަންގާރަ ދުވަހު މިބާރުތައް އަސްކަރިއްޔާއަށާއި ފުލުހުންނަށް ދީފައެވެ. މިއާއެކު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށާއި އަސްކަރިއްޔާއަށް ވަނީ ލިބިފައެވެ.

ހޯމަ ދުވަހު ސްރީލަންކާގައި ކުރިއަށްދިޔަ ހަމަނުޖެހުންތަކުގައި 7 މީހުން މަރުވެފައިވާކަމަށް ރިޕޯޓުތައް ބުނާއިރު، 200 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބި، ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ހޯމަ ދުވަހު ސްރީލަންކާގެ މަސްރަހު ހޫނުވާން ފަށާފައިވަނިކޮށް، އެގައުމުގެ ބޮޑުވަޒީރުކަމުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ ރައީސް ގޮތަބަޔާ ރާޖަޕަކްސް ވަނީ ގަބޫލުކުރައްވާފައެވެ.

ސްރީލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމު ހަލަބޮލިވެ، ހުކުރު ދުވަހު ރައީސް ގޮތަބަޔާ ވަނީ ކުއްލި ހާލަތު އިއުލާންކުރައްވާފައެވެ. އަދި ކާފިއުވެސް އިއުލާނުކޮށްފައި ވަނިކޮށް، އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށް ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ. އެގޮތުން ސަރުކާރުގެ ވަޒީރުންނާ މަޖިލިސް މެމްބަރުންގެ ގެތަކާއި ވިޔަފާރިތަކާއި އޮފީސްތައް، އަދި އުޅަނދުތަކުގައި ރޯކޮށް ގެއްލުންދީފައިވެއެވެ.

ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު އެގައުމު ހަލަބޮލިވެގެން ދިޔަނަމަވެސް އަންގާރަ ދުވަހު ގައުމު ވަނީ ހަމައަކަށް އެޅިފައެވެ.

ސްރީލަންކާސްރީލަންކާ ފުލުހުންސްރީލަންކާގެ އިގުތިސާދީ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު