Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލަންކާގެ ރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ

ރައީސް ގޮތަބަޔާއާއި ސަރުކާރުގެ އިތުބާރުނެތްކަމުގެ ވޯޓު ނަގަން އިދިކޮޅުން މަޖިލީހަށް

ލަންކާގެ އިދިކޮޅު ޕާޓީތަކުން ބުނަމުން އަންނަނީ، އެގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދޭނީ ރައީސާއި ބޮޑުވަޒީރު މަގާމުން ވަކިކުރެވިގެންކަމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 3 މެއި 2022 | އަންގާރަ 15:16
ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ

ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސައާއި ސަރުކާރުގެ އިތުބާރުނެތްކަމުގެ މައްސަލަ އެގައުމުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ، ސަމާގީ ޖާނާ ބަލަވެގަޔާ (އެސްޖޭބީ)އިން އެގައުމުގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓުކޮށްފައިވާގޮތުން އެސްޖޭބީން ވަނީ ރައީސް ގޮތަބަޔާއާއި ސަރުކާރުގެ އިތުބާރު ނެތްކުމުގެ މައްސަލަ މަޖިލީހުގެ ރައީސަށް އަންގާރަ ދުވަހު ހުށަހަޅާފައެވެ. އެގޮތުން އެޕާޓީން ދެ މައްސަލައެއް ހުށަހަޅާފައިވާކަމަށްވެއެވެ.

އެއީ ރައީސް ގޮތަބާޔާ ރާޖަޕަކްސަގެ އިތުރުބާރު ނެތްކަމުގެ މައްސަލައާއި ލަންކާގެ މިހާރުގެ މުޅި ސަރުކާރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކަަމަށް އެސްޖޭބީން ފާހަގަކުރެއެވެ.

އެސްޖޭބީން ވަނީ ވީހާވެސް އަވަހަށް މިމައްސަލައިގެ ވޯޓުލުން ކުރިއަށް ގެންދަން ބޭނުންވާކަމަށް ބުނެފައެވެ.

ލަންކާގެ މަޖިލީހުގެ މިމަހުގެ ފުރަތަމަ ބައްދަލުވުން އޮންނާނީ ބުދަ ދުވަހުއެވެ.

މީގެ އިތުރުން އެސްޖޭބީން ވަނީ މިހާރު ހުސްވެފައިވާ މަޖިލީހުގެ ނައިބުރައީސް ކަމުގެ މަގާމަށް މީހަކު އައްޔަނުކުރެއްވުމަށް އެޕާޓީން ނަމެއް ހުށަހަޅާނެ ކަމަށްވެސް ބުނެފައެވެ.

އެސްޖޭބީއާއި ޔުނައިޓެޑް ނެޝަނަލްސް ޕާޓީ ގުޅިގެން ރައީސް ގޮތަބަޔާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގައި ކުރިއަށް ގެންދަން ނިންމާފައިވާއިރު، ރައީސް ގޮތަބަޔާ ވަނީ ލަންކާގައި ހުރިހާ ސިޔާސީ ޕާޓީތަކެއް އެކުލެވޭ، ގުޅިފައިވާ ވަގުތީ ސަރުކާރެއް އެކުލަވާލުމަށް އިދިކޮޅަށް ހުށަހަޅުއްވާފައެވެ.

މަޖިލީހަށް ހުށަހަޅާފައިވާ މި ހުށަހެޅުމާއެކު ގާނޫނީ ގޮތުން ރައީސް މަގާމުން ވަކިނުކުރެވުނު ނަމަވެސް މަޖިލީހުގެ ތާއީދު ރައީސަށް ގެއްލިފައިވާކަން ކަށަވަރުވާނެކަމަށް އިދިކޮޅުން ފާހަގަކުރެއެވެ.

އިދިކޮޅުގެ ހުށަހެޅުމަށް ބޭނުންވާ ވަރަށް ވޯޓު ލިބި ސަރުކާރުގެ އިތުބާރު ނެތްކަމަށް ފާސްވެއްޖެނަމަ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާއި ކެބިނެޓް އިސްތިއުފާ ދޭންޖެހޭނެއެވެ.

ލަންކާގެ އިދިކޮޅު ޕާޓީތަކުން ބުނަމުން އަންނަނީ އެގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދޭނީ ރައީސާއި ބޮޑުވަޒީރު މަގާމުން ވަކިކުރެވިގެން ކަމަށެވެ.

އިތުރަށް ކިޔާލަން

02 ފެބުރުއަރީ 2017

ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި

02 ފެބުރުއަރީ 2017
ގެމްބިއާގެ އާ ރައީސް އަޑަމާ ބަރޯގެ ކެބިނެޓުގެ 10 ވަޒީރުން މަގާމުގެ ހުވާކުރައްވައިފި
28 ޖެނުއަރީ 2017

ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ

28 ޖެނުއަރީ 2017
ހޮނިހިރު ދުވަހު ރައީސް ޓްރަމްޕާއި ރައީސް ޕޫޓިން ފޯނުން މަޝްވަރާ ކުރައްވަނީ
27 ޖެނުއަރީ 2017

ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި

27 ޖެނުއަރީ 2017
ގެމްބިއާގެ ރައީސް ގައުމަށް އެނބުރިވަޑައިގަންނަވައިފި
26 ޖެނުއަރީ 2017

އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން

26 ޖެނުއަރީ 2017
އަސްތާނާގައި ބޭއްވި ސީރިޔާގެ ސުލްހައިގެ މަޝްވަރާތަކަކީ ޖެނިވާގައި ބާއްވާ މަަޝްވަރާތަކުގައި ބޭނުން ކުރެވިދާނެ އަސާސެއް: ރައީސް ޕުޓިން
26 ޖެނުއަރީ 2017

ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް

26 ޖެނުއަރީ 2017
ހެއިޓީގެ އިންތިޚާބީ ރައީސް ޖޮވެނެލް މޮއިސްއާ ދެކޮޅަށް ކޮރަޕްޝަންގެ ތުހުމަތުތަކެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު