Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް ނަޝީދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅު

ދިވެހިން ފަހަތުގައި ތިބެގެން އިންޑިއާ އައުޓް ކެމްޕެއިން ނުހިންގާނެ - ރައީސް ނަޝީދު

29 އެޕްރީލު 2022 | ހުކުރު 16:20

ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ނިވަލުގައި ނަފްރަތު އުފެއްދުމަށް ފުރުސަތު ދެވިގެން ނުވާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 29 އެޕްރީލު 2022 | ހުކުރު 16:20
މުހައްމަދު ނަޝީދު / ރައްޔިތުންގެ މަޖިލީހުގެ ރައީސް

މުހައްމަދު ނަޝީދު / ރައްޔިތުންގެ މަޖިލީހުގެ ރައީސް

ދިވެހިން ފަހަތުގައި ތިބެގެން އިންޑިއާ އައުޓް ކެމްޕެއިން ނުހިންގާނެ ކަމުގެ ޔަގީންކަންއެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ކެމްޕެއިނަށް ޗައިނާއިން ޚަރަދު ކުރަމުން އަންނަކަމަށް ދޭހަވާގޮތަކަށް ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވަނީ، އެ ކެމްޕެއިނަށް ކުރަމުން އަންނަ ޚަރަދުތަކާ ގުޅޭ ގޮތުން ސުވާލު އުފައްދަވާފައެވެ.

Advertisement - newsAdvertisement

ރާއްޖޭގެ ފޮރިން ޕޮލިސީއަކީ އަބަދުވެސް އިންޑިއާ ފަސްޓް ޕޮލިސީ ކަމަށާއި، އިންޑިއާގެ ކްރެޑިޓް ލައިން ފެސިލިޓީގެ ދަށުން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތައް މިހާރުވެސް އެބަހުރި ކަމަށެވެ. އެހުރިހާކަމެއް ދަނީ ވަރަށް އޮމާން ކަމާއެކުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އޭގެތެރޭގައި ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ގާބިލްކަން އިތުރުކުރުމުގެ ޕްރޮގްރާމް ތަކާއި، ދަރިވަރުން ބަދަލު ކުރުމުގެ ޕްރޮގްރާމްތައް ހިމެނޭ ކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އަދި ދެގައުމުގެ ގުޅުމާއެކު ފާގަތި މުސްތަގްބަލެއް އޮތް ކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިންޑިއާގެ ފަރާތުން ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ފައިދާ ތަކެއް ކުރަމުން އަންނަ ކަމަށެވެ.

އިދިކޮޅުން ހިންގާ މި ހަރަކާތަކީ ބަލައިގަނެވޭ މަގްބޫލް ހަރަކާތެއް ނޫންކަމަށް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަން ކަމުގެ ނިވަލުގައި ނަފްރަތު އުފެއްދުމަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށެވެ. އެހެންކަމުން ސަރުކާރަށް ގަބޫލްކުރެވުނީ އެފަދަ ކަންކަން ހުއްޓުވުމަށް ޚާއްސަ ގާނޫނެއް އޮންނަން ޖެހޭނެ ކަމަށް ކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ. އެފަދަ ގާނޫނެއްގެ ދަށުން އަވަށްޓެރިންނާމެދު ނަފްރަތު އުފެއްދުމާއި، ދޭދޭ ގުޅުމަށް ބުރޫއަރާ ކަންކަމަށް ޖާގަ ނުދެވޭނެ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ، ކުރީގެ ރައީސް ޔާމީނަށް އިންޑިއާއާއި ގުޅޭ ގޮތުން މައްސަލައެއް އޮތްނަމަ އިންޑިއާގެ ކޯޓުތަކަށް ވަޑައިގަންނަވަންވީ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެއީ ހަމައެކަނި ކުރީގެ ރައީސް ޔާމީން ގެންގުޅުއްވާ ޚިޔާލީ ވިސްނުންފުޅެއް ކަމަށާއި، މަސައްކަތް ކުރައްވަނީ އެ ވިސްނުންފުޅުގައި ކުލަ ޖެއްސެވުމަށް ކަމަށެވެ. އަދި ރައީސް ޔާމީން ދައްކަވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަފުޅުތަކެއް ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، އިދިކޮޅުން ހިންގާ ހަރަކާތަކީ އިންތިޚާބަކާވެސް ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ

20 ފެބުރުއަރީ 2017
މަހުލޫފް ބޭސްފަރުވާއަށް މާދަމާ އިންޑިއާއަށް ފުރާވަޑައިގަންނަވަނީ
20 ފެބުރުއަރީ 2017

ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު

20 ފެބުރުއަރީ 2017
ރާއްޖޭގައި މިނިވަން އިންތިހާބެއް ބޭއްވުމަށް އިންޑިއާ އިން ބާރުއަޅަންޖެހޭ: ނަޝީދު
11 ފެބުރުއަރީ 2017

ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު

11 ފެބުރުއަރީ 2017
ހަސަން ލަތީފުގެ މަސައްކަތުން ދިވެހިންނަށް ހައްގު ގޮތް ހޯދާދެވޭނެ: ރައީސް ނަޝީދު
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
02 ފެބުރުއަރީ 2017

ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި

02 ފެބުރުއަރީ 2017
ރައީސް ނަޝީދު ލަންކާގައި ދިރިއުޅުންވާ ދިވެހިންނާ ބައްދަލުކުރައްވާފި
31 ޖެނުއަރީ 2017

ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި

31 ޖެނުއަރީ 2017
ދިވެހިންތަކެއް ލަންކާގައި ޖުވާ ކުޅުނު ކަމަށް ބުނާ މައްސަލައެއް ފުލުހަށް ހުށަހަޅައިފި
27 ޖެނުއަރީ 2017

ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ

27 ޖެނުއަރީ 2017
ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ގުޅުމަކީ އާޓިފިޝަލް ގުޅުމެއް ނޫން: މިޝްރާ
26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
06 ޖެނުއަރީ 2017

!ފޭދޫފިނޮޅު ވިއްކާލުމުން އިންޑިއާގެ ކަންބޮޑުވުން: ދިވެހި ފޮރިން މިނިސްޓަރާ މަޝްވަރާ ކުރުން އެކަށީގެންވޭ

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް