Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ޝައްވާލު މަހުގެ 6 ރޯދަ

ގަޟާ ރޯދައާއި ޝައްވާލު މަހުގެ 6 ރޯދަ

ސުންނަތް ރޯދައަކާއެކު ފަރުޟު ރޯދައަކަށް ނިޔަތް ނުގަނެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 3 މެއި 2022 | އަންގާރަ 09:55
ރޯދަމަހުގެ ފަރުޟު ރޯދަތައް ހިފާފައި މެނުވީ ގަޟާ ރޯދަތަކެއް ނުހިފޭނެ

ރޯދަމަހުގެ ފަރުޟު ރޯދަތައް ހިފާފައި މެނުވީ ގަޟާ ރޯދަތަކެއް ނުހިފޭނެ

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާ އަލްވަދާއު ކިޔައިފިއެވެ. އަދި ޝައްވާލު މަސް ފެށިއްޖެއެވެ. މިގޮތުން ވަރަށް ގިނަ މީހުން ތިބެނީ ދެން ކަންކުރަންވާ ގޮތް ނޭގި އޮޅުމެއްގެ ތެރޭގައެވެ. ތިމަންމެން ފުރަތަމަ ހިފާނީ ހަ ރޯދަތޯ ނުވަތަ އެކިއެކި ޙާލަތުގައި ގެއްލިފައިވާ ޤަޟާ ރޯދަ ހިފާނީ ތޯ، މިއީ ގިނަ ބަޔަކު ކުރާ ސުވާލެކެވެ. ސުވާލު ކުރުމަކީ ރަނގަޅުކަމެކެވެ. ކަންކަން ކުރަންވާނީ އެކަންކަމުގެ ސައްޚަ މައުލޫމާތު އެނގި ތިބެގެންނެވެ.

މި ހަދުވަހު ރޯދަ ފަރުޟާ އެއްކޮށްލައިގެން ހިފިދާނެތޯ ނުވަތަ ކޮންމެ ބާވަތެއްވެސް ހިފަންޖެހޭނީ ވަކިވަކިންތޯއެވެ؟ މި މައްސަލައާމެދު ވަރަށްގިނަ ޢިލްމުވެރިން ދެކެވަޑައިގަންނަވާ ގޮތުގައި ސުންނަތް ރޯދައަކާއެކު ފަރުޟު ރޯދައަކަށް ނިޔަތް ނުގަނެވޭނެއެވެ. ޤަޟާ ރޯދަތައް ހިފުމުގެ ކުރިން ސުންނަތް ރޯދަ ހިފުން ހުއްދަވެގެން ނުވެއެވެ.

ދާރުލް އިފްތާއިން ދެކޭ ގޮތުގައި ޝައްވާލު މަހު ހަ ރޯދައަކީ ފަހުގެ ގިނަ ޢިލްމުވެރިންގެ އަރިހުގައި މުސްތަޙައްބު ސުންނަތެކެވެ. އެރޯދަ ހިފަން ފަށާނީ ވަޅު ޢީދު ދުވަހުން ފެށިގެންނެވެ. ލޮބުވެތި ރަސޫލާ ޙަދީޘު ކުރައްވާފައިވާ ފަދައިންނެވެ. [مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتًّا مِنْ شَوَّالٍ فَذَاكَ صِيَامُ الدَّهْرِ] (މާނައީ: ރަމަޟާން މަހު ރޯދަ ހިފައި ދެން އެއާގުޅިގެން ޝައްވާލު މަހުގެ ހަދުވަސް އިތުރު ކޮށްފި މީހާއަށް އެ ހިފުނީ މުޅި އަހަރުގެ ރޯދައެވެ.) ވުމާއެކު މުސްލިމަކު ވަޅުޢީދު ދުވަހުން ފެށިގެން ހަ ރޯދަ ހިފުމީ އެންމެ މޮޅުގޮތެވެ. އެހެނަސް ޝައްވާލު މަހުގެ ތެރޭގައި އެކުއެކީވެސް ނުވަތަ ވަކިވަކީން ވެސް ހަރޯދަ ހިފައިފިނަމަ ސުންނަތް އަދާކޮށްފިއެވެ. އެއްވެސް އުނިކަމެއްނެތި އެމީހަކަށް އެކަމުގެ ސަވާބު ދެއްވާނެއެވެ.

ރަމަޟާން މަހުން ރޯދަތަކެއް ޤަޟާކުރަން ޖެހިފައިވާމީހަކު އެރޯދަތައް ޤަޟާނުކޮށް ޝައްވާލު މަހުގެ ހަ ރޯދަ ހިފައިފިނަމަ، ރަމަޟާން މަހުގެ ރޯދަ ހިފުމަށް ފަހު ޝައްވާލު މަހު ހަ ރޯދަ ހިފިކަމަކަށް ނުވާނެއެވެ. އެއީ ރަމަޟާން މަހުގެ ބައެއް ރޯދަ ނުހިފި ހުރުމުންނެވެ. ރަމަޟާން މަހުން ޤަޟާ ކުރަންޖެހިފައިވާ ރޯދަތައް ޤަޟާކުރުމުން ނޫނީ ރަމަޟާން މަސް އެއްކޮށް ރޯދަ ހިފި ކަމަކަށް ނުވާނެއެވެ. އެއީ ދަތުރެއްގެ ސަބަބުން ނުވަތަ ބަލިވެގެން ރޯދަ ނުހިފުނު ކަމުގައިވިޔަސްމެއެވެ.

އޭނާ ފަށަންވާނީ ރަމަޟާން މަހުގެ ރޯދަތައް ޤަޟާކުރާށެވެ. ދެން އެއަށް ފަހު، އޭނާއަށް އެކަމަށް ކުޅަދާނަކަން ލިބިގެންވާނަމަ ޝައްވާލު މަހު ހަ ރޯދަ ހިފާނީއެވެ. ޙައިޟު ނުވަތަ ނިފާސްގެ ސަބަބުން ރޯދަތަކެއް ދޫވެފައިވާ އަންހެނާވެސް ކަންތައްކުރުން އޮތީ ހަމަ އެފަދައިންނެވެ. އެއީ ޝައްވާލު މަހުގައި އެރޯދަތައް ޤަޟާކުރުމަށް ފަހު، އޭނާއަށް ކުޅަދާނަކަން ލިބިގެންވާނަމަ، ޝައްވާލު މަސް ނިމުމުގެ ކުރިން އިތުރަށް ހަ ރޯދަ ހިފުމެވެ. ރޯދަތަކެއް ޤަޟާ ކުރަން ޖެހިފައިވާ މީހަކު، ފުރަތަމަ ޝައްވާލު މަހުގެ ހަ ރޯދައިން ނުފެށޭނެއެވެ.

ޝައްވާލު މަހުގެ 6 ރޯދަ ހިފުމުގައި ބައެއް ކަހަލަ ސުވާލު ފެންމަތިވާ ފަހަރުތައް މަދުމަދުން ނަމަވެސް އާދެއެވެ. އެގޮތުން އެންމެ ޢާންމު ސުވާލެއް ގޮތުގައި ފާހަގަވަނީ ރަމަޟާންމަހު ގެއްލުނު ރޯދަތައް ހިފުމުގެ ކުރިން ޝައްވާލުމަހުގެ 6 ރޯދަ ހިފިދާނެތޯ ކުރާ ސުވާލެވެ.

މި ކަމުގައި ދެ ރައުޔެއް އޮވެއެވެ. ފުރަތަމަ ރައުޔަކީ އިމާމް އަޙްމަދު ރަޙިމަހުﷲ ގެ މަޒްހަބުގެ ރަޢުޔެވެ. އެއީ ޝައްވާލުމަހުގެ 6 ރޯދަ ހިފަން ޖެހޭނީ ރަމަޟާންމަހުގެ ރޯދަތައް ހިފައި ފުރިހަމަ ކުރުމަށް ފަހުގައި ކަމެވެ. މިކަމުގެ ދަލީލަކީ އިސްވެ ބުނެފައިވާ ޙަދީޘްގައި ”ރަމަޟާންމަހު ރޯދަ ހިފުމަށްފަހު އެއާ ވިދިގެން“ މިހެން އައިސްފައިވުމެވެ. އެހެން ކަމުން އެންމެ ޞައްޙަ ގޮތް ކަމަށް ޖުމްހޫރު ޢިލްމުވެރިން ވިދާޅުވަނީ ރަމަޟާންމަހުގެ ރޯދަ ހިފައި ނިންމުމަށްފަހު ޝައްވާލު މަހުގެ 6 ރޯދަ ހިފުމެވެ.   

ދެވަނަ ރައުޔަކީ، އިމާމް އަބޫޙަނީފާ ރަޙިމަހުﷲ، އާއި އިމާމް މާލިކު ރަޙިމަހުﷲ، އާއި އިމާމް ޝާފިޢީ ރަޙިމަހުﷲ ގެ މަޒްހަބުގެ ރައުޔެވެ. އެއީ، ރަމަޟާން މަހުގެ ރޯދައިގެ ތެރެއިން ގެއްލުނު ރޯދަ ހިފުމުގެ ކުރިން ޝައްވާލު މަހުގެ 6 ރޯދަ ހިފުމަކީ ހުއްދަވެގެންވާ ކަމެއް ކަމުގައެވެ. މިކަމުގެ ދަލީލަކީ ބަޤަރާ ސޫރަތުގެ 185 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެވެ.  އެ އާޔަތުގެ މާނައިގައިވެއެވެ. ”އަދި ބަލިވެ އުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އަދަދު ހަމަކުރުން ހުއްޓެވެ.“ މި އާޔަތުގައި އަންގަވައިވަނީ ރޯދަ ޤަޟާ ކުރަން ޖެހޭނެ ވާހަކައެވެ. އެއްވެސް ޙާލެއްގައި ރަމަޟާން މަހާއި ވިދިގެން އެ ރޯދަ ހިފުމަށް ނުވަތަ އޭގެ ކުރިން އެހެން ރޯދައެއް ނުހިފުމަށް އަންގަވައިފައެއް ނުވެއެވެ.

ޤަޟާ ރޯދަ ހިފަމުންދާއިރު ޝައްވާލުމަހުގެ 6 ރޯދައާއި އެއްކޮށް ނިޔަތްގަނެ ދެކަން އެކީ ޙާސިލްކުރެވިދާނެތޯ ވަރަށް ގިނަ މީހުން ސުވާލު އުފައްދައެވެ. ޢިލްމުވެރިން މިއަށް ދެއްވާ ޖަވާބަކީ ފަރުޟު ރޯދައާއި ޝައްވާލުމަހުގެ 6 ރޯދައިގެ ނިޔަތް ޖަމްޢު ނުކުރެވޭނެ ކަމެވެ.  އެހެންކަމުން މުޅި އަހަރު ރޯދަ ހިފިކަމުގެ ޘަވާބު ލިބޭނީ ރަމަޟާން މަހުގެ ރޯދަތައް ހިފައި ނިންމާފައި ޝައްވާލުމަހުގެ ރޯދަ ހިފީމައެވެ.

ޝައްވާލުމަހުގެ 6 ރޯދަ ޖައްސަޖައްސައިގެން ހިފުމަކީ ލާޒިމެއް ނޫނެވެ. މީގެ ދަލީލަކީ ޙަދީޘްގައި ޝައްވާލުމަހުގެ ރޯދަ ހިފުމަށް އަންގަވާފައި ވާއިރު ވަކި ގޮތަކަށް ހިފުމަށް އަންގަވާފައި ނެތުމެވެ. އެހެންކަމުން އެ މީހަކަށް ފަސޭހަ ގޮތަކަށް ޝައްވާލުމަހުގެ 6 ރޯދަ ހިފިދާނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރޯދައާ ގުޅޭ މައުލޫމާތު

ރޯދައާ ގުޅޭ މައުލޫމާތު

14 ޖޫން 2018
ކޮންމެހެން ކިޔާލަންޖެހޭ، ރޯދައާ ގުޅޭ މުހިންމު ސުވާލުތަކެއް ޖަވާބާއެކު

ކޮންމެހެން ކިޔާލަންޖެހޭ، ރޯދައާ ގުޅޭ މުހިންމު ސުވާލުތަކެއް ޖަވާބާއެކު

15 މެއި 2018
ރަމަޟާން މަހުގެ ރޯދަ ޤަޟާކުރުން

ރަމަޟާން މަހުގެ ރޯދަ ޤަޟާކުރުން

15 މެއި 2018
ރޯދަ މަކުރޫހަވުން އަދި ރޯދަ ވީއްލުން ހުއްދަކުރާ ޢުޒުރުތައް

ރޯދަ މަކުރޫހަވުން އަދި ރޯދަ ވީއްލުން ހުއްދަކުރާ ޢުޒުރުތައް

15 މެއި 2018
ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

ރޯދަ ވާޖިބު ވުމާއި ޞައްޙަވުމުގެ ޝަރުޠުތައް

15 މެއި 2018

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު