Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގައި މުޒާހަރާކުރުން

ސްރީލަންކާގައި ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތަކާއެކު ސްކޫލްތަކާ ވިޔަފާރިތައް ބަންދުކޮށްފި

ހުކުރު ދުވަހުގެ ލަންކާގެގެ އެތައް ހާސް ފިހާރައަކާ ސްކޫލެއް އަދި ވިޔަފާރިއެއް ބަންދު ކުރުމަށްފަހު ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރ މަސައްކަތްތެރިން ވަނީ ހަޅުތާލުކުރަން ނުކުމެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 6 މެއި 2022 | ހުކުރު 16:01
ލަންކާގެ އެކި ސަރަހައްދުތަކުގައި އާންމުން ދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުން

ލަންކާގެ އެކި ސަރަހައްދުތަކުގައި އާންމުން ދަނީ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރަމުން

ސްރީލަންކާގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ކުރާ މުޒާހަރާތައް ހޫނުވެ ހުކުރު ދުވަހު އެގައުމުގެ އެތައް ހާސް ފިހާރައަކާ ސްކޫލެއް އަދި ވިޔަފާރިއެއް ބަންދު ކުރުމަށްފަހު ޕްރައިވެޓް އަދި ޕަބްލިކް ސެކްޓަރ މަސައްކަތްތެރިން ހަޅުތާލުކުރަން ނުކުމެއްޖެއެވެ.

ހުރިހާ މަސައްކަތްތެރިންވެސް ވަނީ ގައުމުގެ ފައިސާގެ މުއާމަލާތްތަކުގައި އިހުމާލުވެ ގައުމަށް ބޮޑު އިގުތިސާދީ ކާރިސާއެއް ކުރިމަތިކުރުވާފައި ވާތީ ސަރުކާރާ ރައީސްގެ އިސްތިއުފާއަށް ގޮވާލާފައެވެ.

ކޮވިޑް-19 ބަލިމަޑުކަމުގެ ސަބަބުން ލަންކާގެ އިގުތިސާދަށް އައި ލޮޅުމާ އެގައުމުގެ ސަރުކާރުން ނަގަމުންދިޔަ ޓެކްސްތައް މަދުކުރުމުގެ ސަބަބުންނާ ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ކުރިމަތިވި ގޮންޖެހުންތަކާއެކު މިހާރު ލަންކާގެ ފޮރިން ރިޒަރވްގައި ހުރީ 50 މިލިއަން ޑޮލަރު ކަމަށް އެގައުމުގެ ފިނޭންސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

ބޭރުފައިސާ ނެތުމުގެ ސަބަބުން އެގައުމަށް އިމްޕޯޓްކުރާ ތެޔޮ، ކާނާގެ ބާވަތްތައް އަދި ބޭހުގެ ބާވައްތަކުގެ ސަޕްލައި ދަށްވެ އަގު ވަނީ ވަރަށް ބޮޑަށް އުފުލިގެން ގޮސްފައެވެ. މިއާއެކު އާންމުންގެ ނުރުހުން ސަރުކާރަށް އަމާޒުވެ އެތައް މިލިއަން ބަޔަކު ވަނީ ސަރުކާރުގެ އިސްތިއުފާއަށް ގޮވާލާ މަގުތަކަށް ނުކުމެ މުޒާހަރާ ކުރަން ފަށާފައެވެ.

އާންމު ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާ ފިހާރަތައް ބަންދުކޮށް މީހުން މުޒާހަރާއަށް ނުކުތުމުން އެތައް ބަޔަކު ވަނީ ބަސް އަދި ރޭލުގެ ހިދުމަތްތައް ނުލިބު މަޑުކުރަން ޖެހިފައެވެ. އެގޮތުން ލަންކާގެ ބޮޑެތި ސިޓީ ތަކުގައި އަމިއްލަ ގޮތުން ބަހުގެ ހިދުމަތާ ރޭލުގެ ހިދުމަތްތައް ދޭ ތަންތަން ވަނީ ބަންދުކޮށްފައެވެ. ކޮލޮމްބޯގެ ވެސް މައި ރޭލު ސްޓޭޝަން ބަންދުކޮށްފައިވާއިރު ބަހުގެ ހިދުމަތް ފޯރުކޮށްދެމުން ދިޔައީ ހަމައެކަނީ ސަރުކާރުގެ ހިއްސާ އޮންނަ ބަސް ސްޓޭޝަންތަކުންނެވެ.

ސިއްހީ ހިދުމަތްތެރިންވެސް ވަނީ މިމުޒާހަރާގައި ބައިވެރިވެފައެވެ. ނަމަވެސް އިމަޖެންސީ ހިދުމަތްތައް އެފަރާތްތަކުން ވަނީ ފޯރުކޮށްދީފައެވެ.

މީގެ އިތުރުން މަތީ ތައުލީމު ހާސިލުކުރަމުންދާ އެތައް ސަތޭކަ ކުދިންނެއް ވަނީ ބުރާސްފަތި ދުވަހު މަޖިލިސް ކުރިމަތީގައި އެމީހުން ފެށި މުޒާހަރާ ހުކުރު ދުވަހުވެސް ކުރިއަށް ގެންގޮސްފައެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު