Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއަރ ލީގު

މެންޗެސްޓަރ ސިޓީން ޕޮއިންޓް ގެއްލުވާލާތަނެއް ނުފެނޭ- ކްލޮޕް

ލިވަޕޫލަށް ފުރުޞަތު އޮތީ ސިޓީ މެޗަކުން ބަލިވެގެން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 8 މެއި 2022 | އާދީއްތަ 09:12
ޓޮޓެންހަމް މެޗަށްފަހު ކްލޮޕް، ސިޓީން ޕޮއިންޓް ގެއްލުވާލަތަނެއް ނުފެނޭ: ފޮޓޯ-ލިވަޕޫލް

ޓޮޓެންހަމް މެޗަށްފަހު ކްލޮޕް، ސިޓީން ޕޮއިންޓް ގެއްލުވާލަތަނެއް ނުފެނޭ: ފޮޓޯ-ލިވަޕޫލް

އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީއަށް ބާކީ އޮތް ތިން މެޗުން ޕޮއިންޓް ގެއްލުވާލާތަން ނުފެންކަމަށް ވާދަވެރި ލިވަޕޫލްގެ ކޯޗު ކްޕޮލް ބުނެފިއެވެ. ކްލޮޕް މިހެން ބުނެފައި މިވަނީ ލީގުގައި ޓޮޓެންހަމް އަތުން މޮޅުނުވެވި އެއްވަރުވި މެޗަށް ފަހުއެވެ. މިހާރު އޮތްގޮތުން ލިވަޕޫލަށް ލީގު ލިބެން އޮތީ ކުރިއަށް އޮތް ތިން މެޗުގެ ތެރެއިން މެޗަކުން ސިޓީ ބަލިވެގެންނެވެ.

އާދިއްތަ ދުވަހުގެރޭ ނިއުކާސަލް ޔުނައިޓެޑް ބަލިކޮށްގެން ސިޓީއަށް އެއްވަނާގައި ތިން ޕޮއިންޓްގެ ލީޑެއް ނެގޭނެއެވެ. މިވަގުތު ލިވަޕޫލާއި ސިޓީއާ ދެމެދު ޕޮއިންޓެއްގެ ފަރަޤެއް އޮތީ ލިވަޕޫލް އިތުރަށް މެޗެއް ކުޅެގެންނެވެ. ލިވަޕޫލަށް ބާކީ އޮތީ ދެ މެޗެވެ. ސިޓީއަށް ތިން މެޗު އެބައޮތެވެ. ކްލޮޕް ބުނީ ސިޓީން ޕޮއިންޓް ގެއްލުވާލާނެކަމަށް ވިސްނޭނެ ނަމަ ރަނގަޅުކަމަށާއި, އެކަމަކު އެގޮތަށް ނުވިސްނޭކަމަށެވެ. އަދި އެމަންޒަރު ނުފެންނަކަމަށެވެ.

ގަދަ ހަތަރެއްގެ ޖާގައަކަށް ވާދަކުރަމުން އަންނަ ޓޮޓެންހަމްއާ ލިވަޕޫލް ވާދަކުރި މެޗު ނިމުނީ 1-1 ން އެއްވަރުވެގެންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަހާ ޓޮޓެންހަމްއަށް ކުރި ހޯދައިދިނީ ސޮންއެވެ. އެކަމަކު ރަނގަޅު ފޯމެއްގައި ހުރި ލުއިޒް ޑިއާޒް ލަނޑު ޖަހާ ލިވަޕޫލަށް އެއްވަރުކޮށްދިނެވެ. ލިވަޕޫލަށް ސީޒަންގައި ޗެމްޕިއަންސްލީގުގެ ފައިނަލްވެސް އެބައޮތެވެ. ފައިނަލްގައި ވާދަކުރަން ޖެހޭނީ ރެއާލް މެޑްރިޑާއެވެ. ލީގު ހޯދެން އޮތީ ސިޓީ މެޗަކުން ބަލިވެގެންނެވެ.

ޕްރިމިއަރ ލީގުމެންޗެސްޓަރ ސިޓީލިވަޕޫލްޓޮޓްނަމް ހޮޓްސްޕަރޔާގެން ކްލޮޕް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
10 ޑިސެމްބަރު 2025

ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް

10 ޑިސެމްބަރު 2025
ފަހު ވަގުތު އިންޓަ އަތުން މޮޅުވެ ލިވަޕޫލް އަށް ހަމަ ނޭވާއެއް
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް

07 ޑިސެމްބަރު 2025
ޞަލާޙުގެ އަސަރު ގަދަ ވާހަކަ ތަކެއް، ސްލޮޓްއާ އެއްވެސް ގުޅުމެއް ނެތް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު