Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ހިޗްކީ

ހިޗްކީގެ ޓްރެއިލާ: ރާނީގެ އެކްޓިން މޮޅު

މި ޓްރެއިލާ ނެރުމާ އެކު ބޮލީވުޑްގެ ތަރިން ވަނީ ތައުރީފު ކޮށްފައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު, ރާއްޖެ އެމްވީ | 21 ޑިސެމްބަރު 2017 | ބުރާސްފަތި 06:52
ހިޗްކީގެ ފުރަތަމަ ފެނިލުން

ހިޗްކީގެ ފުރަތަމަ ފެނިލުން

ބޮލީވޫޑްގެ ތަރި ރާނީ މިކަރްޖީ ދުވަސްތަކެއްގެ މެދުކެނޑުމަކަށް ފަހު އެނބުރި އައިސް ކުޅޭ ފުރަތަމަ ފިލްމު "ހިޗްކީ"ގެ ޓްރެއިލާ އަންގާރަ ދުވަހު ނެރެފައިވާ އިރު އެ ޓްރެއިލާ އަށް ގިނަ ބަޔަކު ތައުރީފްކޮށްފިއެވެ.

އަންނަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު ސިނަމާތަކަށް އަންނަ "ހިޗްކީ" އަކީ ރާނީގެ ފިރިމީހާ އަދި މަޝްހޫރު ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔަޝް ރާޖް ފިލްމްސް އިން އުފައްދާ ފިލްމެކެވެ.

މިޓްރެއިލާ ނެރުމާ އެކު ބޮލީވުޑްގެ ތަރިން ވަނީ ޓްރެއިލާއަށް ތައުރީފު ކޮށްފައެވެ. އެގޮތުން މަޝްހޫރު ޑައިރެކްޓަރ/ޕްރޮޑިއުސަރ ކަރަން ޖޯހަރު ބުނެފައި ވަނީ "ހިޗްކީ" ގައި ރާނީގެ އެކްޓިން ވަރަށް ކަމުދާ ކަމަށާއި އޭނާގެ ޓެލެންޓަކީ ބަލައިގަނެވޭވަރުގެ ޓެލެންޓެއް ކަމަށެވެ.

ފިލްމީ ތަރި އަދި ރާނީގެ ދެބެއިންގެ ދެދަރި މީހެއް ކަމަށްވާ ކާޖޮލް ބުނެފައި ވަނީ "ހިޗްކީ" ރަނގަޅުވާނެ ކަމަށް އުންމީދުކުރާ ކަމަށާއި ކާމިޔާބީއަށް އެދޭ ކަމަށެވެ.

"ހިޗްކީ" ޑައިރެކްޓްކޮށްފައި ވަނީ 2010 ގައި ރިލީޒް ކުރި ފިލްމް "ވީ އާ ފެމިލީ"ގެ ޑައިރެކްޓަރު ސިދާތު ޕީ މަލޯތުރާއެވެ.

ރާނީ އަށް މިއަހަރު 39 އަހަރު ފުރިފައިވާއިރު އޭނާ ފިލްމު ކުޅުމާ ދުރުވީ ދަރިއަކު ލިބުމުންނެވެ. އޭނާގެ އުފަން ދުވަހު ފޭސްބުކް މެދުވެރިކޮށް ބުނެފައި ވަނީ އޭނާ އަލުން ސްކްރީނަށް އަންނަން ހާސްވެ ހިތްބިރުގެންފައިވާ ކަމަށެވެ.

"އަހަރެން އެނބުރި އަންނަ ފިލްމަށް ކިޔަނީ ހިޗްކީ. އަހަރެން އުއްމީދުކުރަން ހިޗްކީގައި މޮޅު ރޯލެއް އަދާކުރެވޭނެ ކަމަށް. އަދި އެ ފިލްމު ހިތްހަމަ ޖެހޭ ފިލްމަކަށް ވާނެ ކަމަށް. އެންމެންގެ ހެޔޮ ދުއާ ކޮށްދިނުމަށް އެދެން ފިލްމު ކާމިޔާބު ފިލްމަކަށް ވުމަށްޓަކާ،" ރާނީ ފޭސްބުކް މެދުވެރިކޮށް ބުނެފައިވެއެވެ.

ރާނީ އަދިތްޔާ ޗޮޕްރާއާ ކައިވެނި ކުރުމަށް ފަހު އޭނާގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް ގެނެސްފައިވެއެވެ. އޭނާ ކައިވެނި ކުރުމަށް ފަހު އެންމެ ފުރަތަމަ ފެނިފައި ވަނީ 2014 ވަނަ އަހަރު ނިކުތް "މަރްދާނީ" އިންނެވެ. އެ ފިލްމްގައި ވެސް ރާނީ ވަނީ މޮޅު ރޯލެއް އަދާކޮށްފައެވެ. އޭގެ ފަހުން އޭނާ ފިލްމެއް ކުޅެފައެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

"ބާހްބަލީ 2" ގެ ޓްރެއިލާ : އޮންލައިންކޮށް އެންމެ ގިނައިން ބަލާފައިވާ ޓްރެއިލާ

10 އެޕްރީލު 2017
ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި

ހިޗްކީގެ ޝޫޓިން ރާނީ ފައްޓައިފި

09 އެޕްރީލު 2017
ސީޒަންގެ ކައުޝީގެ ޓްރެއިލާ  ނެރެފި

ސީޒަންގެ ކައުޝީގެ ޓްރެއިލާ ނެރެފި

03 އެޕްރީލު 2017
"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

"ގޭމް އޮފް ތްރޯން" ގެ ސީޒަން 7 ގެ ޓްރެއިލާ އާންމުކޮށްފި

03 އެޕްރީލު 2017
ހާފް ގާލް ފްރެންޑްގެ ޓްރެއިލާ އޭޕްރިލް 10ގައި

ހާފް ގާލް ފްރެންޑްގެ ޓްރެއިލާ އޭޕްރިލް 10ގައި

31 މާރިޗު 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު