Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސްރީލަންކާގައި ހިނގަމުންދާ ހަމަނުޖެހުން

ސްރީލަންކާގެ ހަމަނުޖެހުންތަކުގައި މަރުވި ފަސް މީހުންގެ ތެރޭގައި މަޖިލިސް މެމްބަރެއްވެސް ހިމެނޭ

ރާޖަޕްސާގެ އާއިލާއާ ގުޅުންހުރި ބައެއް ހޮޓެލްތަކުގައިވެސް ހުޅުޖަހާފައިވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 10 މެއި 2022 | އަންގާރަ 01:43
ރާޖަޕްކްސާއަށް ތާއީދުކުރާ ފަރާތްތަކަށް އަމާޒުކޮށް އަންނަނީ ހަމަލާ ދެމުން

ރާޖަޕްކްސާއަށް ތާއީދުކުރާ ފަރާތްތަކަށް އަމާޒުކޮށް އަންނަނީ ހަމަލާ ދެމުން

ސްރީލަންކާގެ ހަމަނުޖެހުންތަކުގައި މަރުވި ފަސް މީހުންގެ ތެރޭގައި ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއްވެސް ހިމެނޭކަމަށް ބައިނަލްއަގުއާމީ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

މި ހަމަނުޖެހުންތަކުގެ ތެރޭގައި ބޮޑުވަޒީރު މަހިންދަ ރާޖްޕަކްސާވެސް ވަނީ އިސްތިއުފާ ދެއްވާފައެވެ. ސްރީލަންކާ ސަރުކާރު ނިސްބަތްވާ ޕާޓީ، ސްރީލަންކާ ޕޮޑުޖާނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މެމްބަރުންނަށް އަމާޒުކޮށް އަންނަނީ ހަމަލާ ދެމުންނެވެ.

ހޯމަ ދުވަހު، ސްރީލަންކާގެ ބޮޑު ވަޒީރުގެ ރަސްމީ ގެކޮޅުގެ ތެރެއިން ބަޑީގެ ހަމަލާތަކެއް ދީފައިވާކަމަށްވެސް ބައެއް ރިޕޯޓުތައް ބުނެއެވެ. މުޒާހަރާ ކުރަމުންދިޔަ އެތައް ހާސް ބަޔަކުވަނީ ގެކޮޅުގެ ގޭޓު ހަލާކުކޮށްލުމަށްފަހު އެތަނުގައި ހުރި ބައެއް ވެހިކަލްތަކުގައިވެސް ހުޅުޖަހާފައެވެ.

ހޯމަ ދުވަހުގެ ވަގުތެއްގައި ސަރުކާރަށް ނިސްބަތްވާ ޕާޓީގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރެއް ކަމަށްވާ އަމަރަކީރްތި އަތުކޯރަލާ އަށް ނިތަމްބުވާ ސަރަހައްދުން ހަމަލާދޭން މަސައްކަތްކުރި ބަޔަކަށް އަމާޒުކޮށް ބަޑި ޖެހުމަށްފަހު، އޭނާ ސެކިއުރިޓީއާއެކު އެތަނުން ދިޔުމަށް މަސައްކަތްކުރާ ވީޑިއޯ ފުޓޭޖެއްވެސް ވަނީ އާންމުވެފައެވެ. އޭގެ ފަހުން އަތުކޯރަލާ މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށް އަލްޖަޒީރާގައިވަނީ ރިޕޯޓުކޮށްފައެވެ.

ސަރުކާރަށް ތާއީދުކުރާ މީހުންނާއި ސަރުކާރާ ދެކޮޅަށް ސުލްހަވެރި މުޒާހަރާތައް ކުރަމުންގެންދާ މީހުންނާ ދެމެދު ހިނގި ހަމަނުޖެހުންތަަކުގައި ގާތްގަނޑަކަށް 150 މީހުންނަށް ވަނީ އަނިޔާވެފައެވެ.

ސްރީލަންކާގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފައިވީ ނަމަވެސް މުޒާހަރާތައް ކުރުން ހުއްޓުމަކަށް ނާދެއެވެ. ސަރުކާރަށް ތާޢީދުކުރާ ފަރާތްތަކާއި އިދިކޮޅު ފަރާތްތަކާމެދު ބޮޑެތި ހަމަނުޖެހުންތައް ހިނގައި ސަރުކާރަށް ތާއީދުކުރާ ފަރާތްތަކުގެ މުދަލަށް ބޮޑެތި ގެއްލުންތައްވަނީ ދީފައެވެ.

މިނިސްޓަރު ޖޯންސްޓަން ފެނާންޑޯ، ކަންޗަނާ ވިޖެސޭކަރް އަދި ޕްރަސައްނާ ރަނަތުންގާ އަދި މަޖިލިސް މެމްބަރު ސަނަތް ނިޝާންތާ، ރަމޭޝް ޕަތިރަނާ އާއި ނިމާލް ލަންޒަވާގެ އަމިއްލަ ގެކޮޅުގައިވެސްވަނީ ހުޅު ޖަހާފައެވެ.

ރާޖަޕްސާގެ އާއިލާއާ ގުޅުންހުރި ބައެއް ހޮޓެލްތަކުގައިވެސް ހުޅުޖަހާފައިވާކަމަށް ލަންކާގެ ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

މިހުރިކާމެއްގެ ތެރެއިންވެސް ޑިފެންސް މިނިސްޓަރު ރިޓަޔާރޑް މޭޖެރ ޖެނެރަލް ކަމާލް ގުނަރަތްނެ އަންނަނީ ރުޅިގަދަވެފައިވާ ރައްޔިތުން ހަމަޖެހުމަށް އިރުޝާދު ދެމުންނެވެ.

ސްރީލަންކާގެ އިގުތިސާދީ ކާރިސާސްރީލަންކާ

ކޮމެންޓް

އިތުރަށް ކިޔާލަން

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖޫން
ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި
20251 އަހަރު ކުރިން
ރާއްޖެ

ސޯޝަލް މީޑިއާގައި އެޑިޓްކޮށްގެން ދައުރު ކުރާ ރައީސް ޞާލިހުގެ ކްލިޕްގެ މަޅީގައި ރައީސް ޔާމީން ޖެހިވަޑައިގެންފި

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި
20242 އަހަރު ކުރިން
ދުނިޔެ

އުދުހޭ ޓެކްސީ މި އަހަރުގެ ހައްޖަށް ސައުދީން ތައާރުފް ކޮށްފި

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި
20233 އަހަރު ކުރިން
ރާއްޖެ

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ތިން ގޮތެއް އަމީން އާންމު ނަޝީދަށް ދަންނަވައިފި

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ދަރަނި ނަގާފައި ހުރީ ދަރަނި ދައްކަން އިނގޭތީ، އަމާ ބުނީތީ ފަރަށްދާ އުސޫލަކުން ނޫން

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''
20215 އަހަރު ކުރިން
ރިޕޯޓު

''އެކުވެރިޔާ ވަކިވެ ދިޔައީ އަގުހުރި ހަދިޔާއެއް ދީފައި''

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު އަބްދުﷲ ދީދީގެ ސަސްޕެންޝަން ދެމި އޮންނާނެ: ޖޭއެސްސީ

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާން މަރެއް ނުވޭ! އޭނާ ބްރިޖްމަތީ ހަނާއަަޅާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު