Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސަބްމެރިން ކޭބަލް އެޅުމުގެ ސަރވޭ

ސަބްމެރިން ކޭބަލް އެޅުމުގެ ސަރވޭ ކުރަމުން ދިޔަ ކުންފުންޏަށް ދެލައްކައެއްހާ ރުފިޔާގެ ޖޫރިމަނާއެއް

ސަބްމެރިން ކޭބަލް އަޅަނީ އަގުހެޔޮކޮށް އަވަސް އިންޓަނެޓްގެ ޚިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 މެއި 2022 | ބުދަ 08:16
ސަބްމެރިން ކޭބަލް އެޅުމުގެ ސަރވޭއަށް ރާއްޖެ އައިސްފައިވާ ބޯޓު

ސަބްމެރިން ކޭބަލް އެޅުމުގެ ސަރވޭއަށް ރާއްޖެ އައިސްފައިވާ ބޯޓު

ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮކޮށް އަވަސް އިންޓަނެޓްގެ ޚިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް ބޭނުންވާ ސަބްމެރިން ކޭބަލް އެޅުމުގެ ސަރވޭގެ މަސައްކަތް ކުރަމުން ދިޔަ ކުންފުނި ޖޫރިމަނާ ކޮށްފިއެވެ.

މި ސަރވޭއަކީ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް ފެށުމަށް، ކޭބަލް އަޅާނެ މަގު ޗެކްކޮށް، އެ މަގުން ކޭބަލް އެޅޭނެ ގޮތް ބެލުމަށް ކުރަމުންދާ ސާރވޭއެކެވެ.

Advertisement - newsAdvertisement

ސަރުކާރުން އަޅާ ފުރަތަމަ ސަބްމެރިން ކޭބަލް އެޅުމުގެ މި މަޝްރޫއު ޙަވާލުކުރީ އިންޑިޔާގެ އެންމެ މުއްސަނދި މީހާ، މުކޭޝް އަމްބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެވެ. މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ފަރާތުންނެވެ.

ސަރުކާރުން މި ކޭބަލް އަޅަނީ ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮކޮށް އަވަސް އިންޓަނެޓްގެ ޚިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށެވެ.

ރާއްޖެއާއި ގުޅާލުމަށް ހަމަޖެހިފައިވަނީ ރިލަޔަންސް ކުންފުނިން އަޅާ އިންޑިޔާ-އޭޝިޔާ އެކްސްޕްރެސް (އައިއޭއެކްސް) ކޭބަލެވެ. މިއީ އިންޑިޔާގެ މުމްބާއީން ފެށިގެން ސިންގަޕޫރާއި ހަމައަށް އަޅާ ކޭބަލެކެވެ.

އެކަމާ ގުޅޭގޮތުން އެންވަޔަރމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ބުނީ، އެ އުޅަނދު ހުޅުމާލޭގެ އިރުމަތި ފަރާތު ފަރު ބޭރުގައި ސަރވޭތަކެއް ކުރަމުން ދަނިކޮށް، އުޅަނދުގައި ބޭނުންކުރަމުން އައި ސިސްޓަމްގެ ޕޯލްއާއި އެ އުޅަނދުގައި ހަރުކޮށްފައި ހުރި މަލްޓިބީމް އިކޯސައުންޑަރު އެ ފަރުގައި ޖެހިފައިވާކަން އެ ފަރާތުން އަންގާފައިވާކަމަށެވެ.

ވުމާއެކު، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާޑާއި ގުޅިގެން އީޕީއޭއިން 13 އެޕްރީލު 2022 ގައި އެ ސަރަޙައްދަށް ކަނޑުފީނައިގެން ސާރވޭތަކެއް ކޮށްފައިވާ ކަމަށާއި މި ސާރވޭއިން ދައްކާ ގޮތުގައި ފަރަށް ގެއްލުންތަކެއް ލިބިފައިވާކަމަށް އީޕީއޭއިން ބުނެއެވެ.

ހުޅުމާލޭގެ ފަރަށް ލިބުނު ގެއްލުންތަކަށް ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ "ތިމާވެށްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލުހޯދުމުގެ ޤަވާޢިދު" ގެ ދަށުން 198,112.73 (އެއްލައްކަ ނުވަދިހަ އަށްހާސް އެއްސަތޭކަ ބާރަ ރުފިޔާ ހަތްދިހަ ތިންލާރި) ރުފިޔާއިން އެ އުޅަނދުގެ ވެރިފަރާތް ވަނީ ޖޫރިމަނާ ކުރެވިފައެވެ. 

އޭގެ އިތުރުން، 30 ދުވަހުގެ ތެރޭގައި އީޕީއޭއަށް ޖޫރިމަނާގެ ފައިސާ ދެއްކުމަށް އެ އުޅަނދުގެ ދިވެހިރާއްޖޭގެ އެޖެންޓު، އެންޓްރެކް ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް 03 މެއި 2022 ގައި ވަނީ އަންގާފައެވެ.

އީޕީއޭދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު

ކޮމެންޓް

އިތުރަށް ކިޔާލަން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

އީއާރުއޭގެ އެންމެ އިސްވެރިޔާގެ މަގާމަކީ ސިޔާސީ މަގާމަކަށް ހަދާ، އެންމެ އިސްވެރިޔަކަށް ކުރީގެ ޑެޕިއުޓީ މިނިސްޓަރ ހައްސާން

20 އޯގަސްޓު 2025
އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

އދ. އަތޮޅު ފަރަށް އެރި ޔޮޓެއް 4.8 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފި

07 އޯގަސްޓު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025
ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

ގާހުދުވުމާއި ގުޅިގެން ފަރުތަކަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ބިންހިއްކުމާއި ފަޅު ފުންކުރުން މިވަގުތަށް ހުއްޓާލަނީ

09 މެއި 2024
އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

އީ.އައި.އޭއާ ހިލާފަށް ހިންނަވަރުގައި މަގުހެދުމުގެ މަޝްރޫއު ކުރިއަށްގެންދިއުމާ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓްރީ ދެލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފި

13 މާރިޗު 2024

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު