Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ އިގުތިސާދީ ކާރިސާ

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކުން 100 މިލިއަން ޑޮލަރުގެ އެހީ ހޯދަން ލަންކާއިން މަޝްވަރާކުރަނީ

8 މެއި 2022 | އާދީއްތަ 14:13

ފައިނޭންސް މިނިސްޓަރު ސަބްރީ ވަނީ އެބޭންކުން ލަންކާއަށް އެމެޖެންސީ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދިނުމަށް ވިސްނަމުންދާ ކަމަށް ވިދާޅުވެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 8 މެއި 2022 | އާދީއްތަ 14:13
ލަންކާއަށް ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމަށް 100 މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް ޗައިނާ ސަރުކާރުން ވާގިވެރިވާ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކާއެކު އެގައުމުން ދަނީ

ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގުތިސާދީ ކާރިސާއާއެކު އެގައުމަށް 100 މިލިއަން ޑޮލަރުގެ އެހީ ހޯދުމަށް ޗައިނާ ސަރުކާރުން ވާގިވެރިވާ އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކާއެކު އެގައުމުން މަޝްވަރާކުރަމުން ދާކަމަށް އެގައުމުގެ ފިނޭންސް މިނިސްޓަރު އަލީ ސަބްރީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ސަބްރީ ވަނީ އެބޭންކުން ލަންކާއަށް އިމަޖެންސީ އެހީގެ ގޮތުގައި 100 މިލިއަން ޑޮލަރު ދިނުމަށް ވިސްނަމުންދާ ކަމަށް އާދިއްތަ ދުވަހު ވިދާޅުވެފައެވެ.

އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމެންޓް ބޭންކަށް އެންމެ ގިނައިން ފަންޑު ކުރާ ގައުމަކީ ޗައިނާއެވެ.

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުގައި ސްރީލަންކާއިން ވަނީ ގައުމުތަކުގެ ސްޓޭޓް ބޭންކުތަކުން ފޮރިން އެކްސްޗޭންޖް ލިކުއިޑިޓީ ސަޕޯޓަށް އެދިފައެވެ.

ޗައިނާ އަކީ ސްރިލަންކާއަށް އެންމެ ގިނަ އަދަދަކަށް ލޯނު ދޫކޮށްފައިވާ ގައުމެވެ. މިހާރުވެސް ސްރީލަންކާއިން ޗައިނާއަށް ދަންކަންޖެހޭ ލޯނުގެ އަދަދު 6.5 ބިލިއަން ޑޮލަރަށް އަރާއިރު އޭގެ ތެރޭގައި އުމްރާނީ ބޮޑެތި މަޝްރޫއުތައް ކަމަށްވާ ހައިވޭ ތަރައްގީކުރުމުގެ މަޝްރޫއާ އެއަރޕޯޓް އަދި ވިޔަފާރި ބަނދަރުގެ މަޝްރޫއުތަކަށް ދޫކޮށްފައިވާ ލޯނުތައް ހިމެނެއެވެ.

ޗައިނާ އިން ވަނީ ސްރިލަންކާއަށް 1.3 ބިލިއަން ޑޮލަރުގެ ސިންޑިކޭޓް ލޯން އަދި 1.5 ބިލިއަން ޑޮލަރުގެ ކަރަންސީ ސްވެޕެއް ފޯރުކޮށްދީފައެވެ. މިހާރު އެދެގައުމުން ދަނީ 1.5 ބިލިއަން ޑޮލަރުގެ ކްރެޑިޓްލައިން އެއްބަސްވުމަކާ ގުޅޭ މަޝްވަރާތައް ކުރަމުންނެވެ. އަދި އިތުރު އެއް ބިލިއަން ޑޮލަރުގެ ސިންޑިކޭޓް ލޯނަކާ ގުޅޭ މަޝްވަރާތައްވެސް ކުރަމުންދާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ސްރީލަންކާއިން ވަނީ ޗައިނާއަށް ދައްކަންޖެހޭ ލޯނުތައް ރީސްޓްރަކްޗަރ ކުރުމާ ގުޅޭ މަޝްވަރާތައް މި މަހު ފެށިފައިވާކަމަށް ބުނެފައެވެ.

ކޮވިޑް-19ގެ ސަބަބުން ސްރީލަންކާގެ އިގުތިސާދަށް ހީނުކުރާވަރުގެ ގެއްލުން ލިބިފގައިވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ސަރުކާރުން ނަގަމުން އައި ޓެކްސްތައް މަދުކުރުމުގެ ސަބަބުން ދައުލަތުގެ އާމްދަނީ ދަށްވެ މިހާރު އެގައުމުގެ ފޮރިން ރިޒަރވް 50 މިލިއަން ޑޮލަރަށް ދަށްވެފައިވާ ކަމަށް މިދިޔަ ހަފުތާގައި އެގައުމުގެ ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

އިމްޕޯޓަށް ހަރަދުކުރާނެ ފައިސާ ނެތި ޒަރޫރީ ކާބޯތަކެއްޗާ ތެޔޮ އަދި ބޭހުގެ ސަޕްލައި މަދުވެ އަގުތައް އުފުލިގެން ދިއުމާއެކު އާންމުންގެ ނުރުހުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އަދި މިއާއެކު ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަން ފަށާފައިވެއެވެ. މުޒާހަރާ ކުރަން ނިކުމެފައިވާ ފަރާތްތަކުގެ ތެރޭގައި ފާދިރީންނާއި ޑޮކްޓަރުންނާއި ނަރުހުން އަދި ޓީޗަރުން ގެ އިތުރުން ކިޔަވާކުދިން ހިމެނެއެވެ.

ލަންކާގެ އެކި ހިސާބުތަކުގައި ސަރުކާރާދެކޮޅަށް މުޒާހަރާކުރަމުންދާތާ މަސް ދުވަހަށްވުރެ ގިނަ ދުވަސްވެފައިވާއިރު، އެގައުމުގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ވަނީ ހުކުރު ދުވަހު އަނެއްކާވެސް އެގައުމުގައި ކުއްލި ހާލަތު އިއުލާނުކުރައްވާފައެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް