Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ހަމަނުޖެހުން

ލަންކާ ސަރުކާރުގެ މަޖިލީސް މެމްބަރުންގެ ގެތަކަށް ހަމަލާދީ ރޯކޮށްލައިފި

ސަރުކާރު ނިސްބަތްވާ ޕާޓީގެ މަޖިލިސް މެމްބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެމްބަރުންގެ ގެއަށް ވަނީ ހަމަލާދީފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 9 މެއި 2022 | ހޯމަ 16:24
ސްރީލަންކާ ސަރުކާރު ނިސްބަތްވާ ޕާޓީ، ސްރީ ލަންކާ ޕޮޑުޖާނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މަޖިލިސް މެމްބަރުންގެ ގެތަކަށް ހަމަލާދީ، ބައެއް ގެތަކުގައި ރޯކޮށްލައިފި

ސްރީލަންކާ ސަރުކާރު ނިސްބަތްވާ ޕާޓީ، ސްރީ ލަންކާ ޕޮޑުޖާނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މަޖިލިސް މެމްބަރުންގެ ގެތަކަށް ހަމަލާދީ، ބައެއް ގެތަކުގައި ރޯކޮށްލައިފި

ސްރީލަންކާ ސަރުކާރު ނިސްބަތްވާ ޕާޓީ، ސްރީ ލަންކާ ޕޮޑުޖާނާ ޕެރަމުނާ (އެސްއެލްޕީޕީ)ގެ މަޖިލިސް މެމްބަރެއްގެ ގެއަށް ހަމަލާދީ ރޯކޮށްލައިފިއެވެ.

ޑެއިލީ މިރޯ ލަންކާއިން ރިޕޯޓުކޮށްފައިވާގޮތުން ލަންކާގެ މަޖިލިސް މެމްބަރެއް ކަމަށްވާ ސަނަތު ނިޝަންތާގެ ގެއަށް ހަމަލާދީ ވަނީ ރޯކޮށްލާފައެވެ.

އެނޫހުން ރިޕޯޓުކޮށްފައިވާގޮތުން ސަރުކާރު ނިސްބަތްވާ ޕާޓީގެ މަޖިލިސް މެމްބަރުންގެ ތެރެއިން ގިނަ އަދަދެއްގެ މެމްބަރުންގެ ގެއަށް ވަނީ ހަމަލާދީފައެވެ. އަދި ބައެއް ގެތަކުގައި ރޯކޮށްލާފައިވާކަމަށްވެސް ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން އެސްއެލްޕީޕީގެ ބައެއް އޮފީސްތަކުގައިވެސް ރޯކޮށްލާފައިވާ ކަމަށް ޑެއިލީ މިރޯއިން ރިޕޯޓުކޮށްފައިވެއެވެ.

ހަމަލާތައް އަމާޒުވެފައުވާ އެމްޕީގެ ގެތަކުގެ ތެރޭގައު ސަނަތު ނިޝާންތާގެ އިތުރުން ޖޯންސަން ފެރނަންޑީއާއި ކަންޗަނާ ވިޖެސެކަރާ އަދި ރަމެޝް ޕަތިރަނައާއި ނިމަލް ލަންޒަގެ ގެ ހިމެނެއެވެ.

އެޕާޓީގެ ހުރިހާ މެމްބަރުންގެ ގެތަކުގެ ސެކިއުރިޓީ މިހާރު ވަރުގަދަކޮށްފައިވާކަމަށް އެނޫހުން ރިޕޯޓުކޮށްފައިވެއެވެ.

ލަންކާގެ ސިޔާސީ މަސްރަހު ހޫނުވަމުންދާއިރު، އެގައުމުގައި މުޒާހަރާއެއް ހޫނުވެ ހިނގި ހަމަނުޖެހުމަކުން ފިލި، އެގައުމުގެ ސަރުކާރު ހިއްސާވާ ޕާޓީއަށް ނިސްބަތްވާ މަޖިލީހުގެ މެމްބަރަކު ވަނީ އަމިއްލައަށް މަރުވެފައެވެ.

ލަންކާގެ ފުލުހުންނާ ހަވާލާދީ ނިއުސްވަޔަރއިން ރިޕޯޓުކޮށްފައިވާގޮތުން، އެމްޕީ އަމަރަކީރްރީ އަތުކޮރަލާ ވަނީ މުޒާހަރާގެ ހަމަނުޖެހުން ހޫނުވާން ފެށުމާއެކު އެސަރަހައްދުން ފިލާފައެވެ. އަދި އެތަނުގެ ކައިރީ ހުރި އިމާރާތަކަށް ފިލަން ވަނުމުން މުޒާހަރާގައި ބައިވެރިވި އެތައް ހާސް މީހުން ވަނީ އެއިމާރާތް ވަށާލާފައެވެ. މިއާއެކު އިމާރާތުގައި ތާށިވެފައިހުރި އެމްޕީ، އޭނާ އަމިއްލައަށް ގަޔަށް ބަޑިޖަހައި މަރުވެފައިވާކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

ސްރީލަންކާލަންކާގެ ސިޔާސީ މަސްރަހުސްރީލަންކާގެ އިގުތިސާދީ ކާރިސާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު