Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކޮމަންވެލްތުގެ ސްކޮލަރޝިޕް

ކޮމަންވެލްތުގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ކޯހުގެ ދާއިރާތަކުގެ މަޢުލޫމާތު މިނިސްޓްރީން ވަނީ ގެޒެޓުގައި ކުރި އިއުލާނުގައި ހިމަނާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 09:53
ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން ރަސްމިއްޔާތުގެ ތެރެއިން

ގައުމީ ޔުނިވަރސިޓީގެ ދަސްވެނިވުން ރަސްމިއްޔާތުގެ ތެރެއިން

ކޮމަންވެލްތުގެ ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ފުރުސަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މާސްޓަރސް ޑިގްރީ ހެދުމަށް 2 ޖާގައަށް ހުޅުވާލެވިފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ކޯހުގެ ދާއިރާތަކުގެ މަޢުލޫމާތު މިނިސްޓްރީން ވަނީ ގެޒެޓުގައި ކުރި އިއުލާނުގައި ހިމަނާފައެވެ.

އެގޮތުން މި ސްކޮލަރޝިޕަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ހުށަހަޅާ ކޯހަކާއި ގުޅޭ ދާއިރާއަކުން ބެޗްލަރސް ޑިގްރީ ޙާޞިލްކޮށްފައިވުމާއި، ކޮމަންވެލްތް ސްކޮލަރޝިޕް ކޮމިޝަން (ސީ.އެސް.ސީ) ގެ ވެބްސައިޓްގައި ކޯހާއި ގުޅިގެން އިތުރު ޝަރުތެއްވާނަމަ އެ ޝަރުތު ފުރިހަމަވެފައިވުން ހިމެނެއެވެ.

އޭގެ އިތުރުންވެސް އެ މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުމާއި، އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން އިތުރު ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި އެ މިނިސްޓްރީއަށް އެޕްލައިކުރާ ކެންޑިޑޭޓުންގެ ތެރެއިން 2 ކެންޑިޑޭޓުން މި ސްކޮލަރޝިޕަށް ނޮމިނޭޓް ކުރެވޭނެއެވެ.

އަދި އެ ކެންޑިޑޭޓުންގެ އެޕްލިކޭޝަންތައް ކަމާބެހޭ ފަރާތަށް ހުށަހެޅޭނެއެވެ. ނަމަވެސް މިސްކޮލަރޝިޕްގެ ފައިނަލް ސިލެކްޝަން ހައްދަވާނީ ސްކޮލަރޝިޕް އިންތިޒާމްކުރައްވާ ފަރާތުންނެވެ.

އެ މިނިސްޓްރީއަށް އެޕްލިކޭޝަން ހުށަހަޅާ ކެންޑިޑޭޓުންގެ ތެރެއިން ނޮމިނޭޓްވާ ކެންޑިޑޭޓުން ސީއެސްސީގެ އިލެކްޓްރޯނިކް އެޕްލިކޭޝަން ފުރިހަމަކުރުމަށްފަހު، 17 އޮކްޓޯބަރ 2023ގެ 16:00 (ޔުނައިޓެޑް ކިންގްޑަމްގެ ގަޑިން) ކުރިން އޮންލައިން އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެއެވެ.

އަދި އިލެކްޓްރޯނިކް އެޕްލިކޭޝަން ފޯމާއި، އެހެނިހެން ސަޕޯރޓިންގ ޑޮކިއުމެންޓްގެ ކޮޕީ 18 އޮކްޓޯބަރ 2023 ގެ ކުރިން މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.

ދިވެހިރާއްޖެ ކޮމަންވެލްތުގެ މެންބަރު ޤައުމަކަށް އަލުން ވުމާއި ގުޅިގެން ކޮމަންވެލްތު ސްކޮލަރޝިޕްތަކަށް ދިވެހިންނަށް ކުރިމަތިލެވޭ ގޮތް ވަނީ ހަމަޖައްސާފައެވެ.

ކޮމަންވެލްތު

ކޮމެންޓް

އިތުރަށް ކިޔާލަން

މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމަށް ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި

މީޑިއާގެ މިނިވަންކަމުގެ މުހިންމުކަމާއި ކޮމަންވެލްތު ޗާޓަރުގައި ހިމެނޭ އަސާސްތައް ދެމެހެއްޓުމަށް ކެނެޑާއިން ރާއްޖެއަށް ގޮވާލައިފި

22 ސެޕްޓެމްބަރު 2025
މިނިވަން މީޑިއާ ދެމެހެއްޓުމަށް ޔޫކޭއިން ރާއްޖެއަށް ގޮވާލައިފި

މިނިވަން މީޑިއާ ދެމެހެއްޓުމަށް ޔޫކޭއިން ރާއްޖެއަށް ގޮވާލައިފި

19 ސެޕްޓެމްބަރު 2025
އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

އިންޑިއާ އިން ކޮމަންވެލްތު ގޭމްސް އަށް ބިޑު ކޮށްފި

03 ސެޕްޓެމްބަރު 2025
ކޮމަންވެލްތު ޤައުމުތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ޝާހިދު ގޮވާލައްވައިފި

ކޮމަންވެލްތު ޤައުމުތަކުގެ މެދުގައި މިހާރަށް ވުރެ ބޮޑަށް އެއްބާރުލުން ދިނުމަށް ޝާހިދު ގޮވާލައްވައިފި

16 މާރިޗު 2023
ކޮމަންވެލްތު ދުވަހުގެ ޙަރަކާތްތަކުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވައިފި

ކޮމަންވެލްތު ދުވަހުގެ ޙަރަކާތްތަކުގައި މިނިސްޓަރު ޝާހިދު ބައިވެރިވެވަޑައިގަންނަވައިފި

14 މާރިޗު 2023

އަހަރުތަކުން މިއަދު

11 މެއި
އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!
20251 އަހަރު ކުރިން
ދުނިޔެ

އިންޑިއާ އިން ދައްކަން ބޭނުންވި ގަދަފަދަކަން ފެނިގެން ދިޔައީ އޭގެ އިދިކޮޅެވެ!

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު
20242 އަހަރު ކުރިން
ރާއްޖެ

ކުޑައިރުގެ އެކުވެރިޔާ، ރައީސް ސާލިހުއާ އޮތް ގާތްގުޅުން ކަނޑާލުންވީ ފަސޭހަ ކަމަކަށް ނޫން: ރައީސް ނަޝީދު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ
20233 އަހަރު ކުރިން
ކުޅިވަރު

ފައިނަލްގެ ކުރިން އަލީ ވަހީދު: ހަތިޔާރު ހުރީ ތޫނުކޮށް، ތަށި ހޯދޭނެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"
20224 އަހަރު ކުރިން
ރާއްޖެ

ކީރިތި ކުރައްވަމުން އާޒިމާ: "މައްސަލައަށް 3 އަހަރުވީ، މިއީ 6 ވަނަ ފަނޑިޔާރު"

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާގެ ފަހުން ރައީސް ނަޝީދުގެ ފުރަތަމަ ބަސްފުޅު: ހެޔޮވެރިކަން ހޯދައިދިނުމުގައި ދެމިހުންނާނަން

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!
20197 އަހަރު ކުރިން
ރިޕޯޓު

ތޮއްޑޫއިން ކަރާގެ ތަފާތު މުޑުވަކެއް: ހުދު ކުލަ!

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި
20188 އަހަރު ކުރިން
ރާއްޖެ

ވެރިމީހާ ގެއްލިގެން ހޯދި ސާމަރާ ދޫނި ފުލުހުން ހޯދައިދީފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު