Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ލަންކާގެ ހާލަތު ގޯސްވުން

އަމުރަކާ ނުލައި މީހުން ހައްޔަރު ކުރުމުގެ ބާރު ސްރީލަންކާގެ އަސްކަރިއްޔާ އަށާއި ފުލުހުންނަށް ދީފި

އަސްކަރިއްޔާ އަށް ދިން ކުއްލި ބާރުތަކާއެކު އަމުރަކާ ނުލައި މީހުން ހައްޔަރުކޮށް ފުލުހުންނާ ހަވާލުނުކޮށް 24 ގަޑިއިރު ވަންދެން މީހުން ހައްޔަރުގައި ބެހެއްޓޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 10 މެއި 2022 | އަންގާރަ 14:43
 ސްރީލަންކާގެ ހާލަރު ގޯސްވެ އަމުރަކާ ނުލައި މީހުން ހައްޔަރު ކުރުމުގެ ބާރު އެގައުމުގެ ފުލުހުންނާ އަސްކަރިއްޔާއަށް ސަރުކާރުން ދީފި

ސްރީލަންކާގެ ހާލަރު ގޯސްވެ އަމުރަކާ ނުލައި މީހުން ހައްޔަރު ކުރުމުގެ ބާރު އެގައުމުގެ ފުލުހުންނާ އަސްކަރިއްޔާއަށް ސަރުކާރުން ދީފި

ސްރީލަންކާ ސަރުކާރުން އެގައުމުގެ އަސްކަރިއްޔާ އަށާއި ފުލުހުންނަށް އިމަޖެންސީ ބާރު ތަކެއް ދީފިއެވެ.

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުގައި ސްރީލަންކާއިން ވަނީ އަންގާރަ ދުވަހު މިބާރުތައް އަސްކަރިއްޔާ އަށާއި ފުލުހުންނަށް ދީފައެވެ. މިއާއެކު އަމުރަކާ ނުލައި މީހުން ހައްޔަރުކުރުމުގެ ބާރު ފުލުހުންނަށާއި އަސްކަރިއްޔާއަށް ވަނީ ލިބިފައެވެ.

ހޯމަ ދުވަހު ސްރީލާންކާގައި ކުރިއަށްދިޔަ ހަމަނުޖެހުންތަކުގައި ހަތް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނާއިރު، 200 މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބި ހޮސްޕިޓަލްތަކުގައި ފަރުވާދެމުންދާކަމަށް ރިޕޯޓުކޮށްފައިވެއެވެ.

ހޯމަ ދުވަހު ސްރީލަންކާގެ މަސްރަހު ހޫނުވާން ފަށާފައިވަނިކޮށް އެގައުމުގެ ބޮޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި މަހިންދަ ރާޖަޕަކްސަ ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ. އެމަނިކުފާނުގެ އިސްތިއުފާގެ ސިޓީ ރައީސް ގޮތަބަޔާ ރާޖަޕަކްސް ވަނީ ބަލައިގަންނަވާފައެވެ.

ސްރީލަންކާއަށް ދިމާވެފައިވާ އިގުތިސާދީ ކަރިސާއާއެކު އެގައުމު ހަލަބޮލިވެ ހުކުރު ދުވަހު ރައީސް ގޮތަބަޔާ ވަނީ ކުއްލި ހާލަތު އިއުލާން ކުރައްވާފައެވެ. އަދި ކާފިއުވެސް އިއުލާނުކޮށްފައި ވަނިކޮސް އެތައް ހާސް ބަޔަކު ވަނީ މަގުތަކަށް ނުކުމެ މުޒާހަރާކޮށް ސަރުކާރުގެ އިސްވެރިންނަށް އަމާޒުކޮށް ހަމަލާތައް ދީފައެވެ. އެގޮތުން ސަރުކާރުގެ ވަޒީރުންނާ މަޖިލިސް މެމްބަރުންގެ ގެތެކާއި ވިޔަފާރިތަކާއި އޮފީސްތައް އަދި އުޅަނދުތަކުގައި ރޯކޮށް ގެއްލުންދީފައިވެއެވެ.

ސްރީލަންކާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު އެގައުމު ހަލަބޮލިވެގެން ދިޔަ ނަމަވެސް އަންގާރަ ދުވަހު ގައުމު ވަނީ ހަމައަކަށް އެޅިފައެވެ.

އަންގާރަ ދުވަހު ސަރުކާރުން އަސްކަރިއްޔާ އަށް ދިން ކުއްލި ބާރުތަކާއެކު އަމުރަކާ ނުލައި މީހުން ހައްޔަރުކޮށް ފުލުހުންނާ ހަވާލުނުކޮށް 24 ގަޑިއިރު ވަންދެން މީހުން ހައްޔަރުގައި ބެހެއްޓުމުގެ ބާރު އަސްކަރިއްޔާއަށް މިހާރު ވަނީ ލިބިފައެވެ. އަދި ފުލުހުންނާ އަސްކަރިއްޔާއަށް މިހާރު ވަނީ އަމުރަކާ ނުލައި ތަންތަން ބަލައި ފާސްކުރުމުގެ ބާރުވެސް ދީފައެވެ. އެގޮތުން މީހުންގެ ގެދޮރާ އުޅަނދު ބަލައި ފާސްކުރެވޭނެއެވެ.

މިފަދަ ބާރުތައް އަސްކަރިއްޔާއަށް ދިނުމާ އެކު ބާރުގެ ބޭނުން ނަހަމަގޮތުގައި ބޭނުންކޮށްފާނެ ކަމުގެ ކަންބޮޑުވުންތައް ބައެއް ފަރާތްތަކުން ވަނީ ފާޅުކޮށްފައެވެ.

ސްރީލަންކާލަންކާގެ ސިޔާސީ މަސްރަހުސްރީލަންކާގެ އިގުތިސާދީ ކާރިސާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

16 ޖޫން
ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި
20251 އަހަރު ކުރިން
ދުނިޔެ

ހައްޖުވެރިން އުފުލަމުން ދިޔަ މަތިންދާ ބޯޓެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް ލިބުމާ ގުޅިގެން ކުއްލި ގޮތަކަށް ޖައްސައިފި

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ބޮޑު ތަނުން ދަށަށް ހިނގައްޖެ

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!
20233 އަހަރު ކުރިން
ރިޕޯޓު

50 މީހުންގެ ޖާގައިގެ މަސްބޯޓަކަށް 750 މީހުން، ކޮންޓްރޯލް އޮތީ މާފިޔާ މެންބަރުންގެ އަތުގައި!

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އިންޑިއާގެ ބައެއް ބޮޑެތި ނޫސްތަކުގެ ނޫސްވެރިން ފެމިލިއަރައިޒޭޝަން ދަތުރެއްގައި ރާއްޖެއަށް

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ
20215 އަހަރު ކުރިން
ރާއްޖެ

އިސްރާއީލުން ރާއްޖެއަށް ސީދާ ދަތުރުތައް ފެށުމަށް ތައްޔާރުވަނީ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި
20197 އަހަރު ކުރިން
ރާއްޖެ

ފެމިލީ ކޯޓުގެ ގާޒީ ހުޒައިފާގެ މައްސަލައެއް ޖޭއެސްސީއަށް ހުށައަޅައިފި

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި
20188 އަހަރު ކުރިން
ރާއްޖެ

ސިއްސައިގެންދާވަރުގެ ބިލަކާއެކު ޒުވާނަކު ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފައިސާ ނުދެއްކިފައި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު