Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ޖަޕާނުގެ ފަސްޓް ލޭޑީ

ޖަޕާނުގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނަށް އިނގިރޭސި ބަހުން "ހަލޯ" ވެސް އެނގިވަޑައިނުގަންނަވާ: ރައީސް ޓްރަމްޕް

ޓްރަމްޕްގެ މިި ވާހަކަފުޅަށް މީޑިއާގެ ސަމާލުކަން ވަނީ ވަރަށް ބޮޑަށް ލިބިފައި

ރާއްޖެ އެމްވީ | 21 ޖުލައި 2017 | ހުކުރު 11:04
ޖަޕާންގެ ބޮޑުވަޒީރުގެ އަނބިކަނބަލުން، އަކީ އަބޭ

ޖަޕާންގެ ބޮޑުވަޒީރުގެ އަނބިކަނބަލުން، އަކީ އަބޭ

ޖަޕާނުގެ ބޮޑުވަޒީރުގެ އަނބިކަނބަލުން، އަކީ އަބޭ އަށް އިނގިރޭސި ބަހުން "ހަލޯ" ވެސް ވިދާޅުވާން އެނގިވަޑައިނުގަންނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިއުޔޯކްޓައިމްސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވެ ވާހަކަފުޅު ދައްކަވައިފިއެވެ.

ރިޕޯޓަރުން ގާތު ޓްރަމްޕް ވިދާޅުވީ، އޭނާ އިންނެވީ، ޖަޕާނުގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނާ ޖެހިގެން ކަމަށާއި، ނަމަވެސް އެކަމަނާ އެއްވެސް އެއްޗެއް ވިދާޅު ނުވި ކަމަށެވެ.

ޓްރަމްޕް މި އިޝާރާތް ކުރެއްވި ބައްދަލުވުމަކީ ޖަރުމަނުގެ ހެމްބަގް ގައި، ޖުލައި 8 ވަނަ ދުވަހު ޖީ-ޓުވެންޓީ ސަމިޓު ނިންމާލުމަށްފަހު ވެރިންގެ ޝަރަފުގައި އޮތް ރޭގަނޑުގެ ފަރީއްކޮޅެއްގެ ތެރެއިން ބައްދަލުވެ ވަޑައިގަތުމެވެ.

މި ފަރީއްކޮޅުގެ ސީޓީން އެރޭންޖްމަންޓް ހަމަޖެހިފައި އޮތް ގޮތުން ޓްރަމްޕް އިންނަވަން ޖެހިވަޑައިގަތީ، ޖަޕާންގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނާ ޖެހިގެންނެވެ. ފަހުން ރައީސް ޓްރަމްޕް ވަނީ އެ ގޮނޑކޮޅު ދޫކުރައްވާ ރަޝިއާގެ ރައީސް ޕުޓިންއާ ޖެހިންގެން ހުރި ގޮނޑިކޮޅަށް ބަދަލު ވެފައެވެ.

މިވާހަކަފުޅު މީޑިއާގައި ހާމަވުމާއެކު ޖަޕާނުގެ ބޮޑުވަޒީރުގެ އަނބިކަނބަލުން އިނގިރޭސި ބަހުން ދެއްވާފައިވާ އަދި ޔޫޓިއުބްގައި ޕޯސްޓް ކޮށްފައިވާ ތަގުރީރެއް ހާމަވެގެން ހިނގައްޖެއެވެ.

މި ތަގްރީރު ހާމަވުމާއި ރައީސް ޓްރަމްޕް މި މޭރުމުން ވާހަކަފުޅު ދެއްކަވާފައިވުމާއެކު މި ވެގެން އުޅޭ ގޮތް ސާފުކުރުމަށް ގިނަ ބައެއްގެ ޝައުގުވެރިކަން އުފެދިއްޖެއެވެ.

ބައެއް މީހުން ބުނަނީ، އެކަމަނާއަށް އިނގިރޭސިބަސް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށާއި، އެކަމަކު ޓްރަމްޕްއާ ވާހަކަފުޅު ދައްކަވަން ޖެހިވަޑައިގެންފާނެއަތީ އެއްޗެއް ވިދާޅުނުވެ އިންނެވީ ކަމަށެވެ.

އަނެއް ބަޔަކު ބުނަނީ، އެކަމަނާއަށް އިނގިރޭސިބަސް އެނގިވަޑައި ނުގަންނަވާނެ ކަމަށް ބަލާ ރައީސް ޓްރަމްޕް ވާހަކަފުޅެއް ވިދާޅުނުވެ އިންނެވީ ކަމަށެވެ.

އަނެއް ބައެއްގެ ނަޒަރުގައި އިނގިރޭސި ބަހުން ތަގުރީރެއް އެކަމަނާ ދެއްވުމުގެ މާނައަކީ އަދި އިނގިރޭސި ބަސް އެނގިވަޑައިގަތުމެއް ނޫނެވެ. އެއީ ލިޔެފައި އޮންނަ އެއްޗެއް ބަލައިގެން ކިޔަން އެނގުނަސް މީހަކާ އެ ބަހަކުން މުއާމަލާތް ކުރަން ނޭނގިދާނެއެވެ.

ރައީސް ޓްރަމްޕް، ޖަޕާނުގެ ބޮޑުވަޒީރުގެ އަނބިކަނބަލުން، އަކީ އަބޭ އަށް އެއްވެސް ވަރަކަށް އިނގިރޭސި ބަސް އެނގިވަޑައި ނުގަންނަވާ ކަމަށާއި، އަދި އެންމެ ކުޑަމިނުން "ހަލޯ" ވެސް އެނގިވަޑައި ނުގަންނަވާ ކަމަށް ވިދާޅުވުމަކީ، ބައެއް މީޑިއާ ތަކުން ސިފަ ކުރާ ގޮތުގައި ކަންބޮޑު ކުރައްވައިގެން ވާހަކަފުޅު ދެއްކެވުމެވެ.

ޖަޕާންގެ ބޮޑުވަޒީރުގެ އަނބިކަނބަލުން މީގެ ކުރިން ގައުމުތަކުގެ އިސްބޭފުޅުންނާ ބައްދަލު ކުރައްވާފައިވާއިރު ފެނިގެން ގޮސްފައިވަނީ ތަރުޖަމާނަކާ އެކު ބައްދަލު ކުރައްވާ މަންޒަރެވެ. ބީބީސީން އެކަމަނާގެ އިންޓަވިއުއަކަށް އެދި ދެންނެވުމުން އިންޓަވިއު ދެއްވާނީ ހަމައެކަނި ޖަޕާން ބަހުން ސުވާލު ކުރާނަމަ ކަމަށް ވިދާޅުވެފައިވާ ކަމަށް ބީބީސީން ބުނެފައިވެއެވެ.

ޖީ-ޓުވެންޓީ ސަމިޓްގެ ތަޖްރިބާތަކާ ބެހޭ ގޮތުން ޓްރަމްޕް ދެއްކެވި ވާހަކަފުޅު ތަކުގެ ތެރޭގައި ހިމެނޭ މި ކަމާބެހޭ ގޮތުން ނޫސްވެރިން މިހާރުވަނީ ޖަޕާނުގެ ޚާރިޖިއްޔާ އާ ވެސް ސުވާލު ކޮށްފައެވެ. ޖަޕާނުގެ ޚާރިޖިއްޔާއިން ބުނެފައިވަނީ، އެކަމާބެހޭ ގޮތުން ވަކި އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ. އެއީ ޓްރަމްޕް އެ އިޝާރާތް ކުރައްވާ ބައްދަލުވުމަކީ ރަސްމީ ކަމެއް ކަމަށް ނުވާތީ ކަމަށެވެ.

ކޮންމެ އަކަސް ރައީސް ޓަރަމްޕްގެ މިވާހަކަ ފުޅަށް ޖަޕާން ރައްޔިތުން ވަރަށް ބޮޑަށް ޝައުގުވެރި ވެއްޖެއެވެ.

އެއްބައެއްގެ ނަޒަރުގައި ޖަޕާނުގެ ބޮޑުވަޒީރުގެ އަނބިކަނބަލުންނަށް އިނގިރޭސި ބަހުން ހަލޯ ވެސް އެނގިވަޑައިގަންނަވާކަށް ކޮންމެހެން ނުޖެހެއެވެ. އެކަކު ޓްވިޓަރގައި ސުވާލު ކޮށްފައިވަނީ، ރައީސް ޓްރަމްޕް އަށް ޖަޕާނު ބަހުން ހަލޯ ވިދާޅުވާން އެނގިވަޑައިގަންނަވާ ބާވައެވެ؟ އެހެން މީހަކު ބުނެފައިވާ ގޮތުގައި މާދަރީ ބަހުގެ ގޮތުގައި އިނގިރޭސި ބަހުން ވާހަކަ ދައްކާ މީހުން، އެނޫން ކޮންމެ މީހަކަށްވެސް އިނގިރޭސިބަސް އެނގެން ޖެހޭކަމަށް ދެކޭ ކަމީ އޭނާ ވަރަށް ރުޅި ގަދަވާ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އިނގިރޭސި ޝާހީ ޢާއިލާ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ކޭޓް ތުރުކުރެއްވި ހެދުންކޮޅު އެންމެންގެ ސަމާލުކަމަށް!

އިނގިރޭސި ޝާހީ ޢާއިލާ ޕާކިސްތާނަށް ކުރެއްވި ދަތުރުފުޅުގައި ކޭޓް ތުރުކުރެއްވި ހެދުންކޮޅު އެންމެންގެ ސަމާލުކަމަށް!

18 އޮކްޓޯބަރު 2019
އިނގިރޭސިވިލާތުން ހާއްސަ އެވޯޑެއް އެކްޓަރު ސަންޖޭ ކަޕޫރަށް!

އިނގިރޭސިވިލާތުން ހާއްސަ އެވޯޑެއް އެކްޓަރު ސަންޖޭ ކަޕޫރަށް!

02 އޮކްޓޯބަރު 2019
ސަލްމާނާއި ކެޓްރީނާގެ ''ބާރަތު'' ރިލީޒް ކުރަނީ އެކި ބަސްބަހުން؟

ސަލްމާނާއި ކެޓްރީނާގެ ''ބާރަތު'' ރިލީޒް ކުރަނީ އެކި ބަސްބަހުން؟

13 ފެބުރުއަރީ 2019
އިނގިރޭސި ބޭންޑް ކުއީންގެ ހަޔާތަށް ބިނާކޮށްފައިވާ 'ބޮހީމިއަން ރެޕްސޮޑީ'އަށް ކާމިޔާބު ފެށުމެއް

އިނގިރޭސި ބޭންޑް ކުއީންގެ ހަޔާތަށް ބިނާކޮށްފައިވާ 'ބޮހީމިއަން ރެޕްސޮޑީ'އަށް ކާމިޔާބު ފެށުމެއް

04 ނޮވެމްބަރު 2018
ކެޓްރީނާގެ އުފަންދުވަސް އިނގިރޭސިވިލާތުގައި ފާހަގަކޮށްފި

ކެޓްރީނާގެ އުފަންދުވަސް އިނގިރޭސިވިލާތުގައި ފާހަގަކޮށްފި

16 ޖުލައި 2018

އަހަރުތަކުން މިއަދު

31 ޖެނުއަރީ
އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

އެމްޑީއޭ އާއި އެކު ކޯލިޝަން އެގްރިމަންޓަކީ ނެތް އެއްޗެއް ކަމަށް ބުނާ ނަމަ އެ އެގްރީމެންޓް ލީކުކުރާނަން - އައްބާސް

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީ: 40 ދާއިރާއަށް 149 ކެންޑިޑޭޓަކު ވާދަކުރާނެ

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އޮލަނބު ދަނޑެއްގެ ވާހަކަ އަޑު އެހިންތަ؟

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ
20224 އަހަރު ކުރިން
ރާއްޖެ

ޔާމީން ސަރުކާރުގައި އިންޑިއާ "އިން" ކުރީވެސް މަޖިލީހަށް އަންގާފައެއް ނޫން: ރީކޯ މޫސަ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

މިޔަންމާގައި އަސްކަރިއްޔާ އިން ބަޣާވާތްކޮށް ސޫޗީ ބަންދު ކޮށްފި

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގައި މިހާތަނަށް ހޮވި އެންމެ ބޮޑު މާވަހަރު އަހުމަދު މަނިކު ހޮވައިފި

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް
20188 އަހަރު ކުރިން
ރާއްޖެ

ޝަހީބުގެ އަބުރުފުޅާ ގުޅޭ ތަފާތު މަންޒަރެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު