Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބާ ކައުންސިލުގެ އިންތިޚާބު

ބާ ކައުންސިލުގެ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު 22 މެއިގެ ނިޔަލަށް

ކުރިމަތިލުމުގެ ފުރުސަތު، 2022 މެއި 22ވާ އާދިއްތަ ދުވަހުގެ 15:00އާ ހަމަޔަށް ވަނީ ހުޅުވާލާފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 30 އެޕްރީލު 2022 | ހޮނިހިރު 09:02
އިންތިޚާބުކުރެވޭ މަގާމުތަކަށް ބޭފުޅުން ހޮއްވަވަނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ވޯޓަކުން

އިންތިޚާބުކުރެވޭ މަގާމުތަކަށް ބޭފުޅުން ހޮއްވަވަނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ވޯޓަކުން

ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ބާ ކައުންސިލުން ބުނީ، ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ ދަށުން އިންތިޚާބުކުރެވުނު ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ ފުރަތަމަ އެގްޒެކެޓިވް ކޮމިޓީގެ ދައުރު 13 ޖުލައި 2022ގެ ނިޔަލަށް ހަމަވާކަމަށެވެ. ވުމާއެކު، އެގްޒެކެޓިވް ކޮމިޓީއަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު، 2022 މޭ 22ވާ އާދިއްތަ ދުވަހުގެ 15:00އާ ހަމަޔަށް ވަނީ ހުޅުވާލާފައެވެ.

ބާ ކައުންސިލުން މައުލޫމާތުދޭގޮތުގައި، އެގްޒެކެޓިވް ކޮމިޓީއަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާ އިންތިޚާބު އޮންނާނީ ޖޫން 11ވާ ހޮނިހިރު ދުވަހުއެވެ. އިންތިޚާބުގެ ވޯޓު ނެގުމަށް ހަމަޖައްސާފައިވަނީ، އެ ދުވަހު ޚާއްސަގޮތުން ބާއްވާ އާންމު ޖަލްސާއެއްގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރުމަށް ހަމަޖެހިފައިވަނީވެސް ހަމަ އެ ދުވަހުއެވެ.

ދިވެހިރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގެ 8 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ފަދައިން، ބާ ކައުންސިލުގެ ރައީސްއާއި ނައިބު ރައީސްކަމަށް ކުރިމަތިލާ ގާނޫނީ ވަކީލެއްގައި ވަކި ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ. އޭގެ ތެރޭގައި ގާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތްކުރުމުގެ 10 އަހަރު ދުވަހުގެ ތަޖުރިބާ ހުރުމާއި، ގާނޫނީ ދާއިރާގައި ކޮށްފައިވާ މަސައްކަތުގެ ތެރޭގައި އެމީހެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދޭ ފަދަ މައްސަލައެއް، ޝަރުއީ ކޯޓަކުން، ނުވަތަ ބާ ކައުންސިލަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން ހިމެނެއެވެ.

އަދި ގާނޫނީ ގޮތުން ބަނގުރޫޓު ވެފައިވާ މީހެއްކަމުގައި ނުވުން ނުވަތަ ޖިނާޔަތުގެ ކުށެއް ސާބިތުވެފައިވާ މީހެއް ކަމުގައި ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.

އޭގެ އިތުރުން، ބާ ކައުންސިލުގެ ރައީސާއި ނާއިބު ރައީސް ފިޔަވައި، ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާ ގާނޫނީ ވަކީލުންގެ ހުންނަންޖެހޭ ޝަރުތުތަކަށް ބަލާއިރު، ގާނޫނީ ދާއިރާގައި މަސައްކަތް ކުރުމުގެ 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

ގާނޫނީ ފަންނުގެ ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ރައީސުލް ޖުމްހޫރިއްޔާ ގެޒެޓްކުރެއްވުމާއެކު، އެ ގާނޫނުގެ އެގާރަ ވަނަ މާއްދާގެ (ށ)ގައި ބުނާ ގޮތުން ބާރ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް ރައީސާއި ނައިބުރައީސްގެ އިތުރުން، ހަ ގާނޫނީ ވަކީލަކު އިންތިޚާބު ކުރަންޖެހެއެވެ. އިންތިޚާބުކުރެވޭ މަގާމުތަކަށް ބޭފުޅުން ހޮއްވަވަނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކުގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

03 ފެބުރުއަރީ 2017
އަލަށް ވޯޓުލުމުގެ ހައްގު ލިބުނު ފަރާތްތައް އާއްމުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި
23 ޖެނުއަރީ 2017

ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

23 ޖެނުއަރީ 2017
ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
20 ޖެނުއަރީ 2017

އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް

20 ޖެނުއަރީ 2017
އިންތިހާބަށް ރީރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނަން: އިލެކްޝަންސް
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
15 ޖެނުއަރީ 2017

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

15 ޖެނުއަރީ 2017
އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރު މަޖިލިހަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު