Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ރައީސް ނަޝީދަށް ދިން ހަމަލާ

ރައީސް ނަޝީދަށް ދިން ހަމަލާއަށް ޚަރަދުކުރި މީހުން ހޯދިފައިނުވާތީ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފި

ރައީސް ނަޝީދަށް ދިން ހަމަލާއިން އެމަނިކުފާނު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 7 މެއި 2022 | ހޮނިހިރު 02:16
އެމްޑީޕީ ހަރުގެ

އެމްޑީޕީ ހަރުގެ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުހައްމަދު ނަޝީދަށް ދިން ހަމަލާއަކީ ދުރާލައި ރާވައިގެން ބަޔަކު ހިންގި އަމަލެއްކަމަށް އެމްޑީޕީން ގަބޫލުކުރާހިނދު, މި އަމަލުގެ ފަހަތުގައި ތިބެގެން ޚަރަދުކުރި ބަޔަކު މިއަދާހަމައަށްވެސް ހޯދިފައި ނުވާތީ އެކަމާ އެމްޑީޕީން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއަށް އެއް އަހަރު ފުރުމާގުޅިގެން އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ, އެހަމަލާ ދިނުމަށް ބަޔަކު ޚަރަދުކޮށްފައިވާނަމަ ޚަރަދުކުރި މީހުންނާއި، އެހަމަލާގެ ކުރިންނާއި ފަހުން އެކަމަށް ވާގިވެރިވެ ހިތްވަރުދިން މީހުންނާ ހަމައަށް ތަހުގީގު ފުޅާކޮށް، އަވަސް ނަތީޖާއެއް ނެރެވޭނެ ގޮތަށް އިންތިޒާމުތައް ރޭވުމަށް އިލްތިމާސްކުރާކަމަށެވެ.

Advertisement - newsAdvertisement

ރައީސް ނަޝީދަށް ދިން ހަމަލާއިން އެމަނިކުފާނު ސަލާމަތްވުމަކީ ރާއްޖޭގެ ޑިމޮކްރެސީއަށް ލިބުނު ނަސްރެއްކަމަށް އެމްޑީޕީން ބުނެއެވެ. އެހަމަލާއިން ސަލާމަތްވެވަޑައިގެންނެވި ނަމަވެސް، އެކަމުން ލިބިވަޑައިގެންނެވި އަނިޔާތަކާއި، އެހާލަތުން އަރައިގަތުމަށްޓަކައި ރައީސް ނަޝީދު ދެއްކެވި ހިތްވަރުފުޅު ފާހަގަކޮށް، އެޕާޓީން އެމަނިކުފާނާމެދު ފަހުރުވެރިވާކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ, މެއި 6، 2021ގެ ހަމަލާއަށްފަހު ރައީސް ނަޝީދުގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް ޕާޓީން މަރުހަބާކިޔާ ކަމަށެވެ. އެފިޔަވަޅުތަކާމެދު އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑުކިޔުންތަކަކީ, ކަމުގެ ނުރައްކާތެރިކަމާއި ބިރުވެރިކަން އެނގިތިބެ، ހަމައެކަނި ސިޔާސީ މަގުސަދެއްގައި ރައީސް ނަޝީދުގެ ނަންފުޅު ކިލަނބުކުރުމަށް ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.

ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ހަމަލާދިނީ, އެމަނިކުފާނަކީ އިސްލާމްދީނުގެ އަދުއްވެއްކަމުގައި ސިފަކޮށް، އެ ތަކްފީރީ ޖޯޝުން ހިތްވަރު ނެރެ، ހައްދުފަހަނަ އެޅި ދީނީ ހަރުކަށި ފަރާތްތަކުންކަން, މިހާތަނަށް ހިންގި ތަހުގީގުން އެނގެއެވެ. މިއީ ރާއްޖޭގައި ހަރުކަށި ފިކުރު މޫލާފައިވާ މިންވަރު ހާމަކޮށްދޭ ކަމަކަށްވާއިރު، އެ ހަރުކަށި ވިސްނުން ނައްތާލުމަށްޓަކައިވެސް ދައުލަތުގެ އެންމެހާ އިދާރާތަކުން ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހޭކަން އެ ޕާޓީން ދެކެމެވެ.

މި ހަމަލާއަށް އެއް އަހަރު ފުރުނުއިރު، އެމައްސަލައާއި ގުޅިގެން ކުރަމުން ގެންދާ ތަހުގީގު އަވަހަށް ފުރިހަމަކުރުމަށާއި, މިހާތަނަށް ދައުވާ އުފުލިފައިވާ މައްސަލަތައް އަވަހަށް ނިންމުމަށް ކަމާބެހޭ ފަރާތްތަކަށް އެ ޕާޓީން ގޮވާލައެވެ. އަދި މި ހަމަލާއަކީ އިންޒާރުގެ ރަނގަބީލެއްކަމުގައި ދެކި، އެފަދަ ކަމެއް ތަކުރާރު ނުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް އެ ޕާޓީން ގޮވާލައެވެ.

ރައީސް ނަޝީދަށް ދެވުނު ހަމަލާއަކީ ދިވެހިރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅަކު އަވަހާރަކޮށްލުމަށް އެފަދަ ގޮތަކަށް ދިން ފުރަތަމަ ހަމަލާއެވެ. މިއީ ރާއްޖޭގެ އަމާންކަމާމެދު ސުވާލު އުފެދުނު ހަމަލާއަކަށްވާއިރު، އެހަމަލާގެ ފުރިހަމަ ތަހުގީގަކުން މެނުވީ، އެފަދަ އިތުރު ހަމަލާތައް ނުހުއްޓުވޭނެ ކަމަށްވެސް އެ ޕާޓީން ދެކެއެވެ. އަދި މިފަދަ ހަމަލާއެއް މިގައުމުގައި ތަކުރާރުވުމަކީ އެ ޕާޓީއާއި، އަދި ދިވެހި ރައްޔިތުންގެ ތެރެއިން ގައުމީ ލޯބި ހުރި އެއްވެސް ރައްޔިތަކު އެދޭނެކަމެއް ނޫންކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީރައީސް ނަޝީދު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު