Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
އިސްލާމް
އީދު ޚުތުބާ

ގައުމުގެ އަމާންކަމަށް ބުރޫއަރާނެ ކަންކަމުން ދުރުވާންޖެހޭ: އީދު ޚުތުބާ

ވަތަނުގެ އަމާންކަމަކީ މާތް ﷲ އިންސާނާއަށް ދެއްވާނެ އެންމެ ބޮޑު އެއް ނިއުމަތް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 2 މެއި 2022 | ހޯމަ 10:41
ފިތުރު އީދު ނަމާދުގެ ތެރެއިން

ފިތުރު އީދު ނަމާދުގެ ތެރެއިން

ގައުމުގެ އަމާންކަމަށް ބުރޫ އަރާނެ ކަންކަމުން ދުރުވާންޖެހޭކަމަށް މިއަދުގެ އީދު ޚުތުބާގައި ބުނެފިއެވެ.

ފިތުރު އީދުގެ މުނާސަބަތުގައި ރާއްޖޭގެ ކަންކޮޅުތަކަށް މިއަދު އިއްވި ޚުތުބާގައި ވަނީ، ވަތަނުގެ އަމާންކަމަކީ މާތް ﷲ އިންސާނާއަށް ދެއްވާނެ އެންމެ ބޮޑު އެއް ނިއުމަތް ކަމަށެވެ. އެއީ ތަރައްގީއާއި ހިތްހަމަޖެހުން ލިބުމުގެ އަސާސްކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ، އެއީ ކޮންމެ އިޚްލާސްތެރިއަކުވެސް ދަހިވެތިވާނެ ކަމެއް ކަމަށެވެ.

އަދި ރަސޫލު ބޭކަލުންވެސް އެކަމަށްޓަކައި ދުއާކުރައްވާފައި ވާކަމަށެވެ. އެގޮތުން އިބްރާހީމްގެފާނު ދުއާކުރެއްވިއިރުވެސް، އެންމެ އިސްކަމެއް ދެއްވި އެއް ކަމަކީ ވަތަނުގެ އަމާންކަން ކަމަށް ޚުތުބާގައި ފާހަގަކުރިއެވެ.

އެ ދުއާފުޅުގައި ކާބޯތަކެއްޗަށްވުރެވެސް އިސްކަން ދެއްވާފައިވަނީ އެ ރަށުގެ އަމަންއަމާންކަމާ ގުޅޭގޮތުންކަމަށް ޚުތުބާގައިވެއެވެ.

އަމާންކަމެއް ނެތް ތަނެއްގައި ހަމަޖެހުމެއް އަދި ހިތްހަމަޖެހުމެއްވެސް ނޯންނާނެކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ، އެންމެންވެސް ގައުމުގެ ސުލްހަމަސަލަސް ކަމަށްޓަކައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އަދި ޤައުމުގެ އަމާންކަމަށް ބުރޫ އަރާފާނެފަދަ ކަމެއް އެއްވެސް ފަރާތަކުން ކޮށްގެން ނުވާނެކަމަށެވެ.

ޚުތުބާގައި ބުނެފައިވަނީ، އެމީހެއްގެ ހަކަތަ ގައުމަށްޓަކައި ހުސްކޮށްލުމުގެ ރޫހު އަށަގަންނުވަން ޖެހޭކަމަށެވެ.

އޭގެ އިތުރުން، ރަމަޟާން މަހު ނަމާދުކޮށް، ރޭއަޅުކަން ކޮށް ރޯދަ ހިފައި އުޅޭ ބައެއް މީހުންވެސް ރަމަޟާން މަސް ނިމުމުން އެކަންކަމުން ދުރުހެލިވާކަން ފާހަގަކޮށް ޚުތުބާގައިވަނީ، މި މާތް މައްސަރުން ދަސްކޮށްދިން ފިލާވަޅުތަކުގެ މަތީގައި ދެމިތިބުމަށް އިލްތިމާސް ކޮށްފައެވެ. އެގޮތުން ތިމާގެ އަތާއި ދުލުން އެހެން މުސްލިމުން ރައްކާތެރި ކުރަންޖެހޭނެކަމަށްވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

އިގްތިސާދީ ގޮތުން ފުދުންތެރި ބަޔަކަށް ދިވެހީން ވާން ޖެހޭ ނަމަވެސް ބިދޭސީންގެ އަތްތަކަށް ދަނީ ބަރޯސާވަމުން: ޚުތުބާ

12 ޑިސެމްބަރު 2025
ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

ދުންފަތުގެ އިސްތިއުމާލު ކުރުމީ ބޮޑު އިސްރާފެއް، އިސްރާފު ކުރުމަކީ ހަރާމް ކަމެއް: ޚުތުބާ

05 ޑިސެމްބަރު 2025
އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

އަދުގެ މުޖުތަމައު ގައި ފާހިޝް ކަންތައްތައް ފެތުރުމުގެ އެންމެ ބޮޑު ދައުރެއް އަދާކުރަނީ ނޫސް މަޖައްލާތަކާއި، ޓީވީތަކާއި، ރޭޑިއޯ ތައް: ޚުތުބާ

28 ނޮވެމްބަރު 2025
ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

ނަމާދަށް ފަރުވާތެރިވޭ، އުޒުރަކާ ނުލައި ނަމާދު އެޅުމަކީ އެ މީހެއްގެ މައްޗަށް މާތްﷲގެ ކޯފާ އަންނާނެ ކަމެއް: ޚުތުބާ

21 ނޮވެމްބަރު 2025
މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

މުޖުތަމައުގައި ނޭދެވޭ ކަންތައްތައް ހިނގަނީ އީމާންކަމުގެ ބިންގާ ހަރުދަނާ ގޮތެއްގައި ފަރުދުންގެ ހިތްތަކުގައި އެޅިފައި ނެތުމުން: ޚުތުބާ

14 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު