Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޗެމްޕިއަންސް ލީގު

ރެއާލް ބަލިވިޔަސް ބެންޒެމާ ތާރީޚުގެ ތެރެއަށް!

ބެންޒެމާ ވަނީ މި ސީޒަންގައި 41 މެޗު ކުޅެގެން 41 ލަނޑު ހަމަކޮށްފައި

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 27 އެޕްރީލު 2022 | ބުދަ 03:32
ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރިމް ބެންޒެމާ

ރެއާލް މެޑްރިޑްގެ ކެޕްޓަން ކަރިމް ބެންޒެމާ

ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ރެއާލް މެޑްރިޑާއި ވާދަކޮށް މެންޗެސްޓަރ ސިޓީ ކުރިހޯދައިފިއެވެ.

މި މުބާރާތް 13 ފަހަރު ކާމިޔާބުކޮށްފައިވާ ރެއާލްގެ މައްޗަށް އަމިއްލަ ދަނޑުގައި ސިޓީން ކުރިހޯދީ 4-3 ންނެވެ. މި މެޗުން ރެއާލް ބަލިވި ނަމަވެސް ޓީމުގެ ކެޕްޓަން ކަރިމް ބެންޒެމާ ވަނީ ތާރީޚުގެ ފަތްފުށްތަކުން ޖާގަ ހޯދާފައެވެ. މި މެޗާއެކު ބެންޒެމާ ވަނީ ރެއާލްއަށް 600 މެޗު ކުޅެދީ އެޓީމަށް ކުރިން ކުޅުނު ޕާކޯ ޚެންޓޯއާއި އަރާ ހަމަކޮށްފައެވެ.

އަންގާރަ ދުވަހުގެރޭ ކުޅުނު މި މެޗުގައި ސިޓީން ލީޑު ނެގީ ފުރަތަމަ ހާފުގެ ދެވަނަ މިނެޓުގައެވެ. މިއީ ކެވިން ޑިބްރައިނާ ކާމިޔާބުކޮށްދިން ލަނޑެކެވެ. އޭގެ އިރުކޮޅެއް ފަހުން ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައި ސިޓީއަށް ލީޑު ފުޅާކޮށްދިނީ ގެބްރިއަލް ޖީސޫސްއެވެ. ރެއާލްއަށް ކުޅުމުގެ ތެރެއަށް ވަދެވުނީ އޭގެ ފަހުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ބެންޒެމާ ވަނީ ލަނޑެއްޖަހާ ފަރަގު ކުޑަކޮށްދީފައެވެ.

ނަމަވެސް ދެވަނަ ހާފު ފެށިގެން 53 ވަނަ މިނެޓުގައި އަނެއްކާވެސް ސިޓީއަށް ލީޑު ފުޅާކޮށްދިނީ ފިލް ފޯޑެންއެވެ. އެކަމަކު ސިޓީއަށް އެލީޑުގައި އޮވެވުނީ އެންމެ ދެމިނެޓުއެވެ. ކައުންޓަރ އެޓޭކެއްގައި ރެއާލްގެ ވިނީޝިއަސް ޖޫނިއަރ ޖެހި ލަނޑުން އަނެއްކާވެސް ރެއާލްއަށް އިތުރު ހިތްވަރެއް ލިބުނެވެ. އޭގެ ފަހުން ސިޓީގެ ބާނާޑޯ ސިލްވާ ލަނޑެއްޖަހާ އަނެއްކާވެސް ލީޑު ފުޅާކުރިއެވެ. ރެއާލްގެ ފަހު ލަނޑު ބެންޒެމާ ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ. މިއީ ސިޓީގެ ލަޕޯޓް އަތުގައި ބޯޅަ ޖެހުމުން ރެއާލްއަށް ލިބުނު ޕެނަލްޓީއެކެވެ.

މެޗުން ބަލިވި ނަމަވެސް ބެންޒެމާ ވަނީ މެޗުގައި ދެލަނޑު ޖަހާފައެވެ. މި ދެލަނޑާއެކު ބެންޒެމާ ވަނީ މި ސީޒަންގައި 41 މެޗު ކުޅެގެން 41 ލަނޑު ހަމަކޮށްފައެވެ. މިއީ މިހާތަނަށް ބެންޒެމާގެ ފަރާތުން އެންމެ ރަނގަޅު ކުޅުމެއް ފެނުނު ޗެމްޕިއަންސް ލީގެވެ. މިފަހަރުގެ މުބާރާތުގައި ބެންޒެމާ ވަނީ 14 ލަނޑު ޖަހާ އެންމެ ގިނަ ލަނޑުޖަހާފައިވާ ބަޔާން މިއުނިކްގެ ލެވަންޑޮސްކީއާއި ހަމަކޮށްފައެވެ. ބަޔާން މުބާރާތުން ކަޓާފައިވާތީ އިތުރަށް ލަނޑުޖަހާ ފުރަތަމަ ފަހަރަށް މުބާރާތުގެ ރަން ބޫޓޫ ހޯދުމުގެ ފުރުސަތު ބެންޒެމާއަށް އެބައޮތެވެ. ބެލެންޑިއޯއަށް ވާދަކުރާ ބެންޒެމާ ޗެމްޕިއަންސް ލީގުގައި ޖެހި 14 ލަނޑުގެ ތެރެއިން ނުވަ ލަނޑު ޖަހާފައި ވަނީ ނޮކްއައުޓް ސްޓޭޖުގައެވެ. މިއީ ބެލެންޑިއޯ ލިބުމަށް އޭނާއަށް އިތުރު ބާރެކެވެ.

ސީޒަންގައި 14 ލަނޑު ޖެހުމާއެކު ބެންޒެމާ ވަނީ ރެއާލްގައި އެއް ސީޒަނެއްގައި ފަސްވަނައަށް އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށް ވެފައެވެ.

ސެމީ ފައިނަލުގެ ދެވަނަ މެޗު ރެއާކްގެ ސެންޓިއާގޯ ބެރްނާބެއުގައި ކުޅޭނީ މެއި މަހުގެ ފަސްވަނަ ދުވަހުއެވެ. މި މެޗުން ދެލަނޑުގެ ތަފާތުން ކުރިހޯދައިގެން ރެއާލްއަށް ފައިނަލުގެ ޖާގައެއް ކަށަވަރު ކުރެވޭނެއެވެ. މެޗުން އެއްވަރުކޮށްގެންވެސް ސިޓީއަށް ފައިނަލަށް ދެވޭނެއެވެ.

މުބާރާތުގެ ދެވަނަ ސެމީ ފައިނަލް އޮންނާނީ ބުދަ ދުވަހުގެ ރޭގައެވެ. މި މެޗުގައި ބައްދަލުކުރާނީ ލިވަޕޫލް އާއި ވިޔަރެއާލްއެވެ.

ރެއާލް މެޑްރިޑްމެންޗެސްޓަރ ސިޓީޗެމްޕިއަންސް ލީގުކަރިމް ބެންޒެމާ

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު