Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލަންކާގެ އިޤްތިސާދީ ޙާލަތު

"ރާއްޖޭގެ އިޤްތިސާދުގެ ރިކަވަރީ ސްޓްރެޓެޖީއަށް ލަންކާއިންވެސް ތައުރީފުކުރޭ"

28 އެޕްރީލު 2022 | ބުރާސްފަތި 04:51

ވަރަށް ގިނަ ޤައުމުތަކުން ރާއްޖޭގެ އިޤްތިސާދީ ރިކަވަރީ ސްޓްރެޓެޖީ ބަލައިގެންފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 28 އެޕްރީލު 2022 | ބުރާސްފަތި 04:51
ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު އުމަރު އަބްދުއްރައްޒާގު

ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ހައި ކޮމިޝަނަރު އުމަރު އަބްދުއްރައްޒާގު

ކޮވިޑް-19 ގެ ޙާލަތުގައި ރާއްޖޭގެ އިޤްތިސާދުގެ ރިކަވަރީ ސްޓްރެޓެޖީ ބައްޓަން ކުރި ގޮތާމެދު ލަންކާއިންވެސް ތައުރީފުކުރާކަމަށް ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅާފައިވާ ހައިކޮމިޝަނަރ އުމަރު އަބްދުއްރައްޒާގު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އުމަރު ވިދާޅުވީ، ވަރަށް ގިނަ ޤައުމުތަކުން ރާއްޖޭގެ އިޤްތިސާދީ ރިކަވަރީ ސްޓްރެޓެޖީ ބަލައިގެންފައިވާ ކަމަށެވެ. އެގޮތުން ރާއްޖެއިން ކޮވިޑުގެ ޙާލަތަށްފަހު އިޤްތިސާދީ އަޑިގަނޑުން އަރައިގަތް ގޮތާމެދު އެ ޤައުމުތަކުންވެސް ތައުރީފުކުރާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ، ލަންކާއިންވެސް އެކަން ބަލައިގަންނަ ކަމަށެވެ.

އުމަރު ވިދާޅުވީ، ލަންކާގެ ޙާލަތަށް ބަލާއިރު، ވެރިކަމުގައި ތިއްބެވި ފަރާތްތަކަށްވެސް ބައެއް ގޯސްތައް ހެދިފައިވާކަން އެބޭފުޅުންވެސް ޤަބޫލު ކުރައްވާފައިވާ ކަމަށެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނަށް އަލިއަޅުވާލައްވައި އުމަރު އިތުރަށް ވިދާޅުވީ، ދިވެހިންނަށްވެސް މައިގަނޑު ގޮތެއްގައި ކުރިމަތިވަނީ 4 ދައްޗެއް ކަމަށެވެ. އެގޮތުން އެއީ ކަރަންޓު ކެނޑުމުގެ މައްސަލައާއި، ފިއުލް ނުލިބުމުގެ މައްސަލައާއި، ކައްކާ ގޭސް މަދުވުމުގެ މައްސަލައިގެ އިތުރުން، ބޭސް ލިބުމުގެ ދަތިކަންކަމަށް އޭނާ ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް ކުޑަކުދިންގެ ބައެއް ބޭސްތައް ލިބުން ދަތިކަން އުމަރުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އުމަރު ވިދާޅުވި ގޮތުގައި ކޮންމެ ދުވަހަކުވެސް ތަފާތު އެކި ކަންކަމުގައި ދިވެހިންގެ ކޯލްތައް ހައި ކޮމިޝަނަށް ލިބެއެވެ. އެގޮތުން ދިވެހިންނަށް ދިމާވެފައިވާ ކަންކަން ޙައްލު ކޮށްދިނުމަށް ހައި ކޮމިޝަނުން ވެދެވެން އޮތް އެއްބާރުލުމެއް ވެދޭނެކަމުގެ ޔަޤީންކަންވެސް އޭނާ ވަނީ ދެއްވާފައެވެ.

މި ޙާލަތުގައި އެކި ގޮތްގޮތުން ލަންކާ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވާ ފަރާތްތަކަށްވެސް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށާއި، އެކަމަށް ހައި ކޮމިޝަނުންވެސް މަރުޙަބާ ކިޔާކަމަށް އޭނާ ވިދާޅުވިއެވެ.

ސްރީލަންކާގެ އިގުތިސާދީ ކާރިސާސްރީލަންކާފަށާއިރު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް