Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 4 މެއި 2022 | ބުދަ 02:40
ބްރޯޑްކޮމް

ބްރޯޑްކޮމް

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް 2022ށް ކުރިމަތިލުމުގެ ފުރުސަތު މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ހުޅުވާލައިފިއެވެ.

މިއީ ބްރޯޑްކާސްޓިން ދާއިރާއަށް ހާއްސަކޮށްގެން ބްރޯޑްކޮމްއިން އަލަށް ދޭން ނިންމާފައިވާ އެވޯޑެކެވެ. ބްރޯޑް ކޮމް އިން ބުނީ މި އެވޯޑް ދޭން ނިންމާފައިވަނީ، ދިވެހިރާއްޖޭގައި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި ޑިމޮކްރަސީ އާލާކޮށް ދަމަހައްޓާ އަދި ޤައުމު ބިނާކުރުމާއި، އެކި ދާއިރާތަކުން ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކޮށް މައުލޫމާތު މުއްސަނދި ކުރުމުގައި ބްރޯޑްކާސްޓިންގ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަދާކުރާ މުހިއްމު ދައުރުގެ އަގުވަޒަންކޮށް، މި ސިނާއަތުގެ ތަރައްޤީއަށް މަގުފަހިކޮށް ހިތްވަރު ދިނުމުގެ ގޮތުންކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ޓީވީ ސްޓޭޝަންތަކާއި އެ ތަންތަނުގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންގެ އިތުރުން ބްރޯޑްކާސްޓިން ދާއިރާ އަށް ހިދުމަތް ކޮށްދީފައިވާ ފަރާތްތަކަށް އެވޯޑް ދޭނެއެވެ. މީގެ އިތުރުން ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކަށް ވެސް އެވޯޑް ދޭނެއެވެ.

މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑް ދިނުމަށް ހަމަޖެހިފައިވާ ދާއިރާތައް:

އެންމެ މޮޅު ޑޮކިއުމެންޓަރީ ޕްރޮގްރާމް (ޗެނަލް އަދި އަމިއްލަ)

އެންމެ މޮޅު ކަރަންޓް އެފެއާޒް ޕްރޮގްރާމް

އެންމެ މޮޅު މުނިފޫހިފިލުވުމުގެ ޕްރޮގްރާމް

އެެންމެ މޮޅު ކުޑަކުދިންގެ ޕްރޮގްރާމް

އެންމެ މޮޅު ޑޭޓައިމް ޕްރޮގްރާމް

އެންމެ މޮޅު ދީނީ ހޭލުންތެރިކުރުމުގެ ޕްރޮގްރާމް

އެންމެ މޮޅު ކުޅިވަރު ޕްރޮގްރާމް

އެންމެ މޮޅު ތިމާވެށި ޕްރޮގްރާމް

އެންމެ މޮޅު އުފެއްދުންތެރި ޕްރޮގްރާމް (ޗެނަލް އަދި އަމިއްލަ)

އަހަރުގެ އިޖްތިމާއީ ޕްރޮގްރާމް (ޗެނަލް އަދި އަމިއްލަ)

އަހަރުގެ އެންމެ މޮޅު ކެމްޕެއިން (އިޖްތިމާޢީ ކެމްޕޭން އަދި މާރކެޓިންގ ކެމްޕޭން)

އެންމެ މޮޅު ނިއުސް އެންކަރ

އެންމެ މޮޅު ނޫސްވެރިޔާ

އެންމެ މޮޅު ޕްރޮގްރާމް ޕްރެޒެންޓަރ

އެންމެ މޮޅު ކެމެރާ ޕާރސަން

އެންމެ އުއްމީދީ ނޫސްވެރިޔާ

ބެސްޓް ބްރޯޑްކާސްޓިންގ ޗެނަލް

ބެސްޓް އިންކްލޫސިވް ބްރޯޑްކާސްޓަރ

އެންމެ އުފެއްދުންތެރި ޗެނަލް

ބްރޯޑްކާސްޓިންގ ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާފައިވާ ފަރާތަށް ދޭ އިނާމް ރީބްރޯޑްކާސްޓިންގ ހިދުމަތުގެ އެވޯޑް

ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އިނާމު ދިނުމަށް ހަމަޖެހިފައިވާ ދާއިރާތަކުގެ ޝަރުތުތައް އެކުލެވޭ ތަފްސީލާއި އެޕްލިކޭޝަން ފޯމް “މޯލްޑިވްސް ބްރޯޑްކާސްޓް އެވޯޑު ދިނުމުގެ އުޞޫލު” ގައި ބަޔާންކޮށްފައި ވާނެ ކަމަށެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 2 ޖޫން 2022 ވާ ބުރާސްފަތި ދުވަހުގެ 14:00އެވެ.

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި

15 ފެބުރުއަރީ 2017
ކައުންސިލަށް ކުރިމަތިލުމުގެ ޝަރުތުތަކަށް ބަދަލުގެނައި އިސްލާހުގެ ބިލް ރައީސް ތަސްދީގުކުރައްވައިފި
04 ފެބުރުއަރީ 2017

އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް

04 ފެބުރުއަރީ 2017
 އައްޑޫ އެވޯޑް: ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ހިތްވަރު ދިނުމުގެ އިނާމު ރާއްޖެޓީވީގެ ރިޒްނާއަށް
01 ފެބުރުއަރީ 2017

މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ

01 ފެބުރުއަރީ 2017
މޯލްޑިވްސް ޔުނައިޓެޑްގެ ކެބިނެޓާ ރައީސް ނަޝީދު ބައްދަލުކުރައްވަނީ
24 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި
23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު