Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް

ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ރާއްޖޭގެ ތާއީދު ޖެމެއިކާގެ ކެންޑިޑޭޓަށް

4 މެއި 2022 | ބުދަ 20:59

ކަމީނާ ޖޯންސަން-ސްމިތުއަކީ، އެކަމަނާއަށް ލިބިވަޑައިގަންނަވާފައިވާ ގިނަ ތަޖުރިބާއަށް ބަލާއިރު އެންމެ އެކަށީގެންވާ ކެންޑިޑޭޓް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 4 މެއި 2022 | ބުދަ 20:59
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު

މިއަހަރުގެ ޖޫން މަހު ރުވާންޑާގެ ކިގަލީގައި އޮންނަ ކޮމަންވެލްތު ޤައުމުތަކުގެ ސަރުކާރުތަކުގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައި ބާއްވާ ކޮމަންވެލްތު އޮފް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ އިންތިޚާބުގައި ޖެމެއިކާގެ ކެނޑިޑޭޓް ކަމީނާ ޖޯންސަން ސްމިތުއަށް ރާއްޖެއިން ތާއީދުކުރާކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ޖެމެއިކާގެ ކަމީނާ ޖޯންސަން ސްމިތުގެ ކެންޑިޑެސީއަށް ރާއްޖެއިން ތާއީދުކުރާކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރުކޮށްދެއްވާފައި ވަނީ ޖެމެއިކާގެ ބޮޑުވަޒީރު އެންޑްރޫ މައިކަލް ހޯލްނެސްއާއެކު ފޯނުން ގުޅުއްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

Advertisement - newsAdvertisement

ކަމީނާ ޖޯންސަން ސްމިތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮމަންވެލްތް އޮފް ނޭޝަންސްގެ ސެކްރެޓަރީ ޖެނެރަލްގެ ކެންޑިޑެސީއަށް ކަމީނާ ޖޯންސަން-ސްމިތަކީ، އެކަމަނާއަށް ލިބިވަޑައިގަންނަވާފައިވާ ގިނަ ތަޖުރިބާއަށް ބަލާއިރު އެންމެ އެކަށީގެންވާ ކެންޑިޑޭޓުކަން ފާހަގަކުރައްވާފައެވެ. އަދި ކަމީނާ ޖޯންސަން ސްމިތުއަށް ރާއްޖޭގެ ފުރިހަމަ ތާއީދު އޮތްކަން ހާމަކުރައްވަމުން އެކަމަނާގެ ޒަޢާމަތުގައި ރާއްޖެއާ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް ކޮމަންވެލްތުގައި ރަނގަޅަށް ތަމްޞީލުކުރެވިގެންދާނެ ކަމުގައި ޔަޤީންކުރައްވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މީގެ އިތުރުން ދެ ބޭފުޅުން ވަނީ ދެ ޤައުމުގެ ގުޅުމާބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖެމެއިކާގެ ބޮޑު ވަޒީރު ރާއްޖެއަށް ވަޑައިގެންނެވުމަށް ދަޢުވަތު ދެއްވާފައެވެ.

ކަމީނާ ޖޯންސަން ސްމިތަކީ ޖެމެއިކާގެ ފުރަތަމަ އަންހެން މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ފޮރިން ޓްރޭޑްގެ މަޤާމު އަދާކުރެއްވި ބޭފުޅާއެވެ. އަދި އެކަމަނާ ވަނީ ކެރީބިއަން ފޯރަމް (ކެރިފޯރަމް) ގެ ޗެއަރޕަރސަންގެ މަޤާމާއި، ކައުންސިލް އޮފް މިނިސްޓަރސް އޮފް ދަ އޯގަނައިޒޭޝަން އޮފް އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ސްޓޭޓްސްގެ ރައީސްގެ މަޤާމާއި، ކެރިކޮމް ކައުންސިލް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ ރައީސްގެ މަޤާމު އަދާކުރައްވާފައެވެ. މިހާރު ކަމީނާ އަދާކުރައްވަނީ ޖެނީވާގެ ވަރލްޑް ޓްރޭޑް އޯގަނައިޒޭޝަންގެ އެފްރިކަން ކެރީބިއަން އެންޑް ޕެސިފިކް ގްރޫޕްގެ ކޯޑިނޭޓަރުގެ މަޤާމެވެ.

ރައީސް ސާލިހު ކޮމަންވެލްތު

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

22 ސެޕްޓެމްބަރު 2025

މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމަށް ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި

22 ސެޕްޓެމްބަރު 2025
މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމަށް ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި
19 ސެޕްޓެމްބަރު 2025

މިނިވަން މީޑިއާ ދެމެހެއްޓުމަށް ޔޫކޭއިން ރާއްޖެއަށް ގޮވާލައިފި

19 ސެޕްޓެމްބަރު 2025
މިނިވަން މީޑިއާ ދެމެހެއްޓުމަށް ޔޫކޭއިން ރާއްޖެއަށް ގޮވާލައިފި
03 ސެޕްޓެމްބަރު 2025

އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

03 ސެޕްޓެމްބަރު 2025
އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި
05 އޮކްޓޯބަރު 2023

ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި

05 އޮކްޓޯބަރު 2023
ރައީސް ސާލިހު "އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް" ގާއިމުކުރައްވައިފި
02 އޮކްޓޯބަރު 2023

އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި

02 އޮކްޓޯބަރު 2023
އައު ސަރުކާރުގެ ކިބައިން ރައީސް ސާލިހު ދެ ކަމަކަށް އެދިވަޑައިގެންފި
02 އޮކްޓޯބަރު 2023

''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''

02 އޮކްޓޯބަރު 2023
''ތިލަމާލެ ބުރިޖް ނިންމަން އޮތް މުއްދަތަކަށް ނުނިމުނު، އެއީ އަޅުގަނޑު ދެރަވާ ކަމެއް''
14 ސެޕްޓެމްބަރު 2023

ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި

14 ސެޕްޓެމްބަރު 2023
ސޯޝަލް ހެލްތު އަދި ސޯޝަލް ސާވިސް ސެކްޓަރުގެ މުވައްޒަފުންނަށް ހާޒިރީ އިނާޔަތް ދެއްވަން ރައީސް ނިންމަވައިފި
14 ސެޕްޓެމްބަރު 2023

ކޮމަންވެލްތުގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

14 ސެޕްޓެމްބަރު 2023
ކޮމަންވެލްތުގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
11 ސެޕްޓެމްބަރު 2023

ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!

11 ސެޕްޓެމްބަރު 2023
ރައީސް ސާލިޙުގެ އިލްތިމާސް ދިވެހި ރައްޔިތުންނަށް؛ ޤައުމު އަނދަވަޅަކަށް ވެއްޓުނަ ނެދޭތި!
11 ސެޕްޓެމްބަރު 2023

އިންތިޚާބުގެ ކެންޕޭނާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހުނު ބައެއް ކަންތައްތަކަށް ފަރުވާ ކުޑަކުރެވިފައިވޭ: ރައީސް ސާލިހު

11 ސެޕްޓެމްބަރު 2023
އިންތިޚާބުގެ ކެންޕޭނާއި ގުޅިގެން އިދާރީ ގޮތުން ކުރަންޖެހުނު ބައެއް ކަންތައްތަކަށް ފަރުވާ ކުޑަކުރެވިފައިވޭ: ރައީސް ސާލިހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް