Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުރާއްޖެ އިޝްތިހާރުކުރުން

އެމެރިކާގައި ރާއްޖެ އިޝްތިހާރުކުރުމަށް އެޑްވެންޗާ އެލެވޭޓް ފެއަރގައި ބައިވެރިވެއްޖެ

މިދިޔަ އަހަރު އެމެރިކާއިން 55,760 ފަތުރުވެރިން ޒިޔާރަތްކުރި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 5 މެއި 2022 | ބުރާސްފަތި 09:41
އެޑްވެންޗާ އެލެވޭޓް ފެއަރ

އެޑްވެންޗާ އެލެވޭޓް ފެއަރ

އެމެރިކާ މާކެޓްގައި ދިވެހިރާއްޖެ އަކީ ދުނިޔޭގެ އެންމެ މަގުބޫލު އެއް މަންޒިލްގެގޮތުގައި އިޝްތިހާރުކުުރުމަށް މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ/ވިޒިޓް މޯލްޑިވްސް) އިން އެމެރިކާގައި ކުރިއަށްދިޔަ 'އެޑްވެންޗާ އެލެވޭޓް' 2022 ފެއަރގައި ބައިވެރިވެއްޖެއެވެ.

މި ފެއަރ ކުރިއަށް ގެންގޮސްފައިވަނީ މެއި 3 އިން 5 ގެ ނިޔަލަށް އޮރެގަން, އުނައިޓެޑް ސްޓޭޓްސްގައެވެ. މި ފެއަރގައި އެމްއެމްޕީއާރުސީއިން އެމެރިކާ މާކެޓްގައި ދިވެހިރާއްޖޭގެ ރީތި ނަން ދަމަހައްޓާ ވަރުގަދަކުރަން މަސައްކަތްކޮށްފައިވެއެވެ.

މި 3 ދުވަހުގެ ފެއަރއަކީ އެމެރިކާގެ މަޝްހޫރު ޓްރެވެލް ޓްރޭޑް ކޮމިޔުނިޓީ ކަމުގައިވާ އެޑްވެންޗާ ޓްރެވެލް ޓްރޭޑް އެސޯސިއޭޝަން (އޭޓީޓީއޭ) އިން ބާއްވާފައިވާ ފެއަރއެކެވެ. ރާއްޖެ އިޝްތިހާރުކުރުމަށް ގިނަ ފުރުސަތުތަކެއް މި އެޑިޔުކޭޝަނަލް އަދި ނެޓްވޯކިން ކޮންފެރެންސްއިން އެމްއެމްޕީއާރުސީއަށް ލިބިފައިވެއެވެ. އެމެރިކާގެ ޓްރެވެލް ޓްރޭޑްއާ ބައްދަލުކޮށް ފަތުރުވެރިކަމުގެ ދާއިރާގެ ޒަރިއްޔާއިން ރަނގަޅުގޮތެއްގައި ދުނިޔެއަށް ގެނެވޭނެ ބަދަލުތަކާ މެދު މަަޝްވަރާކޮށްފައިވެއެވެ. މި ފެއަރގައި މިއަހަރުގެ ތީމް އަކީ 'ޝައިން' އެވެ. ސަބަބަކީ މި ފެއަރގައި އެޑިޔުކޭޝަނަލް ސެޝަންތަކާއި ކްރިއޭޓިވް ނެޓްވޯކިން ފުރުސަތުތަކުން ފަތުރުވެރިކަމުގެ ދާއިރާއަށް އަލިއަޅުވާލެވިގެން ކުރިއަށްގޮސްފައިވާތީއެވެ.

ރާއްޖެއަކީ ގުދުރަތީގޮތުން ޖަޒީރާ މަންޒިލެއްގެގޮތުގައި އުފެދިފައި އޮތުމުން ރާއްޖެއަކީ ފަތުރުވެރިން ދަތުރުކުރަން އެންމެ ރައްކާތެރި އެއް މަންޒިލްކަން މި ފެއާރގައި އިޝްތިހާރު ކުރެވިގެން ދިޔައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓް ކަމުގައިވާ ރިޒޯޓް, ގެސްޓްހައުސް, ލިވަބޯޑް, ހޮޓެލް އަދި ރާއްޖެއިން ފަތުރުވެރިންނަށް ލިބެން ހުންނަ ޚާއްސަ ތަޖުރިބާތައްވެސް މި ފެއާރގައި އިޝްތިހާރުކޮށްފައިވާއިރު، އެޑްވެންޗާ ޓްރެވެލް ކޮމިޔުނިޓީއަށް ހާއްސަކޮށް ރާއްޖޭގެ ވޯޓާރ ސްޕޯޓްސް އަދި ޑައިވިން ފަދަ ތަޖުރިބާތައް މި ފެއާގައި އިޝްތިހާރުކޮށްފައިވެއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ލަގްޒަރީގެ އިތުރުން އެކި ސެގްމެންޓްތައް ހުންނަކަން ދައްކައިދީ, ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަކީ ސަސްޓެއިނަބަލް އަދި ކޮމިޔުނިޓީ-އިންކްލޫސިވް ދާއިރާއަކަށް ހެދުމަށް ކުރާ މަސައްކަތާ މެދު ވާހަކަދައްކާފައިވެއެވެ. އެގޮތުން ރާއްޖޭގެ ލޯކަލް ޓޫރިޒަމް އިންޑަސްޓްރީ އަދި 'ތްރިލިން ސައިޑް އޮފް ލައިފް' ފަދަ ސެގްމެންޓްތައް މި ފެއަރގައި އިޝްތިހާރުކުރިއެވެ.

މި ހަރަކާތުގައި ބައިވެރިވުމުގެ އެއް މަގްސަދަކީ އެމެރިކާ މާކެޓުގައި ފަތުރުވެރިން ދަތުރުކުރުމަށް އެންމެ އެކަށީގެންވާ އަދި ރައްކާތެރި މަންޒިލްގެ ގޮތުގައި ދިވެހިރާއްޖެ ދެމެހެއްޓުން ކަމުގައި ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ. މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމުގެ ބޭނުމަކީ މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް، ޕެންޑަމިކުގެ ކުރިން ހުރި މިންވަރަށް މި މާކެޓުން ރާއްޖެއަށް ފަތުރުވެރިން ގެނައުމެވެ. މި އިވެންޓުގައި ބައިވެރިވެފައިވަނީ އެމެރިކާ މާކެޓަށް އަމާޒުކޮށް އެމްއެމްޕީއާރުސީއިން ގެންގުޅޭ މާކެޓިން ސްޓްރެޓަޖީގެ ދަށުންނެވެ. މި ސްރެޓަޖީ ބިނާކޮށްފައިވަނީ މި މާކެޓުގައި ހިންގާ ބޮޑެތި ފެއަރ އަދި އިވެންޓްތަކުގާ ބައިވެރިވެ، ރާއްޖެ އިޝްތިހާރުކުރުމުގެ އިތުރުން މި މާކެޓުގެ ޓްރެވެލް ޓްރޭޑްއާއި ގުޅުން ބަދަހިކޮށް ވަރުގަދަކުރުމަށެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެމެރިކާއިން 55,760 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެގޮތުން މިދިޔަ އަހަރު ނަގާ ކިޔޭ ބޮޑު އެއް މާކެޓްގެގޮތުގައި އެމެރިކާ ވެގެންދިޔައެވެ. މިއަހަރު 20 އޭޕްރިލްގެ ނިޔަލަށް ބަލާއިރު ދިވެހިރާއްޖެއަށް އެމެރިކާއިން 24,171 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މިގޮތުން އެމެރިކާއަކީ މި އަހަރު 6 ވަނަ އެންމެ ބޮޑު މާކެޓެވެ. އަދި މި އަހަރު ޖުމްލަ 560،996 ފަތުރުވެރިން ދިވެހިރާއްޖެ އަަށް ޒިޔާރަތްކޮށްފައިވެއެވެ. މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ބައި މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ދިވެހިރާއްޖެ ޒިޔާރަތްކުރުމަކީ މި ދާއިރާއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.

އެމެރިކާ މާކެޓަށް އަމާޒުކޮށް އެމްއެމްޕީއާރުސީއިން ފާއިތުވެދިޔަ އަހަރު ތެރޭގައި ގިނަ ހަރަކާތެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ހަރަކާތްތަކުގެ ތެރޭގައި ޖޮއިންޓް މާކެޓިން ކެމްޕެއިންތަކާއި ޓްރެއިނިންގ ވެބިނާތަކުގެ އިތުރުން ބޮޑެތި ފެއަރތަކުގާ ބައިވެރިވުމާއި ފެމިލިއަރައިޒޭޝަން ދަތުރު ބޭއްވުން ފަދަ ހަރަކާތްތައް ހިމެނެއެވެ. މިފަދަ ހަރަކާތްތައް މި އަހަރަށްވެސް ވަނީ ރާވާފައެވެ. އެގޮތުން މި އަހަރު އުސްޓޯއާ އެނުއަލް ކޮންފެރެންސްގައި ބައިވެރިވުމާއި، ރޯޑްޝޯ ބޭއްވުމާއި، އިތުރު ޓްރެއިނިންގ ވެބިނާ ހިންގުމާއި، އަދި މީޑިޔާ ފޭމްޓްރިޕް ގެ އިތުރުން އެހެން ގިނަ ހަރާކާތެއްވަނީ ރާވާފައެވެ.

4 މާޗް 2022 ވަނަ ދުވަހުން ފެށިގެން ކޮވިޑް-19ގެ ވެކްސިންގެ 2 ޑޯޒް ފުރިހަމަކޮށްފައިވާ ފަރާތްތަކުން ރާއްޖެ އަންނައިރު ޕީސީއާރު ޓެސްޓް ހަދަން ނުޖެހެ ގޮތަށް މިހާރު ވަނީ އުސޫލު ބަދަލުކޮށްފައެވެ. މިގޮތުން ރާއްޖެ އަންނަ މީހުންގެ ތެރެއިން ކޮވިޑް ވެކްސިން ފުރިހަމަކުރިތާ 14 ދުވަސްވެފައިވާ ނަމަ، ޕީސީއާރު ޓެސްޓް ހަދަން ދެން ނުޖެހޭނެއެވެ. މީގެ އިތުރުން، ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި އިއުލާނުކުރެވިފައިވާ އާންމު ސިއްޙަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ވަނީ 14 މާރިޗް 2022 ވަނަ ދުވަހުން ފެށިގެން އުވާލާފައެވެ. ދިވެހިރާއްޖޭގައި ކޮވިޑް-19އިން ރައްކާތެރިވުމަށް އަޅާފައިވާ މިފިޔަވަޅުތަކަށް ލުއި ދިނުމުގެ ސަބަބުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް އިތުރު ފަސޭހައަކަށް ވެގެންދާނެއެވެ.

އެމްއެމްޕީއާރްސީރާއްޖޭގެ ފަތުރުވެރިކަން

އިތުރަށް ކިޔާލަން

25 ނޮވެމްބަރު 2025

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

25 ނޮވެމްބަރު 2025
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލައިގައި ރައީސްގެ އާއިލާގެ ވަކީލު އާޒިމާ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި
14 އޮކްޓޯބަރު 2025

ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް

14 އޮކްޓޯބަރު 2025
ދާއޫދުގެ ގާނޫނީ ޓީމުގެ ރައްދު ނާޒިމް އަށް: ދާއޫދަށް އަމާޒުކޮށް ތި ދެއްކެވީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް
14 އޮކްޓޯބަރު 2025

ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި

14 އޮކްޓޯބަރު 2025
ކޮރަޕްޝަންގެ ތުހުމަތުކުރެވުނު ދާއޫދު ޗުއްޓީއަށް، ހުޅުމާލެ ޕޮލިސް ވަގުތީގޮތުން ޓޫފޯއާ ހަވާލުކޮށްފި
30 ސެޕްޓެމްބަރު 2025

އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް

30 ސެޕްޓެމްބަރު 2025
އަދީބުގެ އެމްޓީޑީ ހިންގި އޮފީހުގެ ކުލި ނުދައްކައިގެން ތަނުގެ ވެރިފަރާތުން ކޯޓަށް
26 ސެޕްޓެމްބަރު 2025

ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ

26 ސެޕްޓެމްބަރު 2025
ކޮރަޕްޝަނުން ގެއްލޭ ފައިސާ ހޯދަން ކަމަށް ބުނެ އެސެޓް ރިކަވަރީ ގާނޫނެއް ހަދަނީ
06 ސެޕްޓެމްބަރު 2025

އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި

06 ސެޕްޓެމްބަރު 2025
 އެމްޔޫ މަނިކުގެ ހަނދާނުގައި މަޓީ އިން ތައުޒިޔާގެ ދަފްތަރެއް ހުޅުވައިފި
30 އޯގަސްޓު 2025

ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު

30 އޯގަސްޓު 2025
ގެއްލިގެން އެދިޔައީ ރާއްޖޭގެ އިގްތިޞާދީ ތާޖުގެ އެންމެ އަގުބޮޑު ޖަވާހިރު
30 އޯގަސްޓު 2025

ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު

30 އޯގަސްޓު 2025
ރާއްޖެއަކީ ފަތުރުވެރިކަމުގެ ޚާއްޞަ މަންޒިލަކަށް ހެއްދެވުމުގައި މަރްޙޫމް މުޙައްމަދު ޢުމަރު މަނިކު ކުރެއްވި މަސައްކަތްޕުޅުތަކާއި، އަދާކުރެއްވި ދައުރު ނުހަނު ބޮޑު: ރައީސް މުއިއްޒު
20 އޯގަސްޓު 2025

ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި

20 އޯގަސްޓު 2025
ކެޓްރީނާ ކައިފް އަށް ދޭ އަގުވެސް، ކުރަން ޖެހޭ މަސައްކަތް ވެސް، މަސައްކަތް ކުރާ މުއްދަތުވެސް އެއީ ސިއްރެއް ކަމަށް ބުނެފި
12 ޖުލައި 2025

އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ

12 ޖުލައި 2025
އިނގިރޭސިވިލާތުގެ މަޝްހޫރު ދަ ޓެލެގްރާފުން ހޮވާ ދުނިޔޭގެ އެންމެ މަގުބޫލު ގައުމުތަކުގެ ލިސްޓުން ބޮޑުތަނުން ރާއްޖެ ވެއްޓިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު