Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން

ޕުޓިން ހެނދުނުގެ ނާސްތާކުރައްވަނީ މެންދުރު، ފަރިއްކުޅުވަނީ ކޮވެލި ބިސް

ވްލަޑިމިއަރ ޕުޓިންއަކީ ކެމެރާއާ ނުހަނު ރައްޓެހި ބޭފުޅެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 މެއި 2022 | ބުރާސްފަތި 11:32
ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިން

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއަކީ އުމުރުފުޅުން 69 އަހަރުގައިވެސް ވަރަށް "އެކްޓިވް"ކޮށް އުޅުއްވާ ބޭފުޅެކެވެ. ރައީސްކަމާއި ބޮޑުވަޒީރުކަމުގައި ޖުމުލަ 22 އަހަރު ހޭދަކުރައްވާފައިވާއިރު، މަގާމުގެ މަސްއޫލިއްޔަތުތަކުގެ ބޭރުން ޕުޓިން ފެންނަނީ "ވައިލްޑްލައިފް"އަށް ލޯބިކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ.

ބޭރުގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ޕުޓިންއަކީ ހެނދުނު ލަހުން ހޭފުޅުލައްވާ ރައީސެކެވެ. ޕުޓިން ހެނދުނުގެ ނާސްތާ ކުރައްވަނީ މެންދުރުއެވެ. ހެނދުނުގެ ނާސްތާއަށް ފަރިއްކުޅުއްވަނީ ކޮވެލި ބިހާއި، ބިސްގަނޑާއި، ޕޮރިޖްގެ އިތުރުން، މޭވާގެ ޖޫހެވެ.

ނާސްތާއަށްފަހު ކޮފީއެއް ހިއްޕެވުމަކީ ޕުޓިން އާދަވެގެން ކުރައްވާ ކަމެކެވެ.

އެއަށްފަހު ދެން ކުރައްވާ ކަމަކީ ކަސްރަތު ކުރެއްވުމެވެ. އެގޮތުން ގާތްގަނޑަކަށް 2 ގަޑިއިރު ފެތުމުގައި ހޭދަކުރައްވައެވެ. ޕުޓިން ވިދާޅުވާ ގޮތުގައި, ގައުމާމެދު އެންމެ ފުންކޮށް ވިސްނަވާ އެއް ވަގުތަކީ ފެތުމުގައި ހޭދަކުރައްވާ ވަގުތެވެ.

އެއަށްފަހު ދެން އޮންނާނީ ޖިމްގައި ކުރައްވާ ކަސްރަތެވެ. އެގޮތުން ބަރު އުފުއްލެވުމަކީ ޕުޓިން ކުރައްވާހިތްޕުޅުވާ ކަމެކެވެ. ރިޕޯޓުތައް ބުނާ ގޮތުގައި ޕުޓިންގެ ޖިމް ކޮސްޓިއުމްގެ އަގު 3200 ޑޮލަރަށް އަރައެވެ.

ހެދުން އެޅުއްވުމުގައިވެސް ޕުޓިންއަކީ ވަރަށް ގިނަ ކަންކަމަށް ސަމާލުކަންދެއްވާ ބޭފުޅެކެވެ. އެގޮތުން ބެސްޕޯ ސޫޓާއި، ވެލެންޓީނޯ ޓައީ ތުރުކުރައްވާ އުޅުއްވައެވެ. ރަޝިއާގެ ދައުލަތުގެ މީޑިއާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޕުޓިން އެންމެ ތުރުކުރައްވާ ހިތްޕުޅުވަނީ "ކިޓޯން"އާއި، "ބްރިއޯނީ" ބްރޭންޑެވެ.

މަސައްކަތަށް ވަޑައިގެންނެވުމަށްފަހު ޕުޓިން ފުރަތަމަ ކުރައްވާ ކަމަކީ ދުވަހުގެ ބްރީފިންގ ހޯއްދެވުމެވެ. ކުރައްވަން ޖެހޭ ކަންކަން ޕްލޭން ކުރައްވައި، މަސައްކަތް ފައްޓަވަނީ އެހިސާބުންނެވެ. ބްރީފިންގގައި ދުވަހުގެ މުހިއްމު ކަންކަމާއި، ބައިނަލްއަގުވާމީ މަސްރަހުގެ އަޕްޑޭޓްތަކާއި, ނޫސްތަކުގެ ފަލަސުރުޚީތައް ބައްލަވައެވެ.

މަސައްކަތުގެ ތެރެއިން ބްރޭކެއް ނެންގެވުމަށްޓަކައި، ރަޝިއާ ސަރުކާރާއި ޕުޓިންއަށް ފާޑުކިޔައި އާންމުކޮށްފައިވާ މަލާމާތުގެ ވީޑިއޯ ބެއްލެވުމަކީ ޕުޓިން ދޭތެރެއަކުން ކުރައްވާ ކަމެއްކަމަށްވެއެވެ. ޕުޓިންގެ އެޑްވައިޒަރަށްވެސް އަންގަވާފައި އޮންނަނީ އެފަދަ ވީޑިއޯއެއް ދޭތެރެއަކުން ގެނެސް ދައްކާލުމަށެވެ.

ޕުޓިންއަކީ ވަރަށް ދަންވަންދެން މަސައްކަތުގައި އުޅުއްވާ ބޭފުޅެކެވެ. އެގޮތުން އޮފީހުގެ އެންމެ މުހިއްމު މަސައްކަތްތައް ނިންމަވަނީ ރޭގަނޑުކަމަށް ރިޕޯޓުތައް ބުނެއެވެ.

ޕުޓިން ދަތުރުފުޅެއް ކުރައްވާނަމަ، އެއީ ނިކަން ބޮޑު ޕްރޮސީޖަރއެއް އޮންނަ ކަމެކެވެ. އެގޮތުން ޕުޓިން ހުންނަވާ ތަނެއްގެ ކޮޓަރީގައި ހުންނަ ޝީޓުން ފަށައިގެން، ދޮރުފޮތިތަކާއި، ކުޑަމިނުން ފެން ހިއްޕަވާ ޖޯޑާއި، މޭވާ އަޅާ ތަށިވެސް އެއްކޮށް ބަދަލުކުރައްވައެވެ. މިއީ ޕުޓިން އެ ތަނަކަށް ވަޑައިގެންނެވުމުގެ ކުރިން ސަލާމަތީ ސަބަބުތަކަށްޓަކައި ސެކިއުރިޓީން ކުރައްވާ ކަންކަމެވެ.

ރިޕޯޓުތައް ބުނާ ގޮތުން، އެއްވެސް މީހަކު އަރުވާ ކާއެއްޗެއް ފަރީއްނުކުޅުއްވައެވެ. އެ އެއްޗެއް ފަރިއްކުޅުއްވާނީ ޚާއްސަ ކްލިއަރެންސަކަށްފަހުއެވެ.

ޕުޓިންއަށް އެންމެ މީރުފުޅު ކެއުމަކީ ޕިސްޓާޗިއޯ އައިސްކްރީމްއެވެ. އެންމެ ފަހުން އޮތް ޖީ-20 ސަމިޓުގައި ޕުޓިން ވަނީ ޗައިނާގެ ރައީސް ޝީ ޖިންޕިންއަށް އައިސްކްރީމް ޓަބެއް ވެދުންކުރައްވާފައެވެ.

ރަޝިއާގެ ރައީސް ވްލަޑިމިއަރ ޕުޓިންއަކީ ކެމެރާއާ ނުހަނު ރައްޓެހި, އަދި ކުރައްވާ މުހިއްމު ކަންކަން ފޮޓޯ ނަންގަވައި އާންމު ކުރައްވާ ފޮޓޯޖެނިކް ބޭފުޅެކެވެ. އަސް ދުއްވަވާއިރުގައާއި، ސްކޭޓް ކުރެއްވުން ފަދަ ކަންކަން ކުރައްވާއިރުވެސް ޕުޓިން ފޮޓޯ އާންމުކުރައްވައެވެ.

ޕުޓިން ވަނީ މިނިކާވަގު ހިމާޔަތްކުރެއްވުމަށް ޚާއްސަ މަސައްކަތްތަކެއް ކުރައްވާފައެވެ. އެކަމުގައި އަމަލީ ގޮތުންވެސް ބައިވެރިވެވަޑައިގެންފައިވާއިރު، ޓްރާންކުއިލައިޒަރ ބަޑިއެއް ބޭނުންކޮށްގެން މިނިކާވަގު ގަޔަށް ބަޑި ޖައްސަވައި އޭގެ ބާރު ކަނޑުއްވާލައްވައިގެން، މޮޓޮރައިޒް ޑެލްޓާ މަތިންދާބޯޓުގައި ވަޑައިގެން އެސޮރުމެން ޖަންގަލިތަކުގައި އާބާދުވުމަށް ދޫކޮށްލައްވައެވެ.

ހަމައެއާއެކު، ދަގަނޑު ދުނި ބޭނުން ކުރައްވައިގެން ބޮޑުމަހުގެ ހަމުގެ ސާމްޕަލް ނެންގެވުމަކީވެސް އަމިއްލަފުޅަށް ކުރައްވާ އުޅުއްވި ކަންކަމެވެ. ޖަނަވާރަށް ލޯބި ލކުރައްވާ ޕުޓިން ގެންގުޅުއްވާ ކުއްތާއަށް ކިޔަނީ އަޓިކާއެވެ.

ކަނޑުގެ އަޑިއަށް ޑައިވް ކުރެއްވުމާއި، ކޮމާންޑްދެއްވާ މަންޒަރުތައްވެސް އާންމުވެފައިވެއެވެ.

ޕުޓިންއަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޕުޓިން އެކަންކަން ކުރައްވަނީ ޕީއާރް ސްޓަންޓެއްގެ ގޮތުގައެވެ. ޕުޓިންވެސް ވަނީ, އޭގެ ބައެއް ހަރަކާތްތަަކަކީ މާހައުލުގެ ރައްކާތެރިކަން ދެމެހެއްޓުމާއި ވައިލްޑްލައިފް ހިމާޔަތްކުރުމަށް ބާރުއެޅުއްވުމުގެ ގޮތުން ކުރިއަށް ގެންދެވި ހަރަކާތްތަކެއް ކަމަށް ވިދާޅުވެފައެވެ.

އޭގެ އިތުރުންވެސް, އަސް ދުއްވުމާއި، ސްކޭޓް ކުރެއްވުމާއި، ރައިފަލް ބޭނުން ކުރައްވައިގެން ޝިކާރަކުރެއްވުން ފަދަ ކަންކަމަކީވެސް ޕުޓިން ކުރައްވާ އުޅުއްވާ ކަންކަމެވެ.

ޕުޓިންއަކީ އައިސް ހޮކީ ކުޅުއްވަން ޝައުގުވެރިވާ ބޭފުޅެކެވެ. ކޮންމެ ހަފްތާއަކުވެސް ކޮންމެވެސް ވަގުތެއް އާދަވެގެން އެކަމަށް ހުސްކުރައްވައެވެ. ޕުޓިންގެ ގާތް ބޭފުޅުން ވިދާޅުވާ ގޮތުގައި، ތަފާތު އެކި ކުޅިވަރުތައް ބައްލަވަން އިންނެވުމުގެ ބަދަލުގައި، ޕުޓިންއަކީ އެ ކުޅިވަރުގެ މައިދާނަށް ނުކުމެވަޑައިގެން ކާމިޔާބު ހޯއްދަވާހިތްޕުޅުވާ ބޭފުޅެކެވެ.

ހަމައެއާއެކު، ޖޫޑޯގެ ކަޅު ބެލްޓުވެސް ހާސިލުކުރައްވާފައި ވާއިރު، އެއީ ޕުޓިން ތުއްޕުޅުއިރުން ފެށިގެން ތަމްރީނު ހޯއްދަވަމުން ގެންދެވި ދާއިރާއެއްކަމަށް ވެއެވެ. އެހެންނަމަވެސް، ރަޝިއާ ޔޫކްރޭން ހަނގުރާމައިގެ ސަބަބުން އުފެދިފައިވާ ކަންބޮޑުވުންތަކުގެ ތެރެއިން، ދާދި ފަހުން އިންޓަރނޭޝަނަލް ޖޫޑޯ ފެޑެރޭޝަނުން ވަނީ ޕުޓިން އެ ޖަމިއްޔާއިން އެކަހެރި ކުރައްވާފައެވެ.

ވްލަޑިމިއަރ ޕުޓިންރަޝިއާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު