Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރާނީގެ ޕްލެޓިނަމް ޖުބިލީ

އިނގިރޭސި ރާނީގެ ޕްލެޓިނަމް ޖުބުލީއަށް ލިބިވަޑައިގަތީ "ކުއީން ބާބީ" އެއް

މިއީ މެޓަލް އިންކް އިން އެކަމަނާއަށް އެރުވި ޓްރިބިއުޓެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 29 އެޕްރީލު 2022 | ހުކުރު 14:25
ރާނީގެ ސިފައިގައި ހަދާފައިވާ ކުއީން ބާބީ

ރާނީގެ ސިފައިގައި ހަދާފައިވާ ކުއީން ބާބީ

އިނގިރޭސި ރާނީ އެލިޒަބަތު ދެވަނައިގެ ރަނިކަމަށް 70 އަހަރު ފުރުމުގެ މުނާސަބަތުގައި އެކަމަނާއަށް "ބާބީ ޑޯލް" އެއް ހަދިޔާކުރެވިއްޖެ އެވެ.

ރާނީ އެލިޒަބަތު ސިފަވާ މި ބާބީ ޑޯލް އަކީ އެމެރިކާގެ "މެޓަލް އިންކް" އިން އުފެއްދި ބާބީ ޑޯލް ކަލެކްޝަންގެ އެންމެ ފަހުގެ ޑޯލްއެވެ. ރާނީ އާއި ވައްތަރު މި ބާބީ ޑޯލް ވަނީ އެކަމަނާއަށް ހަދިޔާ އަށް އަރުވާފަ އެވެ.

"މެޓަލް އިންކް" އިން ބުނީ މިއީ ރާނީގެ ރަނިކަމުގެ 70 އަހަރު ފުރުމުގެ މުނާސަބަތުގައި އެ ކުންފުނިން ކުރި ކަމެއް ކަމަށާއި، އެކަމަނާއަށް އެރުވި ޓްރިބިއުޓެއް ކަމަށެވެ.

ޑޯލް ލައްވާފައި ހުރީ އައިވަރީ ގައުންއެކެވެ. އަދި ނޫ ކުލައިގެ ޝޭޝް އެއް އަޅުވާފައިވާ އިރު، ރިބަންތަކާއި ރާނީ ކައިވެނިފުޅު ބައްލަވައިގެންނެވި ދުވަހު ތުރުކުރައްވައިގެން ހުންނެވި ތާޖުކޮޅު ވެސް ޑޯލްގެ ބޮލުގައި އަޅުވާފައިވެއެވެ.

ރާނީގެ އުމުރުފުޅުން މިހާރު 96 އަހަރު ވެފައިވަ އިރު، އެކަމަނާއަށް ރަނިކަން ލިބިވަޑައިގެންނެވީ އެކަމަނާގެ ބައްޕާފުޅު ކިންގް ޖޯޖް 6ވަނަ، ފެބްރުއަރީ 1952 ގައި އަވަހާރަވުމުންނެވެ.

ރާނީއާއި ވައްތަރު ބާބީ ޑޯލް ލަންޑަންގެ ހެރޮޑްސް، ސެލްފް ރިޑްޖްސް އަދި ހަމލޭސް އިން ގަންނަން ލިބެން ހުންނާނެކަމަށް މެޓަލް އިންކް އިން ބުނެއެވެ.

ރާނީގެ ސިއްހަތު އަދިވެސް ރަގަޅެވެ. ތަޚުތުގައި އަދި އިތުރު ތިން އަހަރެއްހައި ދުވަސް ހޭދަކުރައްވައިފިނަމަ ދުނިޔޭގެ ތާރީޚުގައި ވެސް އެންމެ ގިނަދުވަހު ތަޚުތުގައި އިންނެވުމުގެ ރެކޯޑް ލިބިވަޑައިގަންނަވާނެއެވެ. މިވަގުތު އެރެކޯޑުގެ ވެރިޔަކީ ފްރާންސްގެ ލުއިސް ސާދައެވެ. އޭނާ 72 އަހަރު ރަސްކަން ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

04 ނޮވެމްބަރު 2018

އިނގިރޭސި ބޭންޑް ކުއީންގެ ހަޔާތަށް ބިނާކޮށްފައިވާ 'ބޮހީމިއަން ރެޕްސޮޑީ'އަށް ކާމިޔާބު ފެށުމެއް

04 ނޮވެމްބަރު 2018
އިނގިރޭސި ބޭންޑް ކުއީންގެ ހަޔާތަށް ބިނާކޮށްފައިވާ 'ބޮހީމިއަން ރެޕްސޮޑީ'އަށް ކާމިޔާބު ފެށުމެއް
16 ޖުލައި 2018

ކެޓްރީނާގެ އުފަންދުވަސް އިނގިރޭސިވިލާތުގައި ފާހަގަކޮށްފި

16 ޖުލައި 2018
ކެޓްރީނާގެ އުފަންދުވަސް އިނގިރޭސިވިލާތުގައި ފާހަގަކޮށްފި
06 ޖޫން 2018

ރާނީގެ ހިޗްކީ ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއަރ ކުރަނީ

06 ޖޫން 2018
ރާނީގެ ހިޗްކީ ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއަރ ކުރަނީ
03 އެޕްރީލު 2018

ރޯޔަލް ވެޑިން ޑިޒައިން ކުރަނީ އިނގިރޭސިވިލާތުގެ ފްލޮރިސްޓް ފިލިޕާ ކްރެޑޮކް

03 އެޕްރީލު 2018
ރޯޔަލް ވެޑިން ޑިޒައިން ކުރަނީ އިނގިރޭސިވިލާތުގެ ފްލޮރިސްޓް ފިލިޕާ ކްރެޑޮކް
21 ޑިސެމްބަރު 2017

ހިޗްކީގެ ޓްރެއިލާ: ރާނީގެ އެކްޓިން މޮޅު

21 ޑިސެމްބަރު 2017
ހިޗްކީގެ ޓްރެއިލާ: ރާނީގެ އެކްޓިން މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު