Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒުވާން ޓީޓީ ޓީމަށް ރައީސް ހިތްވަރުދެއްވުން

ރައީސުލްޖުމްހޫރިއްޔާ ޒުވާން ޓީޓީ ޓީމަށް ހިތްވަރުދެއްވައިފި

އަންހެން ޓީމް މުބާރާތުގައި ވާދަކުރަނީ މެޑަލް ހޯދަން

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 28 އެޕްރީލު 2022 | ބުރާސްފަތި 11:46
ދީމާއާއި ރަފާ ރައީސުލްޖުމްހޫރިއްޔާއަށް ޖަރޒީ ވެދުމަށްއަރުވަނީ

ދީމާއާއި ރަފާ ރައީސުލްޖުމްހޫރިއްޔާއަށް ޖަރޒީ ވެދުމަށްއަރުވަނީ

އަންނަ މަހު ރާއްޖޭގައި އޮންނަ ސައުތު އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރާ ރާއްޖޭގެ ކުޅުންތެރިންނަށް ރައީސުލްޖުމްހޫރިއްޔާ ހިތްވަރުދެއްވައިފިއެވެ. އެމަނިކުފާނު ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް ހިތްވަރުދެއްވީ މިއަދު ޓީމްގެ ކުޅުންތެރިންނާ ބައްދަލުކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ރާއްޖޭގެ ޒުވާން އަންހެން އަދި ފިރިހެން ޓީޓީ ޓީމާ ބައްދަލުކުރެއްވީ މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ އަންހެން ޓީޓީ ޓީމާއި ފިރިހެން ޓީމަށް މަރުހަބާވިދާޅުވެ، މުބާރާތުގައި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ، ޓީޓީއަކީ ރާއްޖޭގައި އިތުރަށް ކުރިއެރުވިދާނެ ކުޅިވަރެއްކަން ފާހަގަކުރައްވައި, ޓީޓީ ކުރިއެރުވުމަށް ބޭނުންވާ ފުރިހަމަ އެއްބާރުލުން ސަރުކާރުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަހުމަދު މަޚްލޫފާއި ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުކުރެއްވުމުގައި މި މުބާރާތުގައި ބައިވެރިވާ ރާއްޖޭގެ ޓީޓީ ޓީމުގެ ޖަރޒީއެއް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ވެދުމަށްއަރުވާފައެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ 7 ގައުމެއްގެ ޖޫނިއަރ އެތުލީޓުން ބައިވެރިވާ މި މުބާރާތް ކުރިޔަށްދާނީ މެއި މަހުގެ 9ން 12ށް ރާއްޖޭގައެވެ. މުބާރާތުގައި އެތުލީޓުން ބައިވެރިވާ ގައުމުތަކުގެ ތެރޭގައި; ރާއްޖޭގެ އިތުރުން ސްރީލަންކާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް، އިންޑިޔާ އަދި ޕާކިސްތާން ހިމެނެއެވެ. މުބާރާތަށް ރާއްޖޭގެ އަންހެން ޓީމް ތައްޔާރުވަނީ އެންމެ ކުޑަމިނުން ރިހި މެޑެއްޔެއް ހޯދުމަށެވެ. ފިރިހެން ޓީމް އަދި ސީދާ މެޑެއްޔަށް މުބާރާތުގައި ވާދަކުރަން ދެއަހަރެއްވަރު ވާނެކަމަށް ޓީޓީ އެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ

22 ފެބުރުއަރީ 2017
ޓީޓީ ޗެމްޕިއަންޝިޕް: ފިރިހެން ޗެމްޕިއަނަކަށް މުހައްމަދު ޒީސްތު އަދި އަންހެން ޗެމްޕިއަނަކަށް ރަފާ
12 ފެބުރުއަރީ 2017

ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ

12 ފެބުރުއަރީ 2017
ޒުވާން ކުޅުންތެރިން އުފެދޭކަމުގެ މިސާލަކީ ރަފާ: ޝިއުރީ
11 ފެބުރުއަރީ 2017

ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި

11 ފެބުރުއަރީ 2017
ޓީޓީއަށް ކުޑަކުދިން އަހުލުވެރި ކުރުމަށް ކޭމްޕެއް ބާއްވައިފި
02 ފެބުރުއަރީ 2017

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު