Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ސިޔާސީ މަސްރަހު

އިސްތިއުފާދޭން ރައީސް ގޮތަބަޔާ އަންގަވާފައިނުވާ ކަމަށް ބޮޑިވަޒީރު މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެ

6 މެއި 2022 | ހުކުރު 16:51

ލަންކާގެ އިދިކޮޅު ޕާޓީތަކުން ދަނީ ރައީސް އަދި ސަރުކާރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައި އެކަމުގެ ވޯޓެއް ނެގުމުގެ މަސައްކަތް ކުރަމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 6 މެއި 2022 | ހުކުރު 16:51
މަހިންދަ ރާޖަޕަކްސަ ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއެކު

މަހިންދަ ރާޖަޕަކްސަ ސްރީލަންކާގެ ބޮޑުވަޒީރު ކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން، ރައީސް ގޮތަބަޔާ ރާޖަޕަކްސަ އާއެކު

މަގާމުން އިސްތިއުފާދެއްވަން ރައީސް ގޮތަބަޔާ ރާޖަޕަކްސަ އަންގަވާފައިނުވާ ކަމަށް ބޮޑިވަޒީރު މަހިންދަ ރާޖަޕަކްސަ ވިދާޅުވެއްޖެއެވެ.

ބޮޑުވަޒީރު މަހިންދަ މިހެން ވިދާޅުވެފައި މިވަނީ އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވަން ރައީސް ގޮތަބަޔާ އެދިވަޑައިގެންފައިވާކަމަކަށް ލަންކާގެ ބައެއް ނޫސްތަކުން ރިޕޯޓުކުރުމާ ގުޅިގެންނެވެ.

އެގޮތުން ލަންކާގެ ޑެއިލީ މެއިލް ނޫހުން ވަނީ ހުކުރު ދަވަހު ކުރިއަށްދިޔަ ހާއްސަ ކެބިނެޓް ބައްދަލުވުމެއްގައި ލަންކާއަށް މިހާރު ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސަ މަގާމުން އިސްތިއުފާދެއްވުމަށް ރައީސް އެދިވަޑައިގެންނެވިކަމަށް ރިޕޯޓުކޮށްފައެވެ. އަދި ރައީސްގެ އެދިވަޑައިގެންނެވުމަށް، މަގާމުން އިސްތިއުފާދެއްވުމުން ގައުމަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރެވޭނެ މަގު ފަހިވާނަމަ އައު ސަރުކާރެއް އެކުލަވާލަން އެމަނިކުފާނު ތާއީދުކުރައްވާނެ ކަމަށް މަހިންދަ ވިދާޅުވިކަމަށް އެނޫހުން ވަނީ ރިޕޯޓުކޮށްފައެވެ.

ނަމަވެސް ނިއުސްފަސްޓް އިން ރިޕޯޓުކޮށްފައިވާގޮތުން މަހިންދަ ރާޖަޕަކްސަގެ މީޑިއާ ސެކެޓްރީ ވަނީ އެމަނިކުފާނު މަގާމުން އިސްތިއުފާދެއްވުމަށް ރައީސް އެދިވަޑައިގެންފައި ނުވާކަމަށް ވިދާޅުވެފައެވެ.

ލަންކާގެ ރައީސް އާއި ބޮޑުވަޒީރު ވަނީ ތަކުރާރުކޮށް މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށް ވިދާޅުވެފައެވެ. އެހެން ނަމަވެސް އެގައުމުގެ އިދިކޮޅު ޕާޓީތަކުން ދަނީ ރައީސް އަދި ސަރުކާރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅައި އެކަމުގެ ވޯޓެއް ނެގުމުގެ މަސައްކަތް ކުރަމުންނެވެ.

ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓުކޮށްފައިވާގޮތުން އެސްޖޭބީން ވަނީ ރައީސް ގޮތަބަޔާއާއި ސަރުކާރުގެ އިތުބާރު ނެތްކުމުގެ މައްސަލަ މަޖިލީހުގެ ރައީސަށް އަންގާރަ ދުވަހު ހުށަހަޅާފައެވެ. އެގޮތުން އެޕާޓީން ދެ މައްސަލައެއް ހުށަހަޅާފައިވާކަމަށްވެއެވެ.

އެއީ ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ އިތުރުބާރު ނެތްކަމުގެ މައްސަލައާއި ލަންކާގެ މިހާރުގެ މުޅި ސަރުކާރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަަމަށް އެސްޖޭބީން ފާހަގަކުރެއެވެ.

އެސްޖޭބީން ވަނީ ވީހާވެސް އަވަހަށް މިމައްސަލައިގެ ވޯޓުލުން ކުރިއަށް ގެންދަން ބޭނުންވާކަމަށް ބުނެފައެވެ.

އެސްޖޭބީއާއި ޔުނައިޓެޑް ނެޝަނަލްސް ޕާޓީ ގުޅިގެން ރައީސް ގޮތަބަޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު، ރައީސް ގޮތަބަޔާ ވަނީ ލަންކާގައި ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ، ގުޅިފައިވާ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް އިދިކޮޅަށް ހުށަހަޅުއްވާފައެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މި ހުށަހެޅުމާއެކު ގާނޫނީ ގޮތުން ރައީސް މަގާމުން ވަކިނުކުރެވުނު ނަމަވެސް މަޖިލީހުގެ ތާއީދު ރައީސަށް ގެއްލިފައިވާކަން ކަށަވަރުވާނެކަމަށް އިދިކޮޅުން ފާހަގަކުރެއެވެ.

އިދިކޮޅުގެ ހުށަހެޅުމަށް ބޭނުންވާ ވަރަށް ވޯޓު ލިބި ސަރުކާރުގެ އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ކެބިނެޓް އިސްތިއުފާ ދޭންޖެހޭނެއެވެ.

ލަންކާގެ އިދިކޮޅު ޕާޓީތަކުން ބުނަމުން އަންނަނީ އެގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދޭނީ ރައީސާއި ބޮޑުވަޒީރު މަގާމުން ވަކިކުރެވިގެން ކަމަށެވެ.

ސްރީލަންކާލަންކާގެ ސިޔާސީ މަސްރަހު

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް