Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސްރީލަންކާގެ އިޤްތިޞާދީ ހާލަތު

ވޯރލްޑް ބޭންކުން ސްރީލަންކާއަށް 600 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެއްޖެ

27 އެޕްރީލު 2022 | ބުދަ 03:22

މީގެތެރެއިން 400 މިލިއަން ޑޮލަރު ވަރަށް އަވަހަށް ދޫކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 27 އެޕްރީލު 2022 | ބުދަ 03:22
ސްރީލަންކާގައި މީހުން ގޭސް ސިލިންޑަރު ގަތުމަށް ކިޔުހަދާފައި

ސްރީލަންކާގައި މީހުން ގޭސް ސިލިންޑަރު ގަތުމަށް ކިޔުހަދާފައި

ކޮންމެހެން ބޭނުންވާ ޒަރޫރީ ތަކެތި އިމްޕޯޓްކުރުމުގައި އެހީތެރިވުމުގެ ގޮތުން ވޯރލްޑް ބޭންކުން ސްރީލަންކާއަށް 600 މިލިއަން ޑޮލަރު ދިނުމަށް އެއްބަސްވެއްޖެއެވެ.

ސްރީލަންކާގެ ރައީސްގެ މީޑިޔާ ސެކްޝަނުން ނެރުނު ބަޔާނެއްގައި ވަނީ މިހާރު ސްރީލަންކާއަށް ކުރިމަތިވެފައިވާ އިގްތިޞާދީ އަނދަވަޅުން އަރައިގަތުމަށް 600 މިލިއަން ޑޮލަރު ދިނުމަށް ވޯރލްޑް ބޭންކުން އެއްބަސްވެފައިވާކަމަށެވެ. މީގެތެރެއިން 400 މިލިއަން ޑޮލަރު ވަރަށް އަވަހަށް ދޫކުރާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ބަޔާނުގައި އިތުރަށް ބުނެފައިވަނީ ލަންކާގެ އިޤްތިޞާދީ ހާލަތު ރަނގަޅުވަންދެން ވޯރލްޑް ބޭންކުން ލަންކާއަށް އެހީތެރިވެދެމުންދާނެ ކަމަށެވެ.

ލަންކާއަށް 1948 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން ކުރިމަތިވި އެންމެ ބޮޑު އިޤްތިޞާދީ އަނދަވަޅު އެޤައުމަށް ވަނީ ކުރިމަތިވެފައެވެ. މިއާއެކު އެންމެ ބޭނުންވާ ތަކެތި ކަމުގައިވާ ކާނާ އާއި، ބޭހާ ތެލަށް ޚަރަދުކުރާނެވަރަށްވެސް ލަންކާ ސަރުކާރުގައި ފައިސާ ނެތެވެ.

މިމަހުގެ ކުރީކޮޅު ލަންކާއިން ވަނީ އިންޓަރނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް)ގެ އެހީތެރިކަން ހޯދުމަށް ވާހަކަތައް ފަށާފައެވެ.

ލަންކާއަށް އައިއެމްއެފުން އެހީތެރިކަން ފޯރުކޮށްދޭން ނިންމާފައިވާއިރު އެޤައުމަށް މިހާރުވެސް 3 ބިލިއަނާއި 4 ބިލިއަން ޑޮލަރު ހަމައެކަނި އެންމެ ބޭނުންވާ ކަންކަން ފުއްދުމަށްވެސް ބޭނުންވެއެވެ. ލަންކާ ސަރުކާރުން ވަނީ އެކި ޤައުމުތަކާއި އެކި ޖަމިއްޔާތަކުގައި ފައިނޭންޝަލް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައެވެ.

އިންޑިޔާއިން ވަނީ މިހާރުވެސް 1.9 ބިލިއަން ޑޮލަރުގެ އެހީތެރިކަމެއް ލަންކާއަށް ދީފައެވެ. އަދި މިހާރުވެސް އަންނަނީ 1.5 ބިލިއަން ޑޮލަރު އިތުރަށް ހޯދުމަށް ވާހަކަތައް ދައްކަމުންނެވެ.

ސްރީލަންކާއިން އަންނަނީ ޗައިނާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް 1 ބިލިއަން ޑޮލަރު ހޯދުމަށް އެޤައުމާއެކުވެސް ވާހަކަދައްކަމުންނެވެ.

ސްރީލަންކާގެ ފިނޭންސް މިނިސްޓަރު ވިދާޅުވީ އޭޝިއަން ޑިވެލޮޕްމެންޓް ބޭންކުގެ އެހީތެރިކަމަށްވެސް އެދޭނެކަމަށެވެ.

ސްރީލަންކާސްރީލަންކާގެ އިގުތިސާދީ ކާރިސާ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ

11 ޑިސެމްބަރު 2025
ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ވޯލްޑް ބޭންކުން ސްރީލަންކާ އަށް 150 މިލިއަން ޑޮލަރުގެ އެހީދޭން އެއްބަސްވެއްޖެ
07 ޑިސެމްބަރު 2025

ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް

07 ޑިސެމްބަރު 2025
 ތޫފާނު ދިތުވާ: ގެއްލުންވި އާއިލާތަކަށް ޔުނިވާސަލް އެންޓަޕްރައިޒެސް އިން 100،000 އެމެރިކާ ޑޮލަރުގެ އެހީ އެއް
04 ޑިސެމްބަރު 2025

ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!

04 ޑިސެމްބަރު 2025
ތޫފާން ދިތުވާގެ ސަބަބުން ސްރީލަންކާގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް!
02 ޑިސެމްބަރު 2025

ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި

02 ޑިސެމްބަރު 2025
ސްރީލަންކާ އަށް އެހީ ފޯރުކޮށްދިނުމަށް އިންޑިއާ އިން ހުރަސް އެޅި ކަމަށް ޕާކިސްތާނުން ބުނެފި
01 ޑިސެމްބަރު 2025

ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި

01 ޑިސެމްބަރު 2025
ސްރީލަންކާ: ތޫފާނުގެ ސަބަބުން މިހާތަނަށް 334 މީހުން މަރުވެ، 370 މީހުން އަދިވެސް ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފި
30 ނޮވެމްބަރު 2025

ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ

30 ނޮވެމްބަރު 2025
ވިއްސާރާގައި ލަންކާ އިން މަރުވި މީހުންގެ އަދަދު 159 އަށް، 20،000 ގެދޮރު ބިމާ ހަމަވެއްޖެ
29 ނޮވެމްބަރު 2025

ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ

29 ނޮވެމްބަރު 2025
ސްރީ ލަންކާގެ ވިއްސާރައިގައި 123 މީހުން މަރުވެއްޖެ
29 ނޮވެމްބަރު 2025

ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ

29 ނޮވެމްބަރު 2025
ލަންކާއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ރާއްޖެއިން 50،000 ޑޮލަރާ 25،000 ކޭސް މަސްދަޅު ހަދިޔާ ކުރަނީ
28 ނޮވެމްބަރު 2025

ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި

28 ނޮވެމްބަރު 2025
ވިއްސާރަ އާއި ގުޅިގެން ލަންކާއަށް ހިލޭ ގުޅޭ ގޮތަށް އުރީދޫ އިން ހަދައިފި
28 ނޮވެމްބަރު 2025

ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ

28 ނޮވެމްބަރު 2025
ސްރީލަންކާ އަށް ނުރައްކާތެރި މޫސުމީ ހާލަތެއް ކުރިމަތިވެ އެތައް ބަޔަކު މަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް