Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއައިޖީއެމްއެޗް

ފިޠުރު އީދު ބަންދުގައި އައިޖީއެމްއެޗްގެ އޯޕީޑީގެ ހިދުމަތް މެދުކަނޑާލަނީ

އޯޕީޑީގެ ހިދުމަތް މެދުކަނޑާލިޔަސް އިމަރޖެންސީގެ ޚިދުމަތް ލިބޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 29 އެޕްރީލު 2022 | ހުކުރު 12:16
އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް

ފިޠުރު އީދު ބަންދުގައި އައިޖީއެމްއެޗްގެ އޯޕީޑީގެ ހިދުމަތް މެދުކަނޑާލަން ނިންމައިފިއެވެ.

އައިޖީއެމްއެޗް އިން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ފިތުރު އީދާއި މެއި މަހުގެ އެއްވަނަ ދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ސްޕެޝަލިސްޓް އޯޕީޑީ އާއި އެ ހޮސްޕިޓަލްގެ އެހެނިހެން ކްލިނިކް ތަކުގެ ހިދުމަތްތައް ބައެއް ދުވަސްތަކަށް ބަންދުވާނެ ކަމަށެވެ. ނަމަވެސް އަންނަ ހަފްތާގެ އަންގާރަ އަދި ބުދަ ދުވަހު ހެނދުނު 9:00ން ހަވީރު 4:00ށް އޯޕީޑީގެ ހިދުމަތް އާންމު އުސޫލުން ލިބޭނެ ކަމަށް ވަނީ ބުނެފައެވެ.

އޯޕީޑީގެ ޚިދުމަތް ދިނުން މެދުކަނޑާލަން ނިންމާފައިވަނީ ފެށޭ ހަފްތާގެ އާދިއްތަ، ހޯމަ އަދި ބުރާސްފަތި ދުވަހުއެވެ. އެހެންނަމަވެސް އިމަރޖެންސީގެ ޚިދުމަތް ލިބޭނެ ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.

އައިޖީއެމްއެޗުން މިހެން ނިންމާފައިވާއިރު މިދުވަސްވަރު ޑެންގީހުން ޖެހިގެން ޑޮކްޓަރަށް ދައްކާ މީހުންގެ އަަދަދު އިތުރުވަމުން އަންނާތީ ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން ވަނީ އާންމު ރައްޔިތުން އިތުރަށް ސަމާލުވުމަށް އިލްތިމާސްކޮށްފައެވެ. އެޗްޕީއޭ އިން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ ކުރިއަށް އޮތް އީދު ޗުއްޓީގައި ގިނަ ބަޔަކު ރަށްރަށަށް ދަތުރުކުރާނެ ކަމަށް ލަފާކުރެވޭތީ ޑެންގީ ފަދަ މަދިރީގެ ޒަރިޔާއިން ފެތުރޭ ބަލިތައް ކޯންޓްރޯލު ކުރުމަށާއި އަދި ބަލި ޖެހިއްޖެ ނަމަ ރައްކާތެރިވުމުގެ ގޮތުން ކުރަން ޖެހޭ ކަންކަމަށް ހާއްސަ ސަމާލުމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ.

މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ރަނގަޅަށް ނިވާވާ ގޮތަށް ހެދުން އެޅުމަށާއި މަދިރި ލޯޝަން އަދި މަދިރި ދުރުކުރުމަށް ބޭނުންކުރާ އެހެންވެސް ބޭސް ބޭނުންކުރުމަށް ބުނެފައިވެއެވެ. ޑެންގީގެ އިތުރުން އަރިދަފުސް ރޯގާ އާއި ވައިރަލްހުން ފަދަ ބަލިތައް އިތުރުވުމުގެ ފުރުސަތު އޮތުމުން އެ ބަލިތަކުން ރައްކާތެރިވުމަށް ވެސް ސަމާލުކަން ދިނުން ވަރަށް މުހިންމު ކަމަށް އެޗްޕީއޭ އިން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

02 އެޕްރީލު 2017

ރައީސް ޔާމީންގެ ސިޔާސީ ތާއީދު އެ ދަނީ ފުނޑެމުން، ސައުދުގެ ނިންމެވުމަށް މަރުހަބާ: ރައީސް ނަޝީދު

02 އެޕްރީލު 2017
ރައީސް ޔާމީންގެ ސިޔާސީ ތާއީދު އެ ދަނީ ފުނޑެމުން، ސައުދުގެ ނިންމެވުމަށް މަރުހަބާ: ރައީސް ނަޝީދު
30 މާރިޗު 2017

ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ

30 މާރިޗު 2017
ޕީޕީއެމްގެ ގިނަ މެމްބަރުންގެ ތާއީދު ލިބިއްޖެ، ދެން ވަންނާނީ ހުރިހާ ކަމަކަށް ތައްޔާރުވެގެން: އިބޫ
22 މާރިޗު 2017

ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް

22 މާރިޗު 2017
ވޯޓް ނުލެވޭ ގޮތް ހެދުމަށް ސިފައިން ތާއީދު ކުރޭ: އާދަމް ޝަރީފް
08 މާރިޗު 2017

މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން

08 މާރިޗު 2017
މަޖިލީހުގެ ރައީސް ކަމުން މަސީހު ބޭރުކުރަން ފުރިހަމައަށް ތާއީދު ކުރަން: ރައީސް މައުމޫން
24 ފެބުރުއަރީ 2017

އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު

24 ފެބުރުއަރީ 2017
އަންހެނުން ކުރާ ހުނަރުވެރި މަސައްކަތްތަކަށް މަންފާ ލިބޭނެ ގޮތްތަކެއް ހޯދައިދޭނަން: މިނިސްޓަރު ސައީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު