Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެކޮވިޑް-19 ބަލިމަޑުކަން

ރިޕޯޓުކޮށްފައިވާ އަދަދަށްވުރެ ތިން ގުނަ އިތުރު މީހުން ކޮވިޑް ބަލީގައި މަރުވެފައިވާނެ: ޑަބްލިއުއެޗްއޯ

2020 ވަނަ އަހަރުގެ ޖެނުއަރީން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރިޕޯޓުކުރެވިފައިވާ ކޮވިޑް-19ގެ މަރުގެ އަދަދު 5.4 މިލިއަނަށް އަރާ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 5 މެއި 2022 | ބުރާސްފަތި 13:28
ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ 2021 ވަނަ އަހަރު ނިމުނު އިރު އިތުރު 14.9 މިލިއަން މަރު ކޮވިޑް-19ގެ މަރުގެ ގޮތުގައި ގުނޭނެކަމަށް ބުނެފައި

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ 2021 ވަނަ އަހަރު ނިމުނު އިރު އިތުރު 14.9 މިލިއަން މަރު ކޮވިޑް-19ގެ މަރުގެ ގޮތުގައި ގުނޭނެކަމަށް ބުނެފައި

ކޮވިޑް-19 ބަލިމަޑުކަމުގައި މަރުވިކަމަށް ރިޕޯޓުކޮށްފައިވާ އަދަދަށްވުރެ ތިން ގުނަ އިތުރު އަދަދަކަށް މިބަލީގައި މީހުން މަރުވެފައިވާނެ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފިއެވެ.

އެޖަމިއްޔާއިން ވަނީ 2021 ވަނަ އަހަރު ނިމުނު އިރު އިތުރު 14.9 މިލިއަން މަރު ކޮވިޑް-19ގެ މަރުގެ ގޮތުގައި ގުނޭނެކަމަށް ބުނެފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރަސްމީ މައުލޫމާތުތައް ދައްކާގޮތުން 2020 ވަނަ އަހަރުގެ ޖެނުއަރީން 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ރިޕޯޓުކުރެވިފައިވާ ކޮވިޑް-19ގެ މަރުގެ އަދަދު 5.4 މިލިއަނަށް އަރައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ކޮވިޑް-19ގެ ސަބަބުން މަރުވި މީހުންގެ މިހާ ބޮޑުތަނުން އިތުރުވެފައި ވަނީ ކޮވިޑް-19 ޖެހިގެން މަރުވި މީހުންނާ ބަލިމަޑުކަމުގެ ސަބަބުން ކުރިމަތިވި އެހެނިހެން ކަންކަމުގެ ސަބަބުން މަރުވި މީހުންގެ އަދަދު އެއްކުރުމުން ކަމަށް ފާހަގަކޮށްފައެވެ. އެގޮތުން މީގެ ތެރޭގައި ކޮވިޑްގެ ކޭސްތައް ގިނަވެ ހޮސްޕިޓަލްތައް ތޮއްޖެހި ފަރުވާ ނުދެވުމުގެ ސަބަބުން މަރުވި މީހުންވެސް ހިމެނެއެވެ.

އެހެންނަމެސް ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ރިޕޯޓުކޮށްފައިވާ އަދަދަށްވުރެ އިތުރުވާނެ ކަމަށް ބުނެފައި ވަނީ ބައެއް ގައުމުތަކުގައި މަރުގެ އަދަދު ރިޕޯޓުކޮށްފައިވާ އިރު، ނުގުނޭ އަދަދުތައް ހުރުމުންކަމަށް އެޖަމިއްޔާއިން ފާހަގަކުރެއެވެ. އެގޮތުން އެންމެ ފުރަތަމަ ދުވަހުންވެސް ކޮންމެ 10 މަރަކުން ހަ މަރު ރިޕޯޓު ނުކުރެވޭ ކަމަށް ޑަބްލިއުއެޗްއޯ އިން ފާހަގަކުރެއެވެ.

ޑަބްލިއުއެޗްއޯ އިން ވަނީ ކޮވިޑް-19ގެ މަރުތަކުގެ ތެރެއިން ދެބައިކުޅަ އެއްބައި މަރު ރިޕޯޓުކޮށްފައި ވަނީ އިންޑިއާއިން ކަމަށް ބުނެފައެވެ. އެގޮތުން އިންޑިއާއިން އެކަނިވެސް 4.7 މިލިއަން މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މި އަދަދުގެ ބޮޑު ބަޔަކީ 2021ގެ މެއި ޖޫންގައި އެގައުމަށް އައި ބޮޑު ކޮވިޑްގެ ރާޅާއެކު ރިޕޯޓުކުރެވުނު އަދަދުތަކެކެވެ.

އިންޑިއާ ސަރުކާރުން އެހެން ނަމަވެސް 2020 ވަނަ އަހަރުގެ ޖެނުއަރީން 2021ގެ ޑިސެމްބަރަށް އެގައުމުން ކޮވިޑް ޖެހިގެން މަރުވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ 480،000 މީހުންނެވެ. ޑަބްލިއުއެޗްއޯ އިން ވަނީ އިންޑިއާ އިން އާންމު ކުރި އެގައުމުގެ ޑޭޓާތައް ބަލައި ފާސްނުކުރާކަމަށް ބުނެފައެވެ. އެޖަމިއްޔާއިން ދަނީ މިކަމާ ގުޅިގެން އިންޑިއާ އާއެކު މަޝްވަރާކުރަމުންނެވެ.

ކޮވިޑް-19ޑަބްލިޔުއެޗްއޯ

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
15 އޮކްޓޯބަރު 2025

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
18 ސެޕްޓެމްބަރު 2025

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު