Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ރިޝްވަތު ދިނުން

ސައުދީ އަސްކަރިއްޔާގެ އިސްވެރިން ރިޝްވަތުގެ ގޮތުގައި 9.7 މިލިއަން ޕައުންޑު ހޯދިކަން ހާމަވެއްޖެ

ދައުވާއަށް ޖެފްރީ ކުކް ވަނީ އިންކާރުކޮށްފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 6 މެއި 2022 | ހުކުރު 00:54
ސައުތްވާރކް ކްރައުން ކޯޓު

ސައުތްވާރކް ކްރައުން ކޯޓު

ސައުދީ އަސްކަރިއްޔާގެ އިސްވެރިން ރިޝްވަތުގެ ގޮތުގައި 9.7 މިލިއަން ޕައުންޑު ހޯދިކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ، ސައުދީ އަސްކަރިއްޔާގެ އިސްވެރިންނަށް ރިޝްވަތުގެ ގޮތުގައި ފައިސާ ދޭ ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އިނގިރޭސިވިލާތުގެ ދެ މީހެއްގެ މައްސަލައިގައި، ސައުތުވާރކްގެ ކްރައުން ކޯޓުގައި ކުރިއަށްގެންދިޔަ އަޑުއެހުމެއްގައެވެ. މިކަމާ ގުޅިގެން ދައުވާ އުފުލާފައިވަނީ، އުމުރުން 65 އަހަރުގެ ޖެފްރީ ކުކް އާއި، ޖޯން މޭސަންގެ މައްޗަށެވެ. މި ދައުވާއަކީ ޖެފްރީގެ ކުންފުނި، އެއަރބަސް ގްރޫޕަށް ސައުދީގެ މިލިޓަރީ ކޮމިއުނިކޭޝަން ހަރުދަނާ ކުރުމުގެ ކޮންޓްރެކްޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމުގެ ތުހުމަތުކުރާ މައްސަލައެކެވެ.

މި ދައުވާއަށް ޖެފްރީ ކުކް ވަނީ އިންކާރުކޮށްފައެވެ.

ޖެފްރީ ކުކް އަކީ އެރަބަސްގެ ސަބްސިޑަރީ ޖީޕީޓީ ސްޕެޝަލް ޕްރޮޖެކްޓް މެނޭޖްމަންޓްގެ މެނޭޖިންގ ޑިރެކްޓަރ އެވެ. އެ ކުންފުންޏަށް ލިބޭ ފައިދާގެ 12.3 އިންސައްތަ ހޭދަކުރަނީ ސައުދީގެ އޮފިޝަލުންނަށް ރިޝްވަތު ދިނުމަށް ކަމަށް ކޯޓުގެ އަޑުއެހުމުގައިވަނީ ފާހަގަކޮށްފައެވެ.

އަޑުއެހުމުގައި ބުނެފައިވަނީ ގަވާއިދުން ރިޝްވަތު ދެމުން އަންނަތާ އެތައް އަހަރެއް ވެފައިވާ ކަމަށެވެ.

ލަންޑަންގައި ހުންނަ ސައުތުވާރކް ކްރައުން ކޯޓުގައި ކުރިއަށްގެންދިޔަ މި އަޑުއެހުމުގައި ބުނެފައިވަނީ، ސައުދީ ޕްރިންސް މުތައިބް ބިން އަބްދުﷲ ހިމެނޭހެން އަސްކަރިއްޔާގެ އިސް ވެރިންނަށް 2007ވަނަ އަހަރުން 2012ވަނަ އަހަރާ ހަމައަށް ރިޝްވަތުގެ ގޮތުގައި 9.7 މިލިއަން ޕައުންޑް ދީފައިވާ ކަމަށެވެ. އަދި މި ފައިސާ ލިބިފައިވަނީ ރަނގަޅަށްކަން ދޭހަވާނެ އެއްވެސް ލިޔެކިޔުމެއް ނެތި ކަމަށެވެ.

މި ކޮންޓްރެކްޓްތައް ހަދާފައިވަނީ އިނގިރޭސިވިލާތާ ސައުދީއަރަބިއްޔާ އާއި ދެމެދު 1970ގެ އަހަރު ތަކުގެ ތެރޭގައި ހަދާފައިވާ ރަސްމީ އެއްބަސްވުންތަކެއްގެ ދަށުން ކަމަށްވާތީ މިކަމުގައި މިނިސްޓްރީ އޮފް ޑިފެންސްގެ އަތެއްވާ ކަމަށްވެސް ވަނީ ތުހުމަތުކޮށްފައެވެ. ފަންޑު ދޫކުރުމުގައި މިނިސްޓްރީ އޮފް ޑިފެންސްގެ ޒިންމާ އޮންނާނެ ކަމަށް ބުނެފައިވެއެވެ. ޖެފްރީ ކުކް ވަނީ މިނިސްޓްރީ އޮފް ޑިފެންސްގައި 30އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައެވެ. އަދި 2006ވަނަ އަހަރުގެ ތެރޭގައިވެސް އަސްކަރީ ބައެއް އެއްބަސްވުންތައް މެނޭޖް ކުރަމުން ދިޔައީ ޖެފްރީ ކުކް ކަމަށް ކޯޓު އަޑުއެހުމުގައިވަނީ ފާހަގަކޮށްފައެވެ.

މި މައްސަލަ އިނގިރޭސިވިލާތުގެ ސީނިއަރ ފްރޯޑް އޮފީހުން ތަހުގީގުކުރަން ފެށީ، ވިސްލްބްލޯވަރއެއް ދިން މައުލޫމަތާކާ ގުޅިގެންނެވެ.

ސައޫދީ އަރަބިއްޔާއިނގިރޭސިވިލާތް

ކޮމެންޓް

އިތުރަށް ކިޔާލަން

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

މިއަހަރުގެ ހައްޖު ގައި މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ ގައި ފޮޓޯ ނެގުން މަނާ ކުރީތަ؟

17 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

ސައުދީ ވަލީއަހުދުގެ އެދިވަޑައިގަތުމަށް ސޫދާނުގެ ހަނގުރާމަ ހުއްޓުވުމަށް ޓްރަމްޕް މަސައްކަތް ފަށައިފި

20 ނޮވެމްބަރު 2025
ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

ހަ ސަތޭކަ ބިލިއަން ޑޮލަރުގެ ޑީލުގެ މަޝްވަރާތަކަށް ސައުދީ ވަލީއަހުދު އެމެރިކާ އަށް ވަޑައިގަތުމުން ޓްރަމްޕް ހޫނު މަރުހަބާ އެއް ދަންނަވައިފި

18 ނޮވެމްބަރު 2025
ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

ސައުދީ އަރަބިއްޔާ އަށް އެފް-35 މަރުކާގެ މަތިންދާބޯޓު ވިއްކަން ޓްރަމްޕް އެއްބަސްވެއްޖެ

18 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު