Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ޓްވިޓަރއަށް ބަދަލުތަކެއް

ޓްވިޓަރއިން ފީއެއް ނެގުމާ ދިމާލަށް

ޓްވިޓަރ އަށް ބަދަލުތަކެއް ގެނައުމަށް ރާވަމުންދޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 5 މެއި 2022 | ބުރާސްފަތި 08:51
އީލޮން މަސްކު

އީލޮން މަސްކު

ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގެ ތެރެއިން ޓްވިޓަރއަކީ ވަރަށް ވަރުގަދަ އަދި އެހާމެ ބޮޑު ޕްލެޓްފޯމެކެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބިލިއަން ބަޔަކު ގެންދަނީ މި ޕްލެޓްފޯމު ބޭނުންކުރަމުންނެވެ. މިހާރުވެސް މި ޕްލެޓްފޯމުން އާންމުންނަށް އެތައް ކަމެއް ކުރެވެމުންދެއެވެ. އެތައް ފީޗަރއެއް ހުންނައިރު އެމީހެއްގެ ޚިޔާލު ފާޅުކުރުމާއި، މަދު ބަޔަކަށް އެކި ޓްވީޓުތައް ފެންނާނެހެން ހެދުމާއި، ގިނަ ބައެއްގެ މެދުގައި އެކި މައުޟޫތަކަށް މަޝްވަރާތައް ކުރިއަށް ގެންދެވުމާއި، ޓްވިޓަރ ސްޕޭސް މެދުވެރިކޮށް އެކި މީހުންނާއި ވާހަކަދައްކާލެވުމާއި، ކަންކަމާ ގުޅޭ މައުލޫމާތު ހޯދާލެވިގެން ދެއެވެ.

މިއަށްވުރެވެސް އިތުރު ފީޗަރތައް މިއަށް އިތުރުކޮށްގެން ޓްވިޓަރގެ ބޭނުން އެންމެ ފުރިހަމަގޮތުގައި ހިފިދާނެ ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. މިގޮތަށް ގަބޫލުކުރާ އެއް ފަރާތަކީ ޓްވިޓަރގެ އެންމެ ބޮޑު އެއް ހިސާދާރު ކަމުގައިވާ އީލޮން މަސްކެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ޓްވިޓަރއަކީ އިތުރަށް ފުޅާކުރެވޭނެ ޕްލެޓްފޯމެކެވެ. މި ޕްލެޓްފޯމުގެ ބޭނުން ހިފޭނެ އިތުރު ގޮތްތައް އަދިވެސް އެބަހުރިކަމަށް އޭނާ ދެކެއެވެ. އަދި މިކަންކަން ހަގީގަތަކަށް ހަދަންވެސް އޭނާ ބޭނުންވެއެވެ. މިގޮތުން ޓްވިޓަރއަކީ އަމިއްލަ ކުންފުންޏަކަށް ހަދައި، އެތަނުގައި އެންމެންނަށްވެސް ޚިޔާލު ފާޅުރުމުގެ މިނިވަންކަން އޮންނަންޖެހޭނެ ކަމަށް އޭނާ ބުނެއެވެ.

މިކަންކަން ހަގީގަތަކަށް ހެދުމަށް އޭނާ ވަނީ ޓްވިޓަރ ގަތުމަށް ނިންމާފައެވެ. ޓްވިޓަރއަކީ ޕްރައިވެޓް ކުންފުންޏަކަށް ހަދައިގެން މި ބަދަލުތައް ގެނެވޭނެ ކަމަށް އޭނާ ގަބޫލުކުރެއެވެ. 44 ބިލިއަން ޑޮލަރަށް ޓްވިޓަރ ގަތުމަށް މަސްކު މިހާރު ވަނީ ހުށަހެޅުމެއްވެސް ހުށަހަޅާފައެވެ. އޭނާގެ މި ހުށަހެޅުން ޓްވިޓަރއިން ވަނީ ބަލައިގެންފައެވެ. މިކަމުގެ މަޝްވަރާތައް އަދިވެސް ކުރިއަށްދެއެވެ. އެހެންނަމަވެސް މިކަމުގައި ނިންމުމެއް އަދި ނިންމާފައެއް ނުވެއެވެ.

އެހެންނަމަވެސް މަސްކު ގެންދަނީ ކުރިއަށް އޮތް ތަނުގައި ޓްވިޓަރއަށް އަންނާނެ އެކި ބަދަލުތައް އޭނާގެ އަމިއްލަ ޓްވިޓަރ އެކައުންޓް މެދުވެރިކޮށް ހިއްސާކުރަމުންނެވެ. މިގޮތުން ޓްވިޓަރގެ ބޭނުން އެއްވެސް ހުރަހެއް ނެތި ހިފޭނެކަމާއި، އެއީ ރައްކާތެރިތަނަކަށް ވެގެންދާނެ ކަމަށް އޭނާ ގެންދަނީ ބުނަމުންނެވެ. އަދި މީހުންގެ މެދުގައި ދެކެވޭ ވާހަކަތަކަށް އިތުރަށް ރައްކާތެރިވާނެހެން ފީޗަރތަކެއް ގެންނަންޖެހޭކަމަށް އޭނާ ބުނެއެވެ. މީގެ އިތުރުންވެސް ކުރިއަށް އޮތް ތަނުގައި ޓްވިޓަރ އަންނާނެ އެކި ބަދަލުތައް އޭނާ ގެންދަނީ ހިއްސާކުރަމުންނެވެ.

ހަމަމިއާއެކު ޓްވިޓަރ ބޭނުންކުރުމަށް ފީއެއް ނަގާ ކަހަލަ ވާހަކައެއްވެސް މަސްކު ވަނީ ހިއްސާކޮށްފައެވެ. އެހެންނަމަވެސް އެއީ ވަކި ބައެއްގެ އަތުން ނަގާނެ ޕީއެއް ކަމަށް އޭނާ ބުނެފައިވެއެވެ. މަސްކު ބުނީ އާންމުންނަށް އަބަދުވެސް ޓްވިޓަރ ހިލޭ ބޭނުންކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް ސަރުކާރުތަކުގެ ބޭނުމަށް ޓްވިޓަރ ބޭނުންކުރާއިރު ކޮންމެވެސް ވަރެއްގެ ފީއެއް ނެގުން އެކަށީގެންވާކަމަށް އޭނާ ބުނެފައިވެއެވެ. ޓްވިޓަރއަށް ގެންނަން ބޭނުންވާ އެކި ބަދަލުތަކާ ގުޅޭ މަޝްވަރާތައް ކުރިއަށްދާއިރު، އަދި މިއިން އެއްވެސް ކަމެއް ނިންމާފައެއް ނުވެއެވެ.

44 ބިލިއަން ޑޮލަރަށް ޓްވިޓަރ ގަތުމަށް ބިލިއަނަރު, އީލޮން މަސްކް ހުށަހެޅި ބިޑް ޓްވިޓަރއިން ބަލައިގެންފައިވާއިރު، ޓްވިޓަރގެ ގާނޫނީ ވަކީލުން ވަނީ އެއްބަސްވުމުގައި "ސްޕެޝަލް ޕަރމޯފެންސް" ނަމުގައި ބައެއް އިތުރުކޮށްފައެވެ. އެއީ އެއްބަސްވުމާއި އެއްގޮތަށް އަމަލުކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ. އެހެންނަމަވެސް އެއްބަސްވުން އުވާލަން ބޭނުންވާނަމަ 1 ބިލިއަން ޑޮލަރު ދައްކަންޖެހޭ ގޮތަށް އޮތުމަކީ އެއްބަސްވުން އުވާލުމަށް އީލޮން މަސްކު އަށް ލިބޭ ބާރެކެވެ. އީލޮން މަސްކު ޓްވިޓަރ ގަތުން މަޑުޖައްސާލަފާނެ އެއް ސަބަބެއްކަމަށް މާހިރުން ބުނަނީ އޭނާގެ ޓެސްލާ ކުންފުންޏެވެ. އީލޮން މަސްކު ޓްވިޓަރ ގަންނަ ވާހަކައަކާއެކު އިލެކްޓްރިކް ވެހިކަލް އުފައްދާ ޓެސްލާ ކުންފުނީގެ ހިއްސާވަނީ ފަސް ވަނަ ފަހަރަށް ދަށަށް ގޮސްފައެވެ. އެއީ އީލޮން މަސްކުގެ އައު ކުންފުނިކަމުގައިވާ ޓްވިޓަރ ހިންގުމަށް ޓެސްލާ ކުންފުނީގެ އޭނާގެ ހިއްސާ ވިއްކާލަފާނެ ކަމަށެވެ.

ޓްވިޓަރއީލޮން މަސްކް

ކޮމެންޓް

އިތުރަށް ކިޔާލަން

ކޯޅުންތަކަށް ފަހު، ޗާލީގެ ހަނދާނުގައި ބޭއްވި އިވެންޓުގައި ޓްރަމްޕް އާއި މަސްކު އަތާ އަތް ޖޯޑު ކޮށްގެން

ކޯޅުންތަކަށް ފަހު، ޗާލީގެ ހަނދާނުގައި ބޭއްވި އިވެންޓުގައި ޓްރަމްޕް އާއި މަސްކު އަތާ އަތް ޖޯޑު ކޮށްގެން

22 ސެޕްޓެމްބަރު 2025
"މީޑިއާ ކޮންޓްރޯލް ބިލުގެ އަމާޒަކީ ނޫސްވެރިކަން ނައްތާލުމުގެ އިތުރުން ސިޔާސީ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓް ތައް ބްލޮކްކުރުން"

"މީޑިއާ ކޮންޓްރޯލް ބިލުގެ އަމާޒަކީ ނޫސްވެރިކަން ނައްތާލުމުގެ އިތުރުން ސިޔާސީ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓް ތައް ބްލޮކްކުރުން"

07 ސެޕްޓެމްބަރު 2025
އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

އިންޑިއާގައި ދެހާހަށްވުރެ ގިނަ 'އެކްސް' އެކައުންޓް ބްލޮކް ކޮށްފި

08 ޖުލައި 2025
ޓްރަމްޕް އާއި އީލޮން މަސްކް ގެ ގުޅުން ގޯސްވެ ބޮޑު ހަނގުރާމަ އެއް ފެށިއްޖެ

ޓްރަމްޕް އާއި އީލޮން މަސްކް ގެ ގުޅުން ގޯސްވެ ބޮޑު ހަނގުރާމަ އެއް ފެށިއްޖެ

06 ޖޫން 2025
ޓްރަމްޕްގެ ޚަރަދުގެ ބިލަކީ "ނުބައި އަނިޔާވެރި" ބިލެއް ކަމަށް މަސްކް ވިދާޅުވެއްޖެ

ޓްރަމްޕްގެ ޚަރަދުގެ ބިލަކީ "ނުބައި އަނިޔާވެރި" ބިލެއް ކަމަށް މަސްކް ވިދާޅުވެއްޖެ

04 ޖޫން 2025

އަހަރުތަކުން މިއަދު

13 އެޕްރީލު
ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސަން ސިޔާމް އިރު ފުށީގައި އައު ޖެޓް ކާރު ތަޢާރަފްކޮށްފި

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި
20242 އަހަރު ކުރިން
ދުނިޔެ

މަރުގެ އިންޒާރު އެތައްފަހަރެއްގެ މަތިން ދީފައިވާ ސަލްމާން ޚާން ދިރިއުޅޭ ގެއަށް ބަޑީގެ ހަމަލާތަކެއް ދީފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް ފްލެޓަށް އެދެވޭނީ ޕޯޓަލް މެދުވެރިކޮށް، މަދުވެގެން ފަސް ފްލެޓް އިޚުތިޔާރުކުރުމުގެ ފުރުސަތު ލިބޭނެ

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

އަރަބި ސްޓައިލް ޗިކަން ޝަވަރުމާ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ތުޅާދޫ ދާއިރާގެ ގޮނޑި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ދާން އުޅޭ ކަން ހާމަވާ އޯޑިއޯއެއް ލީކްވެއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު
20188 އަހަރު ކުރިން
ރާއްޖެ

ވިލިމާލެ އިން ގެއްލިގެން ހޯދާ މީހާ ހުރީ މާލޭގައި، އޭނާގެ ހާލު ރަނގަޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު