Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުބޮލީވުޑް

ރާނީގެ ހިޗްކީ ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި ޕްރިމިއަރ ކުރަނީ

6 ޖޫން 2018 | ބުދަ 06:01

މިއީ ބޮޑު ފަހުރެއް ކަމަށް

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 6 ޖޫން 2018 | ބުދަ 06:01
ރާނީ މުކަރުޖީ

ރާނީ މުކަރުޖީ

ރާނީ މުކަރްޖީގެ އެންމެ ފަހު ފިލްމް "ހިޗްކީ" ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލް (އެސްއައިއެފްއެފް) ގައި ޕްރިމިއަރ ކުރާ ގޮތަށް ހަމަޖައްސައިފިއެވެ.

މި މަހުގެ 21 ވަނަ ދުވަހު ފަށާ ޝަންހާއީ އިންޓަނޭޝަނަލް ފިލްމް ފެސްޓިވަލްގައި "ދަ ބެލްޓް އެންޑް ރޯޑް ވީކް" ގެ ދަށުން މި ފިލްމް ދައްކަން ހިމެނުމާއި ގުޅިގެން ފިލްމްގެ ޑައިރެކްޓަރ ސިދާތު ޕީ މަލްއުތުރާ ބުނެފައި ވަނީ މިއީ ބޮޑު ފަހުރެއް ކަމަށާއި މި ފިލްމް ހިމަނާފައި ވުމުން އެކަމަށް ޝުކުރުވެރިވާ ކަމަށެވެ. އަދި މި ފެސްޓިވަލްގައި ފިލްމް ޕްރެޒެންޓްކޮށް ދޭން ލިބުމަކީ "ހިޗްކީ"ގެ މުޅި ޓީމަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މާރޗް މަހުގެ 23 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމުގައި ރާނީ ފެނިގެންދަނީ ދިރިއުޅުމުގައި ދިމާވާ އެތަކެއް އުނދަގޫތަކެއް ކަޑައްތުކޮށް އޭނާ ބޭނުންވާ ކާމިޔާބު ހޯދާ ހިތްވަރުގަދަ އަންހެނެއްގެ ރޯލުންނެވެ. ފިލްމުގައި ރާނީގެ އިތުރުން ހަރަކާތްތެރިވާނީ ސުޕްރިއާ ޕިލްގްއުންކަރް، އާސިފް ބަސްރާ، ކުނާލް ޝިންޑޭ އަދި ޝިވްކުމާރު ސުބްރަމާނިއަމްއެވެ.

"ހިޗްކީ" އަކީ ރާނީގެ ފިރިމީހާ އަދި މަޝްހޫރު ޑައިރެކްޓަރު އަދިތިޔާ ޗޯޕްޅާގެ ފިލްމު ކުންފުނި ޔަޝް ރާޖް ފިލްމްސް އިން އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމަކީ ހަތަރު އަހަރުގެ މެދުކެނޑުމަކަށް ފަހު ރާނީ އެނބުރި އައި ފިލްމެވެ.

މި ފެސްޓިވަލް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 25 އާހަމައަށެވެ. މި ފެސްޓިވަލްގައި ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުން ވާދަ ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

3

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

4

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

5

މެންބަރު ޖަނާބު ހުންނެވީ ބޭގަރާރުވެފައި!

އިތުރަށް ކިޔާލަން

15 ފެބުރުއަރީ 2017

ފިލްމް އިންޑަސްޓްރީގެ ޒުވާން ޖީލަށް އަމީތާބު އިޚްތިރާމް ކުރޭ: ޝުޖިތު

15 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީގެ ޒުވާން ޖީލަށް އަމީތާބު އިޚްތިރާމް ކުރޭ: ޝުޖިތު
12 ފެބުރުއަރީ 2017

ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ

12 ފެބުރުއަރީ 2017
ސީޒަން ޑައިރެކްޓްކުރާ ސިންހަޅަ ފިލްމްގެ 85 ޕަސެންޓް މަސައްކަތް ނިމިއްޖެ
09 ފެބުރުއަރީ 2017

ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ

09 ފެބުރުއަރީ 2017
ސަންޖޭގެ ފިލްމްގައި ރަންބީރުގެ މަންމަގެ ރޯލު ކުޅޭނީ މަނީޝާ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި

02 ފެބުރުއަރީ 2017
ފިލްމް އިންޑަސްޓްރީ އެއްކޮށް މާޔޫސްކޮށްލައިފި
01 ފެބުރުއަރީ 2017

ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި

01 ފެބުރުއަރީ 2017
ބޮލީވުޑް ފިލްމްތައް ޕާކިސްތާން ސިނަމާތަކުގައި ދެއްކުމުގެ ހުއްދަ ދީފި
29 ޖެނުއަރީ 2017

އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ

29 ޖެނުއަރީ 2017
އަމްޖޭގެ "ގޯލްޑަން ޖުބިލީ ފިލްމް ފެސްޓިވަލް "2017 ބާއްވަނީ
29 ޖެނުއަރީ 2017

ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި

29 ޖެނުއަރީ 2017
ފިލްމް އިންޑަސްޓްރީ ދޫކޮށްލަފާނެ ކަމުގެ އިންޒާރެއް ރާކޭޝް ދީފި
16 ޖެނުއަރީ 2017

ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

16 ޖެނުއަރީ 2017
ރާއްޖެ ޓީވީގެ ކުރު ފިލްމް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
11 ޖެނުއަރީ 2017

ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި

11 ޖެނުއަރީ 2017
ޝާހުގެ ދެ ފިލްމު މިއަހަރު ތެރޭގައި، ބަލިވެ އުޅެމުންވެސް ފިލްމްފެއަރ ނޮމިނޭޝަން ޕާޓީގައި ބައިވެރިވި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް