Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުދީމާ ޖޫނިއަރ މުބާރާތަށް ޓީމާ ގުޅުން

ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ޖޫނިއަރ މުބާރާތަށް ޓީމާ ގުޅިއްޖެ

27 އެޕްރީލު 2022 | ބުދަ 22:08

ދީމާ ޓީމާ ގުޅުނީ ތައިލެންޑްގައި ތިން މަސްދުވަހުގެ ތަމްރީނު ފުރިހަމަކުރުމަށްފަހު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله | 27 އެޕްރީލު 2022 | ބުދަ 22:08
ދީމާ މިއަދު ރާއްޖެ އައިސް އެއަޕޯރޓްގައި

ދީމާ މިއަދު ރާއްޖެ އައިސް އެއަޕޯރޓްގައި

އަންނަ މަހު ރާއްޖޭގައި އޮންނަ ސައުތް އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ ޓީމާ ގުޅިއްޖެއެވެ.

ދީމާ ޓީމާ ގުޅެން ބުދަ ދުވަހު މާލެ އައީ ތައިލެންޑްގައި ތިން މަސްދުވަހުގެ ތަމްރީނުތަކެއް ފުރިހަމަކުރުމަށްފަހުއެވެ. މުބާރާތުގައި ދެ ކެޓަގަރީގައިވެސް ދީމާ ވާދަކުރާނެއެވެ. އެއީ 19 އަހަރުން ދަށަށް އަމާޒުކޮށްފައިވާ ޖޫނިއަރ ކެޓަގަރީއާއި, 15 އަހަރުން ދަށަށް އަމާޒުކޮށްފައިވާ ކެޑޭޓް ކެޓަގަރީއެވެ. ދީމާ ރާއްޖެއައިސް ޓީމާ ގުޅުނުއިރު ޒުވާން ޓީމް ތަމްރީނު ހޯދަމުންދަނީ ގްރިސްގެ ކޯޗެއްގެ ބެލުމުގެ ދަށުންނެވެ. ކޯޗާއެކު ޓީމް ޕްރެކްޓިސް ކުރާތާ އަހަރެއްހާ ދުވަސްވެއްޖެއެވެ. ދާދިފަހުން ކްރޮއޭޝިޔާގެ ޖޫނިއަރ ދެ ކުޅުންތެރިންވެސް ރާއްޖެ އައިސް ޖޫނިއަރ ކުޅުންތެރިންނާއެކު މެޗުތަކެއް ދަނީ ކުޅެމުންނެވެ. މިއީ ސީދާ އަންނަ މަހު އޮންނަ މުބާރާތަށް ރާއްޖޭގެ ޒުވާން ކުޅުންތެރިންނަށް މެޗު ތަޖުރިބާ ހޯދައިދިނުމަށް ގެނައި ދެ ކުޅުންތެރިންނެވެ. އަންހެން ޓީމް މުބާރާތަށް ތައްޔާރުވަނީ ސީދާ މެޑަލް ހޯދާށެވެ. ދީމާއާއެކު ޓީމްގައި ލީޑްކުރާ އައިޝަތު ރަފާ ނާޒިމް ބުނީ އަމާޒަކީ އެންމެ ކުޑަމިނުން ރިހި މެޑައްޔެއް ހޯދުންކަމަށެވެ.

ދީމާއަކީ މޯލްޑިވްސް ސްޕޯރޓްސް އެވޯޑްގައި ހޮވި އެންމެ މޮޅު އަންހެން ޓީޓީ ކުޅުންތެރިޔާއެވެ. އަދި ޖޫނިއަރ އެންމެ މޮޅު އަންހެން އެތްލީޓަކީވެސް ދީމާއެވެ. ރާއްޖޭގެ ޤައުމީ ޗެމްޕިއަނަކީވެސް ދީމާއެވެ. ދީމާ ވަނީ 2019 ވަނަ އަހަރުގެ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ އަންހެން ސިންގަލްސް ބައިން ރަން މެޑަލް ހޯދާފައެވެ. އަދި 2019 ވަނަ އަހަރު އޭޝިޔަން ޓޭބަލް ޓެނިސް ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދިއެވެ. 2018 ވަނަ އަހަރު ސައުތް އޭޝިޔަން ޖޫނިއަރ ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕްގެ އަންހެން ކެޓަގަރީގެ 12 އަހަރުން ދަށުގެ ބައިންވެސް ދީމާވަނީ ރިހި މެޑަލް ހޯދާފައެވެ. އަދި 2019 ވަނަ އަހަރު ސައުތް އޭޝިޔަން ހޯޕްސް އަންހެން ސިންގަލްސް ޗެމްޕިއަންކަމާއެކު ދީމާ ރަން މެޑަލް ހޯދިއެވެ.

ސައުތް އޭޝިޔަން ޖޫނިއަރ އެންޑް ކެޑޭޓް ޓޭބަލް ޓެނިސް ޗެމްޕިއަންޝިޕް މުބާރާތް އޮންނާނީ އަންނަ މެއި މަހުގެ 9-11 އަށް މާލޭގައެވެ.

ޓޭބަލް ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސްފާތިމަތު ދީމާ އަލީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި

31 އޯގަސްޓު 2025
ފަސް އަހަރުގެ ޗެމްޕިއަން ދީމާ ބަލިކޮށް، ޤައުމީ މުބާރާތުގެ ޗެމްޕިއަންކަން ރަފާ ހޯދައިފި
11 ޖޫން 2024

ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!

11 ޖޫން 2024
ސައުދީ އެމްބަސީގެ ޚާއްސަ ފުރުސަތުތަކެއް ދީމާ އަށް!
21 މެއި 2024

ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި

21 މެއި 2024
ސައުތު އޭޝިއަން ޔޫތު ޓީޓީ ޗެމްޕިއަންޝިޕް މިމަހު ލަންކާގައި
18 މެއި 2024

ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!

18 މެއި 2024
ދީމާގެ ކާމިޔާބީއާއި ޤުރުބާނީ!
16 މެއި 2024

ދީމާގެ ކާމިޔާބީއަށް ރައީސް ސާލިޙު މަރުޙަބާ ވިދާޅުވެއްޖެ

16 މެއި 2024
ދީމާގެ ކާމިޔާބީއަށް ރައީސް ސާލިޙު މަރުޙަބާ ވިދާޅުވެއްޖެ
16 މެއި 2024

ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ

16 މެއި 2024
ދީމާ ހޯދި ކާމިޔާބީއަށް ރައީސް އަދި ނައިބު ރައީސްގެ މަރުޙަބާ
16 މެއި 2024

މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް

16 މެއި 2024
މިއީ އެހެން ކުޅިވަރުތަކަށް ވެސް އިސްކަން ދިނުމުގެ ނަތީޖާ: މަޚްލޫފް
15 މެއި 2024

އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް

15 މެއި 2024
އޮލިމްޕިކްސް އަށް ކޮލިފައިވެ ދީމާ އަށް ތާރީޚީ ކާމިޔާބެއް
08 މެއި 2024

ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ނޭޕާލަށް

08 މެއި 2024
ރާއްޖޭގެ ޤައުމީ ޓީޓީ ޓީމު ނޭޕާލަށް
29 އޯގަސްޓު 2023

އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް

29 އޯގަސްޓު 2023
އައިއޯއައިޖީ: އަންހެން ޑަބަލްސްގެ ރަން މެޑަލްވެސް ރަފާ އާއި ދީމާ ދިފާއުކޮށްފި، ޝައްފާން އާއި މުންސިފަށް ރިހި މެޑަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް