Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުލުއި ޚަބަރު

އޮބްސްޓެކަލް ރޭސް- މިފަހަރު އަނބިމީހާ އުރައިގެން

މި ރޭހަކީ އެ ޤައުމުގައި ކުރިއަށްގެންދިޔަ އެފަދަ 3 ވަނަ ރޭސް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 10 މެއި 2022 | އަންގާރަ 06:21
ހަންގޭރީގައި އޮބްސްޓެކަލް ރޭސް ކުރިއަށް މި ގެންދަނީ މުޅިން ތަފާތުކޮށް

ހަންގޭރީގައި އޮބްސްޓެކަލް ރޭސް ކުރިއަށް މި ގެންދަނީ މުޅިން ތަފާތުކޮށް

އޮބްސްޓެކަލް ރޭހަކީ ތަފާތު، މުނިފޫހި ފިލުވުމުގެ މަޖާ ކުޅިވަރެކެވެ. ނަމަވެސް ހަންގޭރީގައި އޮބްސްޓެކަލް ރޭސް ކުރިއަށް މި ގެންދަނީ މުޅިން ތަފާތުކޮށެވެ.

ހަންގޭރީގެ ޓެބިއޮސްކޭގައި ހޮނިހިރު ދުވަހު ކުރިއަށް ގެންދިޔަ "ވައިފް ކެރިއިން ރޭސް" ނުވަތަ އަނބިމީހާ އުރައިގެން ކުރިއަށް ގެންދާ މި ރޭހަކީ އެ ޤައުމުގައި ކުރިއަށްގެންދިޔަ އެފަދަ 3 ވަނަ ރޭހެވެ.

މިފަހަރުގެ ރޭހުގައިވެސް ގާތްގަނޑަކަށް 30 ވަރަކަށް ދެމަފިރިއަކު ބައިވެރިވެފައިވެއެވެ. މިރޭހުގައި އޮބްސްޓެކަލް ގޮތުގައި ފެންގަނޑަކާއި، ޓަޔަރާއި، ތަފާތު އެކި މަރުޙަލާތައް ކަޑައްތުކުރަން ޖެހޭއިރު، ރޭހުގެ ބައިވެރިން ބުނާ ގޮތުގައި މި ރޭހުން މޮޅުވުމަށް ބޭނުންވަނީ ބެލެންސް، ޓީމްވޯކް އަދި މޮޅު ޓެކްނިކެވެ.

ބައެއް ބައިވެރިން ބުނާ ގޮތުގައި ބައިވެރިޔާ ކޮނޑަށް ލައިގެން ދަނިކޮށް ފެންގަނޑަށް ވެއްޓިއްޖެނަމަ، ފުން ނޭވާއެއް ލުމަށްފަހު އަނެއްކާވެސް ތެދުވަނީއެވެ. އެގޮތުން މުޅި ރޭސް ފުރިހަމަ ކުރުމަށް އޮބްސްޓެކަލްތައް ގިރާ ކުރަމުން 260 މީޓަރުގެ ދިގު ޓްރެކުގައި ދުވަން ޖެހެއެވެ.

މި ރޭސް އިންތިޒާމުކުރާ ގެރޯ ގުރަލީ ބުނާ ގޮތުގައި މިއީ އަނބިންނާއި ފިރިންނަށް އާންމު ބިޒީ ދިރިއުޅުމުން ދުރަށް ޖެހިލައި، ހިތްހަމަ ޖެހޭ ވަގުތުކޮޅެއް ހޭދަކޮށްލުމަށް ލިބޭ ފުރުސަތެކެވެ.

ބުނެވޭ ގޮތުގައި މިއީ "ވައިކިންގްސް" ގެ ޒަމާނުއްސުރެ ކުޅެމުން އަންނަ ކުޅިވަރެކެވެ. ފިންލޭންޑުގައިވެސް 1990 ގެ އަހަރުތަކުން ފެށިގެން މި ރޭސް ބާއްވަމުން ގެންދެއެވެ.

ހަންގޭރީ

އިތުރަށް ކިޔާލަން

20 ނޮވެމްބަރު 2024

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި
05 ޖުލައި 2024

ހަންގޭރީގެ ބޮޑުވަޒީރު ރަޝިއާގެ ރައީސް އާ ބައްދަލު ކުރެއްވުމުން އީޔޫގެ ވެރިން ހިތްހަމަ ނުޖެހިއްޖެ

05 ޖުލައި 2024
ހަންގޭރީގެ ބޮޑުވަޒީރު ރަޝިއާގެ ރައީސް އާ ބައްދަލު ކުރެއްވުމުން އީޔޫގެ ވެރިން ހިތްހަމަ ނުޖެހިއްޖެ
24 ޖޫން 2024

ހަންގޭރީން ގަދަ 16 ވަނަ ބުރުގެ އުންމީދު ހޯދައިފި

24 ޖޫން 2024
ހަންގޭރީން ގަދަ 16 ވަނަ ބުރުގެ އުންމީދު ހޯދައިފި
22 މެއި 2023

ހަންގޭރީގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި

22 މެއި 2023
ހަންގޭރީގެ އައު ސަފީރު އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާއަށް އަރުވައިފި
07 އެޕްރީލު 2023

ސްވިޑްން ނޭޓޯއާ ގުޅުމަށް ތުރުކީ އާއި ހަންގޭރީ ދެކޮޅުހަދަނީ ކީއްވެ؟

07 އެޕްރީލު 2023
ސްވިޑްން ނޭޓޯއާ ގުޅުމަށް ތުރުކީ އާއި ހަންގޭރީ ދެކޮޅުހަދަނީ ކީއްވެ؟
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު