Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމިސްކިތްތައް މަރާމާތުކުރުން

އެހެން އަހަރުތަކާ އަޅާބަލާއިރު މިސްކިތްތަކުގެ މަރާމާތަށް ކުރެވޭ ހޭދަ މިއަހަރު ބޮޑު

ދައުލަތުގެ ބަޖެޓުންވެސް 15 މިލިއަން ރުފިޔާ މިސްކިތްތަކުގެ މަރާމާތަށް ހޭދަކުރެވުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 9 މެއި 2022 | ހޯމަ 08:31
މިސްކިތްތަކުގެ މަރާމާތަށް ކުރެވޭ ހޭދަ މިއަހަރު ބޮޑު

މިސްކިތްތަކުގެ މަރާމާތަށް ކުރެވޭ ހޭދަ މިއަހަރު ބޮޑު

އެހެން އަހަރުތަކާ އަޅާބަލާއިރު މިސްކިތްތަކުގެ މަރާމާތަށް ކުރެވޭ ހޭދަ މިއަހަރު ބޮޑުކަމަށް އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަދީލް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ރާއްޖެޓިވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން އަދީލް ވިދާޅުވީ، މިސްކިތްތަކުގެ މަރާމާތު ފަދަ ކަންކަމަށް ކައުންސިލުން އެދުމުން، މިނިސްޓްރީގެ ދަށުން ބަލަހައްޓަމުންދާ މިސްކިތު ފަންޑުން އެކަންކަމަށް އެހީތެރިކަން ފޯރުކޮށްދޭ ކަމަށެވެ. އެގޮޮތުގެ މަތިން ކޮންމެ އަހަރަކުވެސް މިސްކިތްތަކުގެ މަރާމާތަށް ބޮޑު ހޭދައެއް ކުރެވޭކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަދީލް ވިދާޅުވީ، މި އަހަރުގެ ރަމަޟާން މަހާ ދިމާކޮށްވެސް ރާއްޖޭގެ މިސްކިތްތަކަށް 5 މިލިއަނެއްހާ ރުފިޔާ މިސްކިތު ފަންޑުން ޚަރަދު ކުރެވިފައިވާ ކަމަށެވެ. ހަމައެއާއެކު، ދައުލަތުގެ ބަޖެޓުންވެސް 15 މިލިއަން ރުފިޔާ މިސްކިތްތަކުގެ މަރާމާތަށް ހޭދަކުރެވުނުކަން އޭނާ ފާހަގަ ކުރެއްވިއެވެ. އަދީލް ވިދާޅުވާ ގޮތުގައި އެއީ ވޭތުވެދިޔަ އަހަރުތަކާ އަޅާބަލާއިރު ބޮޑު ހޭދައެކެވެ.

އޭގެ އިތުރުން، މެންޑޭޓުގައި ނެތްނަމަވެސް ނުވަތަ މިސްކިތްތަކުގެ ބެލެހެއްޓުން ކައުންސިލްތަކާ ޙަވާލުކޮށްފައިވީނަމަވެސް، މިސްކިތްތަކުގެ ހަގީގީ ބެލެނިވެރިއަކީ އިސްލާމިކް މިނިސްޓްރީކަމަށް އޭނާ ވިދާޅުވިއެވެ.

މިހާރުވެސް މިސްކިތްތައް އިމާރަތް ކުރުމާއި، އިމާރަތް ކުރުމުގެ ހުއްދަ ދިނުން ފަދަ ކަންކަމަކީ މިނިސްޓްރީން ކުރާ މަސައްކަތްތަކެވެ. އެހެންނަމަވެސް، މިސްކިތްތައް ފޮޅާ ސާފުކުރުމާއި ބެލެހެއްޓުމަކީ އެތަނެއްގެ ކައުންސިލުގެ ޒިންމާގެ ތެރޭގައި ހިމެނިފައިވާ ކަމެއްކަމަށް އަދީލް ވިދާޅުވިއެވެ.

އަދީލް މިހެން ވިދާޅުވެފައިވާއިރު، ރަމަޟާން މަހަށް ޚާއްސަކޮށްގެން މާލެ ސިޓީގެ މިސްކިތްތައް މަރާމާތު ކުރުމާއި، އާބާތުރަ ފިލުވުމުގެ މަސައްކަތުގެ ދަށުންވެސް 32 މިސްކިތެއް މަރާމާތު ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. އެގޮތުން މާލެ ސަރަޙައްދުގެ 43 މިސްކިތް ބެލެހެއްޓުމަށް ސަރުކާރުން ހަމަޖައްސައިދީފައިވަނީ 1 މިލިއަން ރުފިޔާގެ ބަޖެޓެއް ނަމަވެސް، އެކަމަށް މިނިސްޓްރީންވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

އިސްލާމިކް މިނިސްޓްރީމިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްފަލަ ސުރުޚީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި
25 ނޮވެމްބަރު 2025

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި
12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
10 ނޮވެމްބަރު 2025

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި
30 އޮކްޓޯބަރު 2025

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ
30 އޮކްޓޯބަރު 2025

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ
23 އޮކްޓޯބަރު 2025

ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް

23 އޮކްޓޯބަރު 2025
ބ. ތުޅާދޫ މަސްޖިދުއްރަޙްމާން އާއި ބެހޭ ގޮތުން ޝަހީމް ހެއްދެވީ ހުސް ދޮގު: ކައުންސިލް
23 އޮކްޓޯބަރު 2025

ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު

23 އޮކްޓޯބަރު 2025
ހުރިހާ މަޝްރޫއުތަކެއް ހަވާލުކޮށްފައި ވަނީ ޕްރޮސަސްގެ ތެރެއިން އެންމެ ގާބިލް ކުންފުނިތަކާ: ކުރީގެ އިސްލާމިކް މިނިސްޓަރު
23 އޮކްޓޯބަރު 2025

ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު

23 އޮކްޓޯބަރު 2025
ދަރުވާލާފައި ކިޔައިގެން މިނިސްޓަރު ޝަހީމް ބޭނުންކުރާ އިބާރާތަކީ ވަރަށް ނުބައި އިބާރާތެއް: ކުރީގެ މިނިސްޓަރު
23 އޮކްޓޯބަރު 2025

ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ

23 އޮކްޓޯބަރު 2025
ޑރ ޒާހިރު ޝަހީމު އަށް: ޚުތުބާ އާ ބެހޭ ގޮތުން ތިޔަ ހެއްދެވީ ދޮގު، އެއްވެސް ޚުތުބާ އެއް ނުފޮރުވާ، ނުކިޔާކަށް ވެސް ނާންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު