Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޑިއާ އައުޓް ކެމްޕޭން

"ނުސީދާ އިބާރަތްތަކާއި ކުރެހުންތައް ބޭނުންކޮށްގެން "އިންޑިއާ އައުޓް" ކެމްޕޭން ހިންގުމަކީ ކޯޓު އަމުރަށް ގޮންޖެހުން"

އެއީ ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާވެސް ދެކޮޅު ހަރަކާތެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 މެއި 2022 | ހޯމަ 11:43
އިންޑިއާ އައުޓްގެ ސްޕެލިންގ ބަދަލުކޮށްގެން ގެއެއްގައި ހަރުކޮށްފައިވާ ބެނަރއެއް

އިންޑިއާ އައުޓްގެ ސްޕެލިންގ ބަދަލުކޮށްގެން ގެއެއްގައި ހަރުކޮށްފައިވާ ބެނަރއެއް

ނުސީދާ އިބާރާތްތަކާއި ކުރެހުންތައް ބޭނުންކޮށްގެން "އިންޑިއާ އައުޓް" ކެމްޕޭން ހިންގުމަށް ކުރަމުންދާ ކަންތައްތަކަކީ ކޯޓު އަމުރަށް ގޮން ޖެހުމުގެ އަމަލުތަކެއްކަމަށް ބެލެވޭނެކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.

މިދިޔަ އޭޕްރީލް މަހުގެ 21 ވަނަ ދުވަހު ރައީސް ނެރުއްވި ގަރާރެއްގައި ބުނެފައިވަނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީން ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި އެއްވެއުޅުމުގެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގައި އިންޑިޔާއާ ދެކޮޅަށް ހިންގާ ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ސުލްހަމަސަލަސްކަން ނަގާލުމުގެ ނިޔަތުގައި ރާވައިގެން ހިންގަމުންގެންދާ ކެމްޕޭނެއް ކަމަށެވެ.

Advertisement - newsAdvertisement

އިދިކޮޅުން ހިންގާ ހަރަކާތަކީ، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެއްކަމަށް ގަރާރުގައި ބުނެފައިވެއެވެ.

ރައީސްގެ ގަރާރު ތަންފީޒުކުރުމުގެގޮތުން ފުލުހުން އަންނަނީ، މާލޭގެ އެކި ސަރަހައްދުތަކުގައި އިދިކޮޅުން ދަމަމުން އަންނަ އިންޑިއާ އައުޓް ބެނަރތައް ނަގަމުންނެވެ.

އެގޮތުގެ މަތިން ކޯޓު އަމުރުގެ ދަށުން ބައެއް ބެނަރތައް ނަގާފައިވީނަމަވެސް، އިންޑިއާ އައުޓްގެ ސްޕެލިންގ ބަދަލުކޮށްގެންނާއި، އިންޑިއާގެ ދިދަ ރަމްޒުވާގޮތަށް ގްރެފިޓީ ބޭނުންކޮށްގެން މި ކެމްޕޭން ގެންދަނީ ފުޅާކުރަމުންނެވެ. އޭގެތެރޭގައި ޕީޕީއެމް އޮފީސް ހިންގާ ހ. ހުރަފާ ގޭގައިވެސް އަލުން އިންޑިއާ އައުޓް ބެނަރ ދަމާފައިވާއިރު، ފުލުހުން ވަނީ ކޯޓު އަމުރުގެ ދަށުން އެ ބެނަރވެސް ނަގާފައެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ފުލުހުން ކޯޓު އަމުރަށް އެދި ހުށައަޅާފައިވަނީ، ބައިނަލްއަގުވާމީ ގުޅުންތަކަށް ނުރަނގަޅު އަސަރުކުރާގޮތަށް، އަދި އިންޑިއާގައި ދިރިއުޅޭ، އަދި އެގައުމަށް ޒިޔާރަތްކުރާ ދިވެހި ރައްޔިތުންގެ މަސްލަހަތަށް ބުރޫއަރާގޮތަށް، އެ ގައުމަށް ނިސްބަތްކޮށް ނަފްރަތާއި ފިތުނަ އުފައްދާކަމަށް ބަޔާންކޮށްފައެވެ.

އިންޑިއާގެ ގަދަރާއި ކަރާމަތަށް އުނިކަން ލިބޭފަދަ ގޮތަކަށް ކ. މާލެ ހ. ހުރަފާގޭގެ އިމާރާތުގެ ބޭރުގައި އާއްމުކޮށް ފެންނާނެހެން ބެނަރއެއް ހަރުކޮށްފައިވާއިރު، އިންޑިއާއާ ދެކޮޅުކަން ހާމަވާފަދަ ގޮތަކަށް، އެގައުމުގެ ގައުމީ ދިދައިގެ ކުލައާއި ނިޝާންތައް ބޭނުންކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

ކްރިމިނަލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ، އިންޑިއާގެ ރަސްމީ ދިދައިގެ ހުރުމަތް ކެނޑޭފަދަ، އަދި އިންޑިއާގެ ދިދައަށް އިހުތިރާމް ކުޑަވާފަދަ ކުރެހުންތަކުގެ ގްރެފިޓީއާއި ބެނަރތައް މާލޭގެ އެކި ތަންތަނުގައި ހަރުކުރަމުން ގެންދަނީ ކޯޓު އަމުރާއި، ނިންމުމަށް ގޮންޖެހުމަށް ކަމަށެވެ.

އެއީ ނުސީދާ އިބާރަތްތަކާއި ކުރެހުންތައް ބޭނުންކޮށްގެން ކެމްޕޭންގެ މެސެޖުތައް ފާޅުކުރުމުގެ ގޮތުން ކުރާ ކަމެއްކަމަށް ބެލުމުގެ އިހުތިމާލު އޮތްކަން އަމުރުގައި ވަނީ ފާހަގަކޮށްފައެވެ.

ކްރިމިނަލް ކޯޓުން މި އަމުރު ނެރުމުގައި ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނަމްބަރު 5/2022 ގަރާރަށް ރިއާޔަތްކޮށްފައިވެއެވެ.

ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ޕީޕީއެމް އޮފީހުގައި ފަހުން ހަރުކުރި ބެނަރ ނެގުމަށް 1 މޭގައި ފުލުހުން ވަނީ އެ ގޭގެ ވެރިފަރާތަށް އަންގާފައެވެ. އެހެންނަމަވެސް، އެ އެންގުމަށް އަމަލުކޮށްފައިނުވާތީ، ކޯޓު އަމުރު ހޯދައިގެން ގޮސް ފުލުހުން އެ ބެނަރ ނަގާފައިވަނީ އާދިއްތަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

ގެއްލުނު ދޯނި ހޯދުމަށް ލަންކާއާއި އިންޑިއާގެ އެހީތެރިކަމަށް އެދިއްޖެ

26 ފެބުރުއަރީ 2017
ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

ޗައިނާއަށް ރަށްތަކެއް ދޭންއުޅޭތީ ކަންބޮޑުވުން ފާޅުކުރެއްވުމަށްފަހު އިންޑިއާގެ ސްޓޭޓް މިނިސްޓަރ ފުރާވަޑައިގެންފި

23 ފެބުރުއަރީ 2017
އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

އިންޑިއާގެ މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެކްސްޓަރނަލް އެފެއާޒް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

މަހުލޫފް ބޭސްފަރުވާ އަށް އިންޑިއާއަށް ފުރާވަޑައިގެންފި

21 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު