Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބު

އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް 4 ބިލިއަން ރުފިޔާގެ އާމްދަނީއެއް

30 އެޕްރީލު 2022 | ހޮނިހިރު 10:25

ސާފު ފައިދާގެ ގޮތުގައި 177 މިލިއަން ރުފިޔާ ލިބިފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 30 އެޕްރީލު 2022 | ހޮނިހިރު 10:25
އެސްޓީއޯ

އެސްޓީއޯ

މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 4 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.

އެސްޓީއޯގެ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ހިސާބުތައް އެސްޓީއޯއިން ވަނީ އާންމުކޮށްފައެވެ.

ނިމިދިޔަ ކުއާޓަރުގައި ކުންފުނީގެ ޖުމްލަ އާމްދަނީއަކީ 4 ބިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 23 އިންސަައްތައިގެ އިތުރުވުމެއްކަމަށް އެސްޓީއޯއިން ބުނެއެވެ. އެސްޓީއޯއިން ބުނީ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިޔުމާއެކު، އެސްޓީއޯއިން ވިއްކި ތެލުގެ އަދަދު އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 14 އިންސައްތަ އިތުރުވެފައިވުން ކަމަށެވެ. އަދި ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތައް ކުރިއަރައި، މި ވިޔަފާރިތަކުން ލިބުނު އާމްދަނީ އިތުރުވެފައިވުމުން ކަމަށް އެސްޓީއޯއިން ބުނެއެވެ.

ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވުމާއެކު، ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު، 71.6 މިލިއަން ރުފިޔާ އިތުރުވެފައެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު، 18 އިންސައްތައިގެ ކުރިއެރުމެކެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ބޮޑުވިނަމަވެސް، އެ ނިސްބަތުން އެސްޓީއޯއިން ތެލުގެ އަގުތައް ބޮޑުކޮށްފައިނުވާކަން އެސްޓީއޯއިން ފާހަގަކުރެއެވެ. އަދި ރަމަޟާން މަހަށް ޚާއްސަކޮށް، ރައްޔިތުންނަށް ބޭނުންވާ ތަކެތި އެތެރެކޮށް ހެޔޮ އަގުގައި ފޯރުކޮށްދިނުމަށް އިސްކަމެއް ދީފައިވާނެކަމަށް އެސްޓީއޯއިން ބުނެފައިވެއެވެ. އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ދެމުން ގެންދިޔަ ޚިދުމަތްތައް ފުޅާކޮށް، ތަފާތު މުދަލާއެކު، 13 މާރިޗް 2022ގައި އައު ޑިޕާރޓްމަންޓް ސްޓޯރެއް ހުޅުވިފައިވާކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

އެސްޓީއޯގެ ހިންގުމުގެ ޚަރަދު، 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ވަނީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު ގާތްގަނޑަކަށް 10 އިންސައްތަ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބަކީ ޕްރޮވިޝަން އިތުރުވެފައިވުން ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.

ޓެކުހަށް ކެނޑުމުގެ ކުރިން، އެސްޓީއޯގެ 2022 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ފައިދާއަކީ 177 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަލާއިރު 15 އިންސައްތައިގެ އިތުރުވުމެކެވެ. އަދި ޓެކުހަށް ކެނޑުމަށްފަހު މި ކުއާޓަރުގެ ސާފު ފައިދާއަކީ 150 މިލިއަން ރުފިޔާއެވެ. މިއީ އޭގެ ކުރީ ކުއާޓަރާ އަޅާބަަލާއިރު 14 އިންސައްތައިގެ އިތުރުވުމެކެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

4

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ

04 މާރިޗު 2017
 ސެކިއުރިޓީސްގެ އަދަދު 23.1 ބިލިއަން ރުފިޔާ، އިގްތިސާދުގައި ހުރި ޖުމްލަ ފައިސާ 30.4 ބިލިއަން ރުފިޔާ: އެމްއެމްއޭ
16 ފެބުރުއަރީ 2017

ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި

16 ފެބުރުއަރީ 2017
ޑިވިޑެންޑްގެ ގޮތުގައި 1.1 ބިލިއަން ރުފިޔާ ބެހުމަށް ދިރާގުން ހުށަހަޅައިފި
14 ފެބުރުއަރީ 2017

2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!

14 ފެބުރުއަރީ 2017
2.2 ބިލިއަން ރުފިޔާއާ އެކު މިރާ އަށް މަހަކު އެންމެ ބޮޑު އާމްދަނީއެއް ލިބުނީ މިއަހަރުގެ ޖެނުއަރީ މަހު!
06 ފެބުރުއަރީ 2017

އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ

06 ފެބުރުއަރީ 2017
 އިމްޕޯޓް ޑިއުޓީން 2.6 ބިލިއަން ރުފިޔާ ލިބިއްޖެ
04 ފެބުރުއަރީ 2017

ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ

04 ފެބުރުއަރީ 2017
ޑިސެމްބަރު މަސް ނިމުނު އިރު އިގްތިސާދުގައި ހުރީ 30.5 ބިލިއަން ރުފިޔާ-އެމްއެމްއޭ
01 ފެބުރުއަރީ 2017

މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ

01 ފެބުރުއަރީ 2017
މީރާއަށް ޖެނުއަރީ މަހު ޓެކްސްގެ ގޮތުގައި 2.2 ބިލިއަން ރުފިޔާ
30 ޖެނުއަރީ 2017

ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް

30 ޖެނުއަރީ 2017
ދިރާގުގެ 2016 ވަނަ އަހަރުގެ ފަހު ކްއާޓާގެ އާމްދަނީ 2.5 ބިލިއަން ރުފިޔާއަށް
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
11 ޖެނުއަރީ 2017

ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ

11 ޖެނުއަރީ 2017
ނިމިދިޔަ އަހަރު ޓެކްސް އާމްދަނީގެ ގޮތުގައި 1.23 ބިލިއަން ރުފިޔާ
11 ޖެނުއަރީ 2017

މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ

11 ޖެނުއަރީ 2017
މި އަހަރުގެ ކަރަންޓް އެކައުންޓް ޑެފިސިޓް 892 މިލިއަން ޑޮލަރަށް އަރާނެ: އެމްއެމްއޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް