Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިޖިޕްޓު އެއަރގެ ޕެސެންޖަރ ޖެޓެއް ވެއްޓުން

2016 ވަނަ އަހަރު އިޖިޕްޓުއެއަރގެ ޕެސެންޖަރ ޖެޓު ވެއްޓުނީ ކޮކްޕިޓްގައި ސިނގިރޭޓު ބުއިންމުންކަމަށް ތަހުގީގުން ދައްކައިފި

އޭ320 މަރުކާގެ މި ފްލައިޓް ވެއްޓުމުން އޭރު މިސްރުގެ ސަރުކާރުން ބުނަމުން ދިޔައީ އެއީ ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށް

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 27 އެޕްރީލު 2022 | ބުދަ 17:27
2016 ވަނަ އަހަރުގެ މެއި މަހު ފްރާންސްގެ ޕެރިހުން މިސްރުގެ ކައިރޯ އަށް  ދަތުރުކުރަމުން ދަނިކޮށް ވެއްޓުނު އިޖިޕްޓުއެއަރ ގެ ޕެސެންޖަރ ޖެޓް ވެއްޓެން މެދުވަރިވީ ކޮކްޕިޓްގައި ސިނގިރޭޓު ބުއިންމުކަމަށް ތަހުގީ

2016 ވަނަ އަހަރުގެ މެއި މަހު ފްރާންސްގެ ޕެރިހުން މިސްރުގެ ކައިރޯ އަށް ދަތުރުކުރަމުން ދަނިކޮށް ވެއްޓުނު އިޖިޕްޓުއެއަރ ގެ ޕެސެންޖަރ ޖެޓް ވެއްޓެން މެދުވަރިވީ ކޮކްޕިޓްގައި ސިނގިރޭޓު ބުއިންމުކަމަށް ތަހުގީ

ފްރާންސްގެ ޕެރިހުން މިސްރުގެ ކައިރޯ އަށް 2016 ވަނަ އަހަރުގެ މެއި މަހު ދަތުރުކުރަމުން ދަނިކޮށް ވެއްޓުނު އިޖިޕްޓުއެއަރ ގެ ޕެސެންޖަރ ޖެޓް ވެއްޓެން މެދުވަރިވީ ކޮކްޕިޓްގައި ސިނގިރޭޓު ބުއިންމުކަމަށް ތަހުގީގުން ހޯދިފައިވާކަމަށް ރިޕޯޓުތައް ބުނެފިއެވެ.

އޭ320 މަރުކާގެ މި ފްލައިޓް ވެއްޓުމުން އޭރު މިސްރުގެ ސަރުކާރުން ބުނަމުން ދިޔައީ އެއީ ޓެރަރިޒަމްގެ އަމަލެއްގެ ސަބަބުން ހިނގި ހާދިސާއެއް ކަމަށެވެ. ނަމަވެސް މިމައްސަލަ ތަހުގީގު ކުރަމުންދާ ފަރާތްތަކާ ހަވާލާދީ ސްކައި ނިއުސްގައި މައްސަލަ ތަހުގީގުކުރާ ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވާގޮތުން މިހާދިސާ ހިނގަން މެދުވެރިވީ ޖެޓް ދުއްވަން އިން ޕައިލެޓަކު ކޮކްޕިޓްގައި ސިނގިރޭޓު ބުއިމުން ހިނގި އަލިފާނުގެ ހާދިސާއެއްގެ ސަބަބުންނެވެ.

އެގޮތުން އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ސިނގިރޭޓު ބޮމުންދިޔަ ވަގުތު ކޯޕައިލެޓުގެ މާސްކުން އޮކްސިޖަން ނުކުތުމުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ. އެގޮތުން އެ ޕައިލެޓްގެ މާސްކް އޭގެ ތިން ދުވަސްކުރިން މެއިންޓަނަންސް ނިންމުމަށްފަހު އިނީ އިމަޖެންސީ ސެޓިން އަށް ލެވިފައި ކަމަށާއި މީގެ ސަބަބުން އޮކްސިޖަން ނުކުތްލެއް އިތުރުކަމަށް ވަނީ ފާހަގަކޮށްފައެވެ. އަދި މާސްކު އެގޮތަށް ނަގާފައި ބާއްވާފައި އޮތީ ކީއްވެކަމެއް ނޭގޭ ކަމަށްވެސް މައްސަލަ ތަހުގީގުކުރަ ފަރާތްތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

މީގެ އިތުރުން ކޮކްޕިޓްގެ އޯޑިއޯ ރިކޯޑިން އިން ދެ ޕައިލެޓުންވެސް ވަރުބަލިވެ ނިދިއަންނަކަމުގެ ވާހަކަތައް ދައްކާފައިވާ އަޑު އިވޭކަމަށްވެސް ތަހުގީގަށް ވަނީ ފާހަގަވެފައެވެ.

އިޖިޕްޓުއެއަރގެ ފްލައިޓް އެމްއެސް804 ވެއްޓިފައި ވަނީ މެޑިޓޭރިއަން ކަނޑަށެވެ. މިހާދިސާގައި އެޖެޓުން ދަތުރު ކުރަމުންދިޔަ ފަސިންޖަރުންނާ ކްރޫއިންނާއެކު ޖުމްލަ 66 މީހުން ވަނީ މަރުވެފައެވެ.

މިސްރުގެ ޕައިލެޓުންގެ މެދުގައި ކޮކްޕިޓްގައި ސިނގިރޭޓު ބުއިމަކީ އާންމުކަމެއް ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން މިފްލައިޓްގެ ކޮކްޕިޓް ގައި ހުރި އަޅިކެނޑި ފްލައިޓް ވެއްޓުމުގެ ދެ މަސް ކުރިން ބަދަލުކޮށްފައިވާ ކަމަށްވެއެވެ.

އިޖިޕްޓްއެއަރ ފްލައިޓް ވެއްޓުމުގެ ހާދިސާ 2016

އިތުރަށް ކިޔާލަން

03 މެއި 2017

މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން

03 މެއި 2017
މޫސަލް އާރާސްތު ކުރުމަށް މަދުވެގެން ފަސް އަހަރު ބޭނުންވޭ: އޮފިޝަލުން
11 އެޕްރީލު 2017

މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ

11 އެޕްރީލު 2017
މިދިޔަ އަހަރު މަރުގެ އަދަބު ތަންފީޒުކުރި މިންވަރު ދަށް: އެމްނެސްޓީ
08 އެޕްރީލު 2017

މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް

08 އެޕްރީލު 2017
މިއަހަރު ރައީސްް ޓްރަމްޕް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވާނެ: ސެކްރެޓަރީ އޮފް ސްޓޭޓް
14 މާރިޗު 2017

ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް

14 މާރިޗު 2017
ސީރިޔާގެ ކުޑަކުދިން އެންމެ ގިނައިން މަރުވެފައި ވަނީ 2016 ގައި: ޔުނިސެފް
27 ފެބުރުއަރީ 2017

އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި

27 ފެބުރުއަރީ 2017
އަންނަ އަހަރު އެމެރިކާގެ ޑިފެންސް ބަޖެޓަށް 54 ބިލިއަން ޑޮލަރު ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު