Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
"ހިންގާލަން" ކެމްޕެއިން ޓީމުގެ ބަޔާން

އެމްޑީޕީގެ ނިންމުންތައް އުސޫލާ ޚިލާފު، އިސްތިއުނާފުކުރާނަން: ފައްޔާޒުގެ ޓީމު

ފައްޔާޒު އިސްމާއީލާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކަކީ އެމްޑީޕީން އާއްމުކޮށްފައިވާ ގަވާއިދުތަކާއި، އަމަލުކުރަމުންދާ އުސޫލުތަކާވެސް ޚިލާފު ނިންމުންތަކެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 28 އެޕްރީލު 2022 | ބުރާސްފަތި 16:26
އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން

އެމްޑީޕީގެ ޗެއަރޕަރސަންގެ އިންތިޚާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން

އެމްޑީޕީގެ ޗެއަރޕަރސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލުގެ ކެންޕެއިން ޓީމުން، އިންތިޚާބަށް ނުފޫޒު ފޯރުވާކަމަށް ތުހުމަތުކޮށް ހުށައެޅި މައްސަލަތައް ބެލުމަށްފަހު، ނުފޫޒު ފޯރުވާ ދައުލަތުގެ މުދަލާއި ވަސީލަތް ނަހަމަ ގޮތުގައި ބޭނުންކުރާކަމަށް އެމްޑީޕީގެ ކަމާގުޅޭ ކޮމެޓީން ނިންމާފައިވާ ނިންމުން އިސްތިއުނާފުކުރުމަށް ފައްޔާޒުގެ ކެމްޕެއިން ޓީމުން ނިންމައިފިއެވެ.

ފައްޔާޒުގެ "ހިންގާލަން" ކެމްޕެއިން ޓީމުން އެކަމާގުޅިގެން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފައްޔާޒު އިސްމާއީލާ ގުޅޭގޮތުން ނިންމާފައިވާ ނިންމުންތަކަކީ، އެމްޑީޕީން އާއްމުކޮށްފައިވާ ގަވާއިދުތަކާއި އަމަލު ކުރަމުންދާ އުސޫލުތަކާވެސް ޚިލާފު ނިންމުންތަކެއް ކަމަށެވެ. އަދި އެ ނިންމުންތައް ނިންމާފައިވާ ކޮމެޓީއަކީ އެމްޑީޕީގެ އިންތިޚާބާބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގައި ބަޔާންކުރާ "އިންތިޚާބުތަކާ ގުޅިގެން ހުށައެޅޭ މައްސަލަތައް ބެލުމަށް، އިންތިޚާބާބެހޭ ކޮމެޓީގެ މެންބަރަކު ހިމެނޭ ގޮތަށް ތިން މެންބަރުންގެ ކޮމެޓީއެއް އިންތިޚާބަށް ކުރިމަތިލުމަށް އިއުލާނުކުރުމާއެކު، އިންތިޚާބާބެހޭ ކޮމެޓީން އުފައްދަންވާނެ" ކަމަށް ބުނާ މާއްދާއާ ޚިލާފަށް އެކުލަވާލާފައިވާ ކޮމެޓީއެއް ކަމަށެވެ.

Advertisement - newsAdvertisement

އަދި ކޮމެޓީން މައްސަލަތައް ބަލާފައިވަނީ އިންތިޚާބާބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ (ށ)ގައި ބަޔާންކުރާ "ކޮމްޕްލެއިންޓްސް ކޮމިޓީއަށް މައްސަލައެއް ހުށަހެޅިއްޖެނަމަ ގިނަވެގެން 48 ގަޑިއިރު ތެރޭގައި އެމައްސަލަ ބަލައި، އެމައްސަލައަކާމެދު ގޮތެއް ނިންމައި، މައްސަލަހުށައެޅި ފަރާތަށް އަންގަންވާނެ" ކަމަށް ބުނާ މާއްދާއާ ޚިލާފަށް ކަމަށްވެސް ބުނެފައިވެއެވެ. "އެމްޑީޕީއަކީ، އަމަލުކުރަންޖެހޭ ގަވާއިދުތައް ވަރަށް ސަރީހަކޮށް ލިޔެ އާއްމުކުރެވިފައިވާ ޕާޓީއެއްކަމަށާއި، އެހެންކަމުން ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން މި ކެމްޕެއިންގެ ކެންޑިޑޭޓުގެ ހައްގުތަކެއް ގެއްލޭ، އަދި ވާދަވެރި ކެންޑިޑޭޓަށް ފަހިވާ ގޮތަށް ނިންމާފައިވާ ނިންމުންތައް މި ކެމްޕެއިނުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އަދި އެ ނިންމުންތައް ބަލައިނުގަންނަކަމަށް "ހިންގާލަން" ކެމްޕެއިން ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އެ ބަޔާނުގައި ބުނެފައިވަނީ ފައްޔާޒުގެ ކެމްޕެއިން ޓީމުން ގަބޫލުކުރާގޮތުގައި ކޮމެޓީއަށް ހުށަހެޅިގެން ބަލާފައިވާ ޝަކުވާތަކަކީ އިންތިޚާބާގުޅޭ ޝަކުވާތަކެއް ނޫނެވެ. އަދި އެމްޑީޕީގެ ގުނަންތަކުން މި އިންތިޚާބަށް ނުފޫޒު ފޯރުވައި، އިންތިޚާބުގެ ކަންކަން ވަކި ފަރާތަކަށް ފަހިވާ ގޮތަށް ހިންގާކަން ހާމަވާ ކަމަށެވެ. އެހެންކަމުން "ހިންގާލަން" ކެމްޕެއިން ޓީމުގެ ފަރާތުން ޕާޓީގެ ގަވާއިދުތަކާއި އުސޫލުތަކާ ޚިލާފަށް ނިންމާފައިވާ ނިންމުންތައް އިސްތިއުނާފަށް ހުށަހަޅާނެކަމަށް ވަނީ ބުނެފައެވެ.

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
01 ފެބުރުއަރީ 2017

އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި

01 ފެބުރުއަރީ 2017
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވައިފި
27 ޖެނުއަރީ 2017

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން
26 ޖެނުއަރީ 2017

އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ

26 ޖެނުއަރީ 2017
އެމްޑީޕީގެ އަމާޒަކީ ރައްޔިތުން ބާރުވެރިކުރުވައިގެން ލާމަރުކަޒީ ނިޒާމު ހިންގުން: މުސްތަފާ ލުތުފީ
22 ޖެނުއަރީ 2017

ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ

22 ޖެނުއަރީ 2017
ކޮރަޕްޝަނަކީ އިންސާނީ ތޮބީޢަތުގައިވާ ކަމެއް ކަމަށް ވިދާޅުވުމަކީ އިސްލާމްދީނުގެ އަސާސްތަކާއި އިންސާނީ އެންމެހައި ހަމަތަކާ ޚިލާފު، ބިރުހުރި ކަމެއް:އެމްޑީޕީ
ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު