Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން-ރަޝިއާ ހަނގުރާމަ

ކެނެޑާ އިން ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޯރުކޮށްދެނީ

9 މެއި 2022 | ހޯމަ 13:54

ޑްރޯން ކެމެރާ އާއި ސެޓޭލައިޓް އިމޭޖަރީ އަދި ލުއި ހަތިޔާރާ ވަޒަނުގެ އިތުރުން އެހެނިހެން އަސްކަރީ އެހީ ފޯރުކޮށްދޭނެކަމަށް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 9 މެއި 2022 | ހޯމަ 13:54
ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ޔޫކްރެއިނަށް ވަޑައިގެން އެގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވާފައި

ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ޔޫކްރެއިނަށް ވަޑައިގެން އެގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވާފައި

ކެނެޑާއިން ޔޫކްރެއިން އަށް އިތުރު ހަތިޔާރު ފޯރުކޮށްދޭން ނިންމާފައިވާކަމަށް ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވިދާޅުވެއްޖެއެވެ.

ކެނެޑާގެ ބޮޑުވަޒީރު މިކަން އިއުލާނުކުރައްވާފައި ވަނީ އެމަނިކުފާނު ޔޫކްރެއިނަށް ކުރެއްވި ކުއްލި ދަތުރުފުޅެއްގައެވެ.

ބޮޑުވަޒީރު ޓްރޫޑޯ ވަނީ އާދިއްތަ ދުވަހު ޔޫކްރެއިނަށް ވަޑައިގެން ޔޫކްރެއިންގެ ވެރިރަށް ކިއެވްގައި އެގައުމުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީއާ ބައްދަލުކުރައްވާފައެވެ. އެއަށްފަހު ޔޫކްރެއިންގެ ރައީސް އާއެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޓްރޫޑޯ ވަނީ ކެނެޑާއިން ޔޫކްރެއިން އެހީވުމަށް ހަނގުރާމައިގެ އިތުރު ހަތިޔާރު ފޯރުކޮށްދޭން ނިންމާފައިވާކަން އިއުލާނުކުރައްވާފައެވެ.

އެގޮތުން ޑްރޯން ކެމެރާ އާއި ސެޓަލައިޓް އިމޭޖަރީ އަދި ލުއި ހަތިޔާރާ ވަޒަނުގެ އިތުރުން އެހެނިހެން އަސްކަރީ އެހީ ފޯރުކޮށްދޭނެކަމަށް ކެނެޑާގެ ބޮޑުވަޒީރު ވިދާޅުވިއެވެ. ބޮޑުވަޒީރު ވަނީ ކެނެޑާއިން ޔޫކްރެއިނަށް ފަންޑުކޮށްދޭނެ ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ކެނެޑާއިން ރަޝިއާ އާދެކޮޅަށް އަޅަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ތެރެއިން ރަޝިއާގެ އިތުރު ވަކިވަކި މީހުންނާ ދެކޮޅަށް ފިޔަވަޅުއަޅަން ނިންމާފައިވާކަމަށް ޓްރޫޑޯ ވަނީ އިއުލާނުކުރައްވާފައެވެ. އެގޮތުން ރަޝިއާގެ 40 މީހެއް އަދި ފަސް އިދާރާއަކާ ދެކޮޅަށް ފިޔަވަޅުއަޅަން ނިންމާފައިވާކަމަށާއި އޭގެ ތެރޭގައި އޮލިގާކްސް އާއި ރާޝިއާގެ ސަރުކާރާ ގާތް ގުޅުމެއް އޮންނަ ހަނގުރާމައަށް ވާގިވެރިވާކަމަށް ބެލެވޭ މީހުން ހިމެނޭކަމަށް ފާހަގަކުރެއްވިއެވެ.

ޔޫކްރެއިންއަށް ކުރެއްވި މިދަތުރުފުޅުގައި ކެނެޑާގެ ބޮޑުވަޒީރު ވަނީ ކިއެވްގެ ބޭރުން އޮންނަ އަރޕިން އަވަށަށް ޒިޔާރަތްކުރައްވާފައެވެ. މި އަވަށަކީ ރަޝިއާއިން ޔޫކްރެއިންގެ ވެރިރަށް ހިފުމަށް މަސައްކަތްކުރި ދުވަސްވަރު އެންމެ ގަދައަށް ހަމަލާތައް އަމާޒުވި އެސަރަހައްދެވެ.

ކެނެޑާގެ ބޮޑުވަޒީރު ވަނީ ޔޫކްރެއިންގެ ވެރިރަށުގައި ހުރި އެގައުމުގެ އެމްބަސީވެސް ވަރަށް އަވަހަށް ހުޅުވާނެ ކަމަށް ވިދާޅުވެފައެވެ.

ދުނިޔޭގެ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އދ އިން ކުރިއަށްގެންދާ ވޯލްޑް ފުޑް ޕްރޮގްރާމް އަށް ކެނެޑާއިން 25 މިލިއަން ޑޮލަރު ފޯރުކޮށްދެމުންދާއިރު، އެގައުމުން ވަނީ އަންނަ އަހަރު ޔޫކްރެއިނުން ކެނެޑާއަށް އިމްޕޯޓްކުރާ މުދަލުގެ ޓެރިފް ކަނޑާލުމަށްވެސް ނިންމާފައެވެ.

ކެނެޑާޔުކްރެއިންރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް