Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
މީޑިއާ ކޮންޓްރޯލް ބިލު

"މީޑިއާ ކޮންޓްރޯލް ބިލުގެ އަމާޒަކީ ނޫސްވެރިކަން ނައްތާލުމުގެ އިތުރުން ސިޔާސީ ފަރާތްތަކުގެ ސޯޝަލް މީޑިއާ އެކައުންޓް ތައް ބްލޮކްކުރުން"

މި ބިލަކީ ޤާނޫނުއަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ އެއްޗެއް

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 7 ސެޕްޓެމްބަރު 2025 | އާދީއްތަ 04:47
ޔޫއޭއީގެ ކުރީގެ ޑެޕިއުޓީ އެމްބެސެޑަރ މުހައްމަދު ފައިސަލް

ޔޫއޭއީގެ ކުރީގެ ޑެޕިއުޓީ އެމްބެސެޑަރ މުހައްމަދު ފައިސަލް

ރައީސް މުއިއްޒުގެ މި ސަރުކާރުގެ ހީލަތްތެރި ރޭވުމުގެ ދަށުން މިހާރު މަޖިލީހަށް ހުށަހަޅާފައި އޮތް މީޑިއާ ކޮންޓްރޯލް ބިލުގެ އަސްލު މަޤްޞަދަކީ ސިޔާސީ ފަރާތްތަކުގެ ސޯޝަލް މީޑިއާ ބްލޮކްކުރުން ކަމަށް ޔޫއޭއީގެ ކުރީގެ ޑެޕިއުޓީ އެމްބެސެޑަރ މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ފައިސަލް މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އެވެ.

Advertisement - newsAdvertisement

ފައިސަލް ވިދާޅުވީ މި ސަރުކާރުގެ ރޭވުމުގެ ދަށުން މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލުގެ މައިގަނޑު މަޤްޞަދަކީ ނޫސްވެރިކަން ހަނިކުރުމުގެ އިތުރުން، ސިޔާސީ ފަރާތްތަކާއި އެކްޓިވިސްޓުންގެ ސޯޝަލް މީޑިއާ އެކައުންޓްތައް، އަދި ޚާއްޞަކޮށް އެކްސް އެކައުންޓް ތައް ބްލޮކްކުރުމަށްކަމަށެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުން މި ބިލު ފާސްވުމުން، އެމެރިކާގެ ލޯ ފަރމެއްގެ އެހީގައި ވަކި ލޮކޭޝަނަކަށް އަމާޒުކޮށް އެކްސްގެ އެކައުންޓްތައް ރާއްޖޭއަށް ނުފެންނަ ގޮތަށް ބްލޮކްކުރުމަށް މަސައްކަތްކުރާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް ފައިސަލް ވިދާޅުވެފައި ވެއެވެ. އަދި މި މަސައްކަތް ކާމިޔާބުވެއްޖެނަމަ، ޓިކްޓޮކް، ފޭސްބުކް އަދި އިންސްޓަގްރާމްފަދަ އެހެން ޕްލެޓްފޯމްތަކަށް ވެސް މިފަދަ ފިޔަވަޅުތައް އަޅަން ރޭވިފައިވާ ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފައި އެވެ.

ނަމަވެސް، ބައިނަލްއަޤްވާމީ ޤާނޫނީ މާހިރުން ދެކޭގޮތުގައި މިފަދަ ޤާނޫނެއް ތަންފީޒުކުރުމަކީ ޤާނޫނީގޮތުން ކުރެވޭނެ އަދި ކުރަންވާނެ ކަމެއް ނޫންކަމަށާއި މި ބިލަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގެ 27 އަދި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ އެއްޗެއްކަމަށް ވެސް ފައިސަލް ވިދާޅުވެފައި ވެއެވެ.

ފައިސަލް މިފަދައިން ވިދާޅުވެފައިވާއިރު، މީޑިއާ ކައުންސިލް، ނޫސްވެރިންގެ އެސޯސިއޭޝަން އަދި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްގެ އިތުރުން 20 އަށްވުރެ ގިނަ ލޯކަލް އަދި އިންޓަރނޭޝަނަލް ޖަމްޢިއްޔާތަކުން މި ބިލާ ދެކޮޅުކަން ހާމަކޮށް މި ބިލު ވަގުތުން ބޭރުކުރުމަށް ވަނީ ގޮވާލާފަ އެވެ. އަދި 41 މީޑިއާ އަކުން 151 އަށްވުރެ ގިނަ ނޫސްވެރިން ސޮއިކޮށް މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ވަނީ މަޖިލީހަށް ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ.

ފައިސަލް އިތުރަށް ވިދާޅުވެފައިވަނީ ރާއްޖޭގައި އެކްސް ބޭނުންކުރާ 200,000 މީހުންނަކީ އެ ޕްލެޓްފޯމްގެ ޖުމްލަ ބޭނުންކުރާ ފަރާތްތަކުގެ 0.01 އިންސައްތައަށްވުރެ ކުޑަ އަދަދެއް ކަމަށާއި އެހެންކަމުން، ޤާނޫނީ މާހިރުން ދެކޭގޮތުގައި ބޮޑެތި ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން މިފަދަ މަނާކުރުންތަކަށް ބޯލަނބާނެކަމަށް ނުބެލެވޭ ކަމަށެވެ.

އަދި މި ބިލަކީ އިޞްލާޙީ ބިލެއްގެ ބަދަލުގައި، ޤާނޫނުއަސާސީއާ ޚިލާފަށް އެކުލަވާލެވިފައިވާ ބިލެއް ކަމަށް ވެސް ފައިސަލް ފާހަގަކޮށްފައި ވެއެވެ.

މީޑިއާ ކޮންޓްރޯލް ބިލުރައީސް މުއިއްޒުމީޑިއާ ކައުންސިލްޓްވިޓަރއިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީސްޕްރެސް ފްރީޑަމް

ކޮމެންޓް

އިތުރަށް ކިޔާލަން

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު