Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުރޯޔަލް ވެޑިން

ރޯޔަލް ވެޑިން ޑިޒައިން ކުރަނީ އިނގިރޭސިވިލާތުގެ ފްލޮރިސްޓް ފިލިޕާ ކްރެޑޮކް

ޕްރިންސް ހެރީ އާއި މޭގަންގެ ކައިވެނި ބާއްވަން ހަމަޖެހިފައި ވަނީ މޭގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 3 އެޕްރީލު 2018 | އަންގާރަ 05:52
ރޯޔަލް ވެޑިންގެ ޑިޒައިނަރ ފިލިޕާ ކްރެޑޮކް

ރޯޔަލް ވެޑިންގެ ޑިޒައިނަރ ފިލިޕާ ކްރެޑޮކް

މި އަހަރުގެ މެއި މަހު ކައިވެނި ބައްލަވައިގަންނަވަން އުޅުއްވާ އިނގިރޭސި ޕްރިންސް ހެރީ އާއި ހޮލީވުޑްގެ ތަރި މޭގަން މާކެލްގެ ކައިވެނީގެ ހަފްލާ ޑިޒައިން ކުރާނީ އިނގިރޭސިވިލާތުގެ މަލުގެ ވިޔަފާރީގައި އެންމެ މަޝްހޫރު އެކަކު ކަމަށްވާ ފިލިޕާ ކްރެޑޮކް ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި ކައިވެނީގެ ހަފްލާ ޒީނަތްތެރި ކުރާނީ ޕްރިންސް ހެރީގެ މަންމާފުޅު ޕްރިންސެސް ޑަޔާނާއަށް އެންމެ ކަމުދާ މާ ކަމަށްވާ "ވައިޓް ގާޑެން ރޯސެސް" އަދި މޭގަން އަށް އެންމެ ކަމުދާ މާ ކަމަށްވާ "ޕިއޯނީ" އިންނެވެ.

ޕްރިންސް ހެރީ ދިރިއުޅުއްވާ ގަނޑުވަރު، ކެންސިންގްޓަން ޕެލަސް އިން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައި ވަނީ މޭގަން އާއި ހެރީގެ ކައިވެނީގެ ޕާޓީއަށް "ފްލޯރަލް ޑިޒައިނަރެއް" ހަމަޖައްސާފައި ވާކަމަށެވެ.

ހެރީ އާއި މޭގަންގެ ކައިވެނީގެ ޕާޓީގެ ޚަރަދަށް 500،000 ޕައުންޑަށް ވުރެން ގިނައިން ޚަރަދުވާނެ ކަމަށް އެކި މީޑިއާތަކުގައި ރިޕޯޓު ކޮށްފައިވެއެވެ. ރިޕޯޓުތައް ބުނާ ގޮތުގައި އެ ޚަރަދު ކުރާނީ މޭގަންގެ ބައްޕަ ޓޮމްއެވެ. އަދި ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި ޕްރިންސް ހެރީ އާއި މާކެލްގެ ކައިވެންޏަށް އިނގިރޭސިވިލާތުގެ ރައްޔިތުންގެ ފައިސާ އިން 44.9 މިލިއަން އެމެރިކާ ޑޮލަރު ހޭދަކުރާނެއެވެ. އިނގިރޭސި ވިލާތުގެ ވެޑިން ޕްލޭނާ ހަމީޝް ޝެފާޑް ވަނީ ހެރީ އާއި މޭގަންގެ ކައިވެނީގެ ޚަރަދު އިނގިރޭސިވިލާތުގައި ކުރާ އެހެން ކައިވެނިތަކަށް ވުރެ ސަތޭކަ ގުނަ ބޮޑުވާނެ ކަމަށް އަންދާޒާކޮށްފައެވެ. ކައިވެނި ޕާޓީގެ އެއްވެސް ޚަރަދެއްގެ ތަފްސީލް ޝާހީ އާއިލާއަކުން ހާމައެއް ނުކުރެއެވެ.

ހެރީ އާއި މޭގަން ލޯބީގެ ގޮތުން ގުޅިފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

14 ފެބުރުއަރީ 2017

ހާފް ގާލް ފްރެންޑް" މޭ 19 ގައި ރިލީޒްކުރަނީ"

14 ފެބުރުއަރީ 2017
ހާފް ގާލް ފްރެންޑް" މޭ 19 ގައި ރިލީޒްކުރަނީ"
05 ފެބުރުއަރީ 2017

މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ

05 ފެބުރުއަރީ 2017
 މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ

02 ފެބުރުއަރީ 2017
ޓްވިންސަކަށް ބިޔޯންސޭ ބަލިވެ އިން ޚަބަރާއެކު އެތައް މިލިއަން ބަޔަކު އިންޓަނެޓްގައި އުފާ ފާޅުކުރަނީ
01 ފެބުރުއަރީ 2017

ރިތިކްގެ ލޯ ހަދިޔާކުރަނީ

01 ފެބުރުއަރީ 2017
ރިތިކްގެ ލޯ ހަދިޔާކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު