Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޙައްޖަށް މީހުން ގެންދިޔުން

ކޯޓާގެ ކަންތައްތަކުގައި ސައުދީ ސަރުކާރު ހުޅުވުމުން ރަސްމީ ސިޓީ ލިބޭނެ ކަމަށް މި ބަލަނީ: އިސްލާމިކް މިނިސްޓްރީ

ހައްޖު ކޯޓާ ދޭނެ އަދަދު ހާމަކޮށް ރަސްމީ ލިޔުމެއް އަދި ލިބިފައެއް ނުވޭ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 7 މެއި 2022 | ހޮނިހިރު 14:00
ދެ ހަރަމަށް ވަކި އަދަދަކަށް މީހުންނަށް ވަދެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް

ދެ ހަރަމަށް ވަކި އަދަދަކަށް މީހުންނަށް ވަދެވޭ ގޮތަށް އޮތް އޮތުން ނިމުމަކަށް

މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމަށް ލިބޭ ކޯޓާގެ އަދަދު ހާމަކޮށް، ސައުދީ ސަރުކާރު ހުޅުވުމުން ރަސްމީ ސިޓީ ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ މި މަހުގެ 8 ވަނަ ދުވަހު ސައުދީ ސަރުކާރު ހުޅުވާނެ ކަމަށެވެ. އަދި ސަރުކާރު ހުޅުވުމުން ރަސްމީ ސިޓީ ލިބޭނެ ކަމަށް ބައްލަޥާ ކަމަށެވެ.

Advertisement - newsAdvertisement

މަދުން ކޯޓާ ލިބެއްޖެނަމަ މިއަހަރު ރާއްޖެއިން މީހުން ޙައްޖަށް ގެންދިޔުމުގެ ފުރުޞަތު ދޭނީ ހައްޖު ކޯޕަރޭޝަންގެ އިތުރުން 2 ޖަމާއަތަކަށް ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖެއަށް ކޯޓާ ލިބޭނެ އަދަދު އަދިވެސް ރަސްމީކޮށް އެއްވެސް އިދާރާއަކުން އަންގާފައިނުވާ ކަމަށެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު ރާއްޖެއިން މީހުން ޙައްޖަށް ފޮނުވުމަށް މިއަހަރު ލިބޭނީ 453 ކޯޓާ ކަމަށް ސައުދީ އަރަބިއްޔާ އިން ވަނީ ބުނެފައެވެ. މަސްޖިދުލް ޙަރަމްގެ ޓްވިޓާ އެކައުންޓުގައި ވަނީ ގައުމުތަކުން މީހުން ޙައްޖަށް ގެންދިއުމަށް ދީފައިވާ ކޯޓާ ލިސްޓް އާންމުކޮށްފައެވެ. އެ ލިސްޓުގައިވާ ގޮތުން ރާއްޖެއާއި އެފްރިކާގެ ގައުމެއް ކަމަށްވާ ލައިބީރިއާއަށް ލިބެނީ 453 ކޯޓާއެވެ. ނަމަވެސް މިއީ ރަސްމީކޮން އެންގި އެންގުމެއްނޫނެވެ.

މިއަހަރު ޙައްޖުގައި ބައިވެރިކުރާ އަދަދު ސައުދީއަރަބިއްޔާއިން މަދުކުރުމުން ރާއްޖެއަށް ލިބޭ ކޯޓާގެ އަދަދު ދަށްވާނެކަން ސައުދީ ސަރުކާރުން ރަސްމީކޮށް އަންގާފައިނުވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު އަލީ ކުރިން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރ ވިދާޅުވީ ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީން ފޮނުވާފައިވާ ސިޓީއެއްގައި އާންމުކޮށް ދޭ ކޯޓާގެ 45 އިންސައްތަ ލިބޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް ސީދާ އަދަދު އަދިވެސް ޔަގީން ނޫން ކަމަށެވެ.

ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތައް އުވާލުމަށްފަހު މިއަހަރުގެ ޙައްޖުގައި ބައިވެރިކުރާ ޢަދަދަކީ 1 މިލިއަން މީހުން ކަމަށް ސަޢުދީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. ކޮވިޑްގެ ކުރިން ސައުދީން ރަސްމީކޮށް ރާއްޖެއަށް ދެމުން އައީ 1000 ކޯޓާއެވެ. އަދި ބައެއްފަހަރު 1000 ކޯޓާގެ އިތުރަށް ވެސްަ ކޯޓާ ވަނީ ދީފައެވެ.

ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ބަޔަކު ހައްޖުގެ އަޅުކަން އަދާކުރާއިރު، 2019 ވަނަ އަހަރުވެސް 2.5 މިލިއަން މީހުން ހައްޖުގެ އަޅުކަން އަދާކޮށްފައިވެއެވެ. އެހެންނަމަވެސް، ކޮވިޑުގެ ހާލަތުގެ ސަބަބުން ފާއިތުވި 2 އަހަރު ހައްޖުގެ އަޅުކަން ކުރިއަށް ގެންގޮސްފައިވަނީ އާންމު އުސޫލުން ހުއްދަދޭ މިންވަރަށްވުރެ މަދު މީހުންނާއެކުގައެވެ. އެގޮތުން 2020 ވަނަ އަހަރު މި އަޅުކަން އަދާ ކުރުމަށް ހުއްދަ ދީފައިވަނީ 1000 މީހުންނަށެވެ.

އަދި ނިމިދިޔަ 2021 ވަނަ އަހަރު 60،000 މީހުންނަށް ހައްޖުވުމުގެ ފުރުސަތު ސައޫދީން ވަނީ ދީފައެވެ.

މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފުރުސަތު ލިބޭނީ އުމުރުން 65 އަހަރުން ދަށުގެ, ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ. އޭގެ އިތުރުން، ސައޫދީން ބޭރުން ދާ ފަރާތްތަކެއްނަމަ، 72 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރް ނަތީޖާއެއްވެސް ހުށަހަޅަންޖެހެއެވެ.

ޙައްޖުގެ އަޅުކަންއިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

ކުރީގެ ރައީސް ސާލިހުގެ ސަރުކާރުގައި ދެ ޚުތުބާއެއް ފޮރުވާފައިވާ ކަމަށް ވިދާޅުވެ، މިނިސްޓަރު ޝަހީމް މަޖިލީހުގައި ދޮގު ހައްދަވައިފި

22 އޮކްޓޯބަރު 2025
ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު

ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިއިރު މިނިސްޓްރީ 27 މިލިއަން ރުފިޔާގެ ދަރަނިވެފައި ނޯންނާނެ: ކުރީގެ އިސްލާމިކް މިނިސްޓަރު

10 ޖޫން 2024
ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު

ހައްޖު ކޯޓާއަށް 150 މީހުންގެ ޖާގަ އިތުރުކުރީ މިސަރުކާރުގެ ބުރަ މަސައްކަތުން ކަމަށް ބުނެ ހަދަނީ ދޮގު

09 ޖޫން 2024
ފަގީރުންގެ ލިސްޓަކީ ބަދަލުވާ ލިސްޓެއް، ހައްޖަށް ފޮނުވީ ކުރީ ސަރުކާރުގެ ލިސްޓަކަށް ކަމަށް ބުނެ ފަރުޖައްސާލަވެން ނެތް: ކުރީގެ އިސްލާމިކް މިނިސްޓަރު

ފަގީރުންގެ ލިސްޓަކީ ބަދަލުވާ ލިސްޓެއް، ހައްޖަށް ފޮނުވީ ކުރީ ސަރުކާރުގެ ލިސްޓަކަށް ކަމަށް ބުނެ ފަރުޖައްސާލަވެން ނެތް: ކުރީގެ އިސްލާމިކް މިނިސްޓަރު

09 ޖޫން 2024
ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އަންނަ ހަފްތާގައި ފުރާނެ: އިސްލާމިކް މިނިސްޓްރީ

ހައްޖުވެރިންގެ ފުރަތަމަ ފްލައިޓު އަންނަ ހަފްތާގައި ފުރާނެ: އިސްލާމިކް މިނިސްޓްރީ

19 މެއި 2024

އަހަރުތަކުން މިއަދު

13 ޖެނުއަރީ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
20251 އަހަރު ކުރިން
އިސްލާމް

2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ޖަގަހައަކަށްގޮސް، މައްސަލައެއްގެ މަޝްވަރާކުރުމަށްފަހު، ބަޔަކު ދޫކޮށްލަން އެދި ގާޒީއަށް ގުޅި ކްރިމިނަލް ކޯޓުގެ މުވައްޒަފަކު ވަކިކޮށްފި

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓޯނިވަލްގެ ޓިކެޓް ލޯންޗުކޮށްފި

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ
20224 އަހަރު ކުރިން
ރިޕޯޓު

ނަގަމުންދަނީ ބަނަ ބޮޑު ވިލާގަނޑެއް، އިތުރަށް ސަމާލުވޭ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި
20215 އަހަރު ކުރިން
ރާއްޖެ

ޔޫ.އޭ.އީ އަށް ކުރެއްވި ދަތުރުފުޅުގައި ރައީސް ވެކްސިން ޖައްސަވަން ބޭނުންފުޅެއް ނުވި

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް
20197 އަހަރު ކުރިން
ކުޅިވަރު

ސްޕެނިޝް ލަލީގާ: ރެއާލް އާއި ބާސާއަށް މުހިންމު މޮޅެއް

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!
20188 އަހަރު ކުރިން
ރާއްޖެ

މައިމީހާގެ ބަނޑަށް މަރުވެފައި އޮތް ކުއްޖާ ހަފުތާއެއްގެ ފަހުން ނެގިއިރު ހަން ނެއްޓި ފޮއްސިވެފައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު