Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއިދިކޮޅުން ހިންގާ އިންޑިއާ އައުޓް ޙަރަކާތް

ރައީސްގެ ޤަރާރާއި، ކޯޓު އަމުރާ ޚިލާފަށް އިންޑިއާ އައުޓް ކެމްޕޭން ހިންގާތީ ފުވާދުގެ ކަންބޮޑުވުން

އީސީން އަބަދުވެސް މަސައްކަތް ކުރަނީ ސިޔާސީ ޕާޓީތަކަށް ފުރުސަތުތައް ދީގެން ކަންކަން އިސްލާޙު ކުރުމަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 މެއި 2022 | އަންގާރަ 07:16
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީގު

ރައީސުލްޖުމްހޫރިއްޔާގެ ޤަރާރާއި، ކްރިމިނަލް ކޯޓުގެ އަމުރާ ޚިލާފަށް، އިންޑިއާ އައުޓް ކެމްޕޭން ހިންގުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުވާދު ތައުފީޤު ވިދާޅުވެއްޖެއެވެ.

ފުވާދު ވިދާޅުވީ، އިލެކްޝަންސް ކޮމިޝަން، އީސީން އަބަދުވެސް މަސައްކަތް ކުރަނީ ސިޔާސީ ޕާޓީތަކަށް ފުރުސަތުތައް ދީގެން ކަންކަން އިސްލާޙު ކުރުމަށް ކަމަށެވެ. އެގޮތުގެ މަތިން މީގެ ކުރިންވެސް ސިޔާސީ ބައެއް ޕާޓީތަކަށް ނަސޭޙަތް ދެވިފައިވާއިރު، މި މައްސަލައަކީ އީސީންވެސް ނުހަނު ކަންބޮޑުވާ މައްސަލައެއްކަމަށް ފުވާދު ވިދާޅުވިއެވެ.

ފުވާދު ވިދާޅުވީ، އީސީން އެ ކަންކަން ގާތުން ބަލަމުންދާނެ ކަމަށެވެ. އެގޮތުން ޕާޓީއަކާމެދު ފިޔަވަޅު އެޅުމުގެ ކުރިން އީސީން އަމަލުކުރާ ޤަވާއިދުތަކެއްވެސް އެކަށައެޅިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން އެކި މަރުޙަލާތައް ހިމެނޭއިރު، ޤާނޫނާ ޚިލާފުވާ ޕާޓީތައް އުވާލެވޭ މަރުޙަލާއެއްވެސް އޮންނަކަން ފުވާދުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެ މަރުޙަލާއަށް ދިއުމަކީ ޑިމޮކްރަސީއަށް ލިބޭނެ އުނިކަމެއްކަން ފާހަގަކުރައްވައި ފުވާދު ވިދާޅުވީ، އީސީން މަސައްކަތް ކުރަނީ ޕާޓީތަކަށް ވީހާވެސް ފުރުސަތު ދީގެން ކަންކަން އިސްލާޙު ކުރުމަށް ކަމަށެވެ.

ސިޔާސީ ބޭނުމެއްގައި ވަކި ޤައުމަކާއި ދެކޮޅަށް ރާވައިގެން ހިންގާ ކެމްޕޭނުތަކަކީ ޤައުމީ ސަލާމަތާ ގުޅުންހުރި ކަމެއްކަމަކަށްވާތީ އެފަދަ ހަރަކާތްތައް ހުއްޓުވުމަށް ކަނޑައަޅައި، ތަންފީޛުކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް އަންގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ނެރުއްވާފައިވާ ޤަރާރަށް ސިޔާސީ ޕާޓީތަކުން ބޯލަނބަން ޖެހޭކަމަށްވެސް ފުވާދު ވިދާޅުވެއެވެ.

އިންޑިޔާއާ މެދު ނަފުރަތު އުފެއްދުމަށް ހިންގާ ހަރަކާތަކީ ޤައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމުގައި، ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ބައްދަލުވުމުގައި ކަނޑައަޅާފައިވާކަން ބަޔާން ކުރައްވައި، ރައީސް އެ ޤަރާރު ނެރުއްވާފައިވަނީ 21 އޭޕްރީލް 2022 ގައެވެ.

ރައީސް އެގޮތަށް ޤަރާރު ނެރުއްވުމާއެކު އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ގެންދަނީ އިންޑިޔާ އައުޓް ލިޔުމުގައި އަކުރުތައް ބަދަލުކޮށްގެން އަނެއްކާވެސް ގޭއްގޭގައި ބެނަރތައް ހަރުކުރަމުންނެވެ. އެ ބެނަރތައްވެސް ފުލުހުން ގެންދަނީ ނަގަމުންނެވެ. ނަމަވެސް އެ ޙަރަކާތް ނުހުއްޓުވޭނެކަމަށް ބުނެ ޕީޕީއެމްއިން ވަނީ ޓްވީޓުކޮށްފައެވެ. އެހެންނަމަވެސް ނުސީދާ އިބާރާތްތަކާއި ކުރެހުންތައް ބޭނުންކޮށްގެން "އިންޑިއާ އައުޓް" ކެމްޕޭން ހިންގުމަށް ކުރަމުންދާ ކަންތައްތަކަކީ ކޯޓު އަމުރަށް ގޮން ޖެހުމުގެ އަމަލުތަކެއްކަމަށް ބެލެވޭނެކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ، އިންޑިއާގެ ރަސްމީ ދިދައިގެ ހުރުމަތް ކެނޑޭފަދަ، އަދި އިންޑިއާގެ ދިދައަށް އިހުތިރާމް ކުޑަވާފަދަ ކުރެހުންތަކުގެ ގްރެފިޓީއާއި ބެނަރތައް މާލޭގެ އެކި ތަންތަނުގައި ހަރުކުރަމުން ގެންދަނީ ކޯޓު އަމުރާއި، ނިންމުމަށް ގޮންޖެހުމަށް ކަމަށެވެ.

އެއީ ނުސީދާ އިބާރަތްތަކާއި ކުރެހުންތައް ބޭނުންކޮށްގެން ކެމްޕޭންގެ މެސެޖުތައް ފާޅުކުރުމުގެ ގޮތުން ކުރާ ކަމެއްކަމަށް ބެލުމުގެ އިހުތިމާލު އޮތްކަން އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ

25 ޖެނުއަރީ 2017
ނަޝީދު ސަރުކާރުގައި ފިޝަރީޒް މިނިސްޓްރީން ޤަވާއިދާ ޚިލާފަށް ވަޒީފާ ދިން ވާހަކައަކީ ދޮގެއް: އޭސީސީ
25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
20 ޖެނުއަރީ 2017

ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި

20 ޖެނުއަރީ 2017
ކެންޑިޑެންސީ ބާތިލްކުރި މައްސަލަ ހައިކޯޓުން ބަލައިގެންފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު