Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޚާއްސަ ހުއްދަ ދޫކުރުން

ޢީދު ދުވަހު ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ޚާއްސަ ހުއްދައެއް ސިޓީ ކައުންސިލުން ދޫކުރަނީ

އުޅަނދުތަކަށް ސްޓިކާ ދޫކުރުމަށް ހަމަޖެހިފައިވަނީ 30 އޭޕްރީލް ވާ ހޮނިހިރު ދުވަހު އަދި 1 މެއި ވާ އާދިއްތަ ދުވަހު

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 30 އެޕްރީލު 2022 | ހޮނިހިރު 06:20
ހަވީރު 5 ގެ ފަހުން މާލޭގެ މަގެއްގެމަތި

ހަވީރު 5 ގެ ފަހުން މާލޭގެ މަގެއްގެމަތި

ފިޠުރު ޢީދު ދުވަހު ހިނގާފައި އުޅޭ ވަގުތުތަކުގައި ކޮންމެހެން ކުރަންޖެހޭ ދަތުރުތަކަށް ޚާއްސަ ހުއްދައެއް ދޫކުރުމަށް މާލެ ސިޓީ ކައުންސިލް އިދާރާއިން ނިންމައިފިއެވެ.

ސިޓީ ކައުންސިލުން ބުނީ ޢީދު ދުވަހު ހިނގާފައި އުޅޭ ވަގުތު ތަކުގައި ދުއްވާ އުޅަނދުތަކަށް ދޫކުރާ ސްޓިކާ ދޫކުރުމަށް ހަމަޖެހިފައިވަނީ 30 އޭޕްރީލް ވާ ހޮނިހިރު ދުވަހު އަދި 1 މެއި ވާ އާދިއްތަ ދުވަހު ހެނދުނު 09:00 ން ހަވީރު 15:00 އަށެވެ. އަދި ރޭގަނޑު 21:00ން 23:00 އަށެވެ. ސްޓިކާ ދޫކުރާނީ ބޮޑު ތަކުރުފާނު މަގުގައި ހުންނަ މާލެ ސިޓީ ކައުންސިލްގެ އާންމު ޚިދުމަތްތަކާއި ބެހޭ ބައިން ކަމަށް ވެސް ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ފިޠުރު އީދު ދުވަހު މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާ ގަޑި މިހާރު ވަނީ ކަނޑައަޅާފައެވެ. ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ ޢީދު ދުވަހުގެ ހަވީރު ހަވީރު 04:00ން ރޭގަނޑު 08:00ށް މާލޭގެ މަގުތަކުގައި ވެހިކަލް ދުއްވުން މަނާވާނެ ކަމަށެވެ. އަދި މިވަގުތުތަކުގައި ދުއްވުމުގެ ހުއްދަ ލިބޭނީ ސަލާމަތީ ޚިދުމަތްތަކުގެ އުޅަނދުފަހަރާއި އިމަރޖެންސީ ޙާލަތްތަކުގައި ކޮންމެހެން ދުއްވަންޖެހޭ އުޅަނދުތަކަށް އެކަނި ކަމަށެވެ.

ޢީދު ދުވަހު ހަވީރުގެ ވަގުތު ފައިމަގުގައި އުޅޭގޮތަށް ހަމަޖެއްސުމުގެ އިތުރަށް ވަޅު ޢީދު ދުވަހު ހެނދުނު 09:00ން ފެށިގެން ރޭގަނޑު 7:00 ޖެހުމާއަށް ހަމައަށް މާލޭގެ ބައެއް މަގުތައް ބަންދު ކުރުމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ ނިންމާފައެވެ. މި ނިންމުމުގެ ދަށުން ބަންދުކުރާ ސަރަހައްދަކީ މާފަނުން ރަސްފަނު ހިމެނޭ ސަރަހައްދެވެ. އެގޮތުން މަޖީދީމަގުން ފެށިގެން ރަސްފަނުން ކުރިމަތިން އުތުރަށް ގޮސް ކުރީގެ ވެސްޓްޕާކު ހުރި ހިސާބަށް ބޮޑުތަކުރުފާނު މަގު ވެހިކަލްތަކަށް ބަންދުވާނެ ކަމަށް ވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފައި ވެއެވެ.

މި ގަޑީގައި ވެހިކަލް ދުއްވުން މަނާ ނަމަވެސް ސަލާމަތީ ހިދުމަތްތަކުގެ އުޅަނދުފަހަރާއި އިމަޖެންސީގައި ކޮންމެހެން ދުއްވަންޖެހޭ ވެހިކަލްތައް ދުއްވުމުގެ ހުއްދަ އޮންނާނެއެވެ. އީދާ ގުޅިގެން މީގެ ކުރީ އަހަރުތަކުގައިވެސް އަންނަނީ ވަކި ވަގުތެއްގައި މާލެ ސަރަަހއްދުގައި ވެހިކަލް ދުއްވުން މަނާކުރަމުންނެވެ. މިހާރު ކަލަންޑަރުގަ އޮތްގޮތުން މިއަހަރުގެ ފިޠުރު ޢީދު ދުވަހަކީ މެއި މަހުގެ 2 ވާ ހޯމަ ދުވަހެވެ.

މީގެއިތުރުން އީދާއި ގުޅިގެން އެކި މުއައްސަސާތަކުން އަންނަނީ ޚާއްސަ ހަރަކާތްތައް ވެސް ހިންގަމުންނެވެ. އެގޮތުން ފިޠުރު ޢީދު ބަންދާ ދިމާކޮށް ކަނޑު ދަތުރުކުރާ އުޅަނދުފަހަރު ޗެކް ކުރުމުގެ ޕްރޮގްރާމެއް އެމްއެންޑީއެފް ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ވަނީ ފަށާފައެވެ. އެޕްރީލް 28 އިން 30 އަށް އަދި މެއި 6 އިން 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ މި ޕްރޮގްރާމަކީ ޢީދު ބަންދުގައި ކަނޑުމަގުން ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާ ދުވަސްވަރަކަށްވުމާއެކު ދަތުރުކުރާ އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގައި އުޅަނދުގެ ސަލާމަތީ ކަންކަން ހުރީ ރަނގަޅަށްތޯ ބެލުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން އުޅަނދު ފަހަރުގެ ސަލާމަތީ ސެޓްފިކެޓްގައި ބަޔާންކޮށްފައި ހުންނަ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންއިން ބަލަމުން ގެންދާނެއެވެ. އޭގެ ތެރޭގައި މެރިން ވީއެޗްއެފް ޗެކް ކުރުމާއި އުޅަނދުގެ ކެޕްޓަން އަތުގައި ކަނޑުގެ އުޅަނދު ދުއްވުމުގެ ލައިސަންސް އޮތްތޯ ބެލުމުގެ އިތުރުން ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ގިނަ ކަންތައްތަކެއް ބެލުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ޕްރޮގްރާމް، ހުކުރު ވިލޭރޭ މާލޭގެ ބަނދަރު ސަރަހައްދުގައި ފަށާފައިވާއިރު، މި ދުވަސްތަކު އެކިވަގުތުތަކުގައި މާލޭގެ ބަނދަރުން ފުރާ އުޅަނދުތަކާއި މާލޭގެ ބަނދަރަށް ވަންނަ އުޅަނދުފަހަރު ޗެކްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

ވިސާމަށް ހުކުމް ކަނޑައެޅުުން މާޗް 9 ވަނަ ދުވަހު!

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

ރައީސް ނަޝީދަށް ދައުވާކުރުމަށް ފުރިހަމަކުރަންޖެހޭ ކަންތައްތައް މިދަނީ ފުރިހަަމަކުރަމުން: ޕީޖީ

23 ޖެނުއަރީ 2017
ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

ވިސާމާއި ލީވާނަށް ހުކުމް ކުރުން އަންގާރަ ދުވަހު!

22 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު