Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލާރޝިޕް

ރާއްޖޭގެ 13 ދަރިވަރަކަށް ހަންގޭރީ ސަރުކާރުން ސްކޮލާރޝިޕް ދީފި

5 އަހަރަށް ބަހާލައިގެން، ކޮންމެ އަހަރަކު 15 ސްކޮލާރޝިޕް ދޭނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 31 އޯގަސްޓު 2022 | ބުދަ 14:30
ހަންގޭރީގެ ސްކޮލާރޝިޕް ލިބުނު ދަރިވަރުން

ހަންގޭރީގެ ސްކޮލާރޝިޕް ލިބުނު ދަރިވަރުން

ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލާރޝިޕް ރާއްޖޭގެ 13 ދަރިވަރަކަށް ދީފިއެވެ.

ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލާރޝިޕްއަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރޒް އެންޑް ޓްރޭޑް އޮފް ހަންގޭރީއާ ދެމެދު 8 ނޮވެމްބަރ 2021ގައި ސޮއިކުރެވުނު މެމޮރެންޑަމް އޮފް އަންޑަރސްޓޭންޑިންގ އެއްގެ ދަށުން، 2022 ވަނަ އަހަރު ދިވެހި ދަރިވަރުންނަށް ކޯހުގެ ފީއާއި، އެކޮމޮޑޭޝަނާއި، ލައިބްރަރީގެ ޚިދުމަތް، އަދި ކަނޑައެޅިފައިވާ ސްޓައިޕެންޑެއް، ކިޔެވުމުގެ މުއްދަތުގެ ތެރޭގައި ކޮންމެ މަހަކު ދަރިވަރުންނަށް ލިބިދޭ ސްކޮލާރޝިޕްތަކެކެވެ. މި ސްކޮލާރޝިޕްގައި ދަރިވަރުން މާލެއިން ހަންގޭރީއަށް ދިއުމާއި އައުމުގެ ދަތުރުގެ ޚަރަދާއި، ދިއްލީއަށް ދަތުރުކޮށްގެން ވިސާ ނެގުމަށް ދިޔަ ޚަރަދު ހަމަޖައްސައިދީފައިވަނީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަނުންނެވެ.

Advertisement - newsAdvertisement

މިއީ 5 އަހަރަށް ބަހާލައިގެން، 75 ސްކޮލާރޝިޕް ފުރުސަތު ދިނުމަށް ފަށާފައިވާ ޕްރޮގްރާމެކެވެ. އެގޮތުން ކޮންމެ އަހަރަކުވެސް 15 ދަރިވަރަކަށް މި ސްކޮލާރޝިޕް ދެވިގެންދާނެއެވެ.

މި ސްކޮލާރޝިޕް ތަކަށް 14 ޑިސެމްބަރ 2021ގައި 15 ފުރުސަތަށް ހުޅުވާލާފައިވާއިރު، އެއީ 6 ބެޗެލަރސް ޑިގްރީ، 7 މާސްޓަރސް ޑިގްރީ އަދި 2 ޑޮކްޓޯރަލް ޑިގްރީ ސްކޮލާރޝިޕެވެ. މި ސްކޮލާރޝިޕްތަކަށް އެދި 48 ދަރިވަރަކު ހުށަހަޅާފައިވާކަމަށް ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނެފައިވެއެވެ. މީގެތެރެއިން 15 ޖާގައަށް، ސްޓައިޕެންޑިއަމް ހަންގޭރިކަމް އިން އެދުނުގޮތަށް 15 ދަރިވަރުން ނޮމިނޭޓްކޮށް، ހަންގޭރީގެ ޔުނިވަރސިޓީތަކުން ދަރިވަރުންގެ ފައިނަލް ސިލެކްޝަން ހަދަން ފޮނުވާފައިވާކަމަށާއި، އޭގެ ތެރެއިން ކޮލިފައިވީ 13 ދަރިވަރުން ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ.

މި 13 ދަރިވަރުން ކިޔެވުމަށް ޖާގަ ހަމަޖެހިފައިވަނީ ހަންގޭރީގެ 9 ޔުނިވަރސިޓީ އަކުންނެވެ. މި ދަރިވަރުން ކިޔަވާ ދާއިރާތަކަކީ:

މި ދަރިވަރުން ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ސެޕްޓެމްބަރ މަހުއެވެ.

މިކަމާގުޅޭގޮތުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހީމް ހަސަން ވިދާޅުވީ، ތަރައްގީވެފައިވާ ތަހުޒީބީ ގައުމުތަކުން ދިވެހި ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމަކީ ޚާއްސަ އިސްކަމެއްދެއްވާ ކަމެއް ކަމަށާއި، އެ މަސައްކަތްތައް ކުރިއަށްގެންދާ ކަމަށެވެ.

އެފަދަ ގައުމުތަކުން މަތީ ތައުލީމު ހޯދުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދިއުމަކީ ކަންކަމަށް ލޯ ހުޅުވި، ކިޔަވާ މާއްދާއެއްގެ އިތުރުން ވަރަށް ގިނަ ކަންތައްތައް ދަސްވެ، ފަރިތަވުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި އެނބުރި ގައުމަށް ޚިދުމަތްކުރުމަށް އަންނަ ޒުވާނުންގެ ފަރާތުން ކުރާ ފައިދާ މާ ފުރިހަމަވެގެންދާނެކަމަށާއި، މިއީ ވަރަށް ރަނގަޅު ފުރުސަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ހަންގޭރީހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

ފަހު ވަގުތު ހެންގޭރީން ޖަރުމަނާ އެއްވަރުކޮށްފި

20 ނޮވެމްބަރު 2024
ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024

އަހަރުތަކުން މިއަދު

27 އެޕްރީލު
ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި
20251 އަހަރު ކުރިން
ރާއްޖެ

ޔުމްނުގެ މައްސަލަ ބަލާ ކޮމިޝަނަށް އައްޔަން ކުރި ހަބީބުއާއި ރައުދު އާއި އާއިލީ ގުޅުން އޮވޭ، އިސްތިއުފާ ދީފި

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

އިންޑިއާއާއެކު ވެފައިވާ އެއްބަސްވުންތައް ހާމަކުރާނެކަމަށް ސަރުކާރުން ބުނި ވާހަކައިގެ ރާގު ބަދަލުވެއްޖެ

ޗާގޯސް "ދެބޯގެރި" ޗޮކުން!
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް "ދެބޯގެރި" ޗޮކުން!

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"
20224 އަހަރު ކުރިން
ރާއްޖެ

"ލަމްހާއަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، ނުވަތަ ސީރިއަލް ކިލަރ އެއް ނޫން"

ޝަވަރުމާ ޕިއްޒާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޝަވަރުމާ ޕިއްޒާ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ
20197 އަހަރު ކުރިން
ރާއްޖެ

ލަންކާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން މާލެ އަންނަނީ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި
20188 އަހަރު ކުރިން
ރާއްޖެ

ލ. ގަމުގައި މައުމޫނުގެ ސަޕޯޓަރުން ރައީސް ޔާމީނާ ދެކޮޅަށް ތެދުވުމުން މާފަތިން މަރުހަބާ ކިޔާއިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު